22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ވޮލީބޯލް

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

  • ބައިނަލްއަގްވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ލިބޭ ޝަރަފެއް
  • މިހާރުވެސް ދަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވޮލީ ކޯޓު ހަދަމުން
  • ފުޓްސަލް އަދި ބަށި ކޯޓުތައް ހެދުމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރޭ
ނާފިއު ރަޝީދު | NaphiuR

| 29 ޖެނުއަރީ 2017 | އާދީއްތަ 04:09 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް -- ރާއްޖެއެމްވީ

ކުރިއަށް އޮތްތަނުގައި މުޅި ރާއްޖެއަށް އަމާޒުކުރެވިގެން 30 ވޮލީ ކޯޓު އަޅަން ނިންމާފައިވާ ކަމަށް ކުޅިވަރާބެހޭ މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ. 

މިނިސްޓަރު މިހެން ވިދާޅުވީ، ހުކުރު ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ފެށި އެފްއައިވީބީ ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތް ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ. 

މިނިސްޓަރު އިރުތިޝާމް ވިދާޅުވީ މިމުބާރާތުގައި ދިވެހި އަންހެން ވޮލީ ޓީމުގެ ފަރާތުން ރީތި އަދި ކާމިޔާބު ކުޅުމެއް ކުޅޭނެ ކަމަށް އުންމީދުކުރާ ކަމަށާއި ގައުމީ ޖާޒީގައި ދިވެހި ކުޅުންތެރިންނަކީ ދިވެހިން ފަހުރުވެރިކޮށްދޭ ބައެއް ކަމަށެވެ. ރާއްޖޭގައި މިފަދަ ބައިނަލްއަގްވާމީ ފުރަތަމަ ވޮލީގެ މުބާރާތެއް ބޭއްވިގެން ދާކަމީ ދިވެހި ތާރީހުގައި ރަން އަކުރުން ލިޔެވިގެން ދާނެ ކަމެއް ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ވޮލީ އިތުރަށް ދިރުވާ އާލާކުރުމުގެ ގޮތުން އިތުރު 30 ވޮލީ ކޯޓެއް ރާއްޖޭގައި ވަރަށް ކައިރި މުސްތަގްބަލެއްގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

މިނިސްޓަރު މި މޭރުމުން ވާހަކަ ދެއްކެވި އިރު، ރާއްޖޭގައި ހެދޭ ވޮލީ ކޯޓުތަކުގެ ބަދަލުގައި އެންމެ ފަތު އަޑުގައި އިވެނީ ކޮންމެވެސް ރަށެއްގައި ފުޓްސަލް ދަނޑުތަކެއް ހަދައި ނުވަތަ ހަދަން ހަމަޖެހިފައިވާ ވާހަކަ އެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ބަށި ކޯޓުތަކެއް ހެދުމަށް ވެސް ސަރުކާރުން ދަނީ ބޮޑު ހޭދައެއް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް