16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ހިސާން ހުސައިން

ރައީސް ޔާމީން ކިތަންމެ ފުނަކަށް ވަޅުލާ ފޮރުވާފައި ހުއްޓަސް ގެއްލުނު ފައިސާ ހޯދާނަން: ހިސާން

  • ޓެބްލެޓެއްއްގެ ވާހަކަ އިންތިޚާބާއި ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ނޯންނާނެކަމަށް ވިދާޅުވި
އާމިނަތު ނުޒުހާ | nuzu8121

| 27 އޯގަސްޓު 2018 | ހޯމަ 18:27 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު ހިސާން ހުސެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ދިވެހި ރައްޔިތުންގެ ބައިތުލްމާލުން ގެއްލިފައިވާ ފައިސާ ރައީސް އަބުދުﷲ ޔާމީން ކިތަންމެ ފުނުގައި ވަޅުލާފައި ހުއްޓަސް އެ ފައިސާ ހޯއްދަވާނެ ކަމަށް އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ލަންކާގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހިސާން ވިދާޅުވި، ރައްޔިތުންގެ އަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.

"އެ ފައިސާއަކީ ދިވެހިރައްޔިތުންގެ ބޭސްފަރުވާގެ ފައިސާ. އެ ފައިސާއަކީ މަސައްކަތްތެރިންގެ ޕެންޝަން ފައިސާ. އެ ފައިސާއަކީ ދިވެހި ހުރިހާ ރައްޔިތުންގެ ހައްގެއް،" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ރައީސް ޔާމީން އެ ފައިސާ ދުނިޔޭގެ ކޮންމެ ތާކު ވަޅުލާފައި ހުއްޓަސް ހޯދައި ދިވެހި ރައްޔިތުންނަށް ދައްކަވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ސައްކަކަމާމެދު ސުވާލު އުފައްދަވަމުން ހިސާން ވިދާޅުވީ، ޓެބްލެޓެއްއްގެ ވާހަކަ އިންތިޚާބާއި ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ނޯންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ރިޔާސި އިންތިޚާބެއްގައި ވޯޓްގުނާ ނިމުމަށްފަހު ކަންކުރާނެ ގޮތުގެ ތަރުތީބެއް އޮންނަ ކަމަށެވެ.

"އެންމެ ފުރަތަމަ އޮންނަނީ، އިންތިޚާބީ މަރުކަޒުގެ އޮފިޝަލް އަނގަބަހުން އިއުލާނު ކުރުން. ޓެބްލެޓެއްގެ ވާހަކައެއް ނޯވެ. ދެން އޮންނަނީ، ގުނާ ނިމުމަށްފަހު،ގަނޑެއްގައި ލިޔެ ވޯޓްލާ މަރުކަޒުގައި ތަތްކުރަން، މިހާތަނުންވެސް ޓެބްލެޓެއްގެ ވާހަކައެއް ނޯވެ. މި ދެކަންތަކަށްފަހު، ހެޔޮ އަޅުގަނޑުމެނަށް ޓެބެލެޓެއް، ލެޕްޓޮޕެއް ކީއްކުރަންތޯ އައިޕެޑެއްގައިވިޔަސް އީސީއަށް ނަތީޖާ ފޮނުވަންވީ" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ވޯޓުން ވައްކަންކުރުމުގެ ފުރުސަތު ނުދޭނޭ ކަމަށާއި ރައްޔިތުން ނުކުމެ ވޯޓް އަޅައި ގުޅިފައިވާ އިދިކޮޅު ކޯލިޝަނަށް މި އިންތިޚާބު ކާމިޔާބު ކޮށްދޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް