18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ރިޔާސީ އިންތިޚާބު 2018

ލަންކާގައި އުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް އެއްވެސް ތަފާތުކުރުމެއް ނެތި ފޯރުކޮށްދޭނަން: އިބޫ

 • އިންޑިއާ ކަނޑަކީ ދުނިޔޭގެ ސުލްހައަށް އޮތް ބިރަކަށް ނުވާނެ ގޮތަކަށް ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނެ
 • ކޮންމެ ޤައުމެއްގައި ތިބެގެން ބޭނުން އެއްޗެއް ކިޔަވަން ދިވެހި ދަރިވަރުންނަށް ޚާއްސަ ލޯނު ސްކީމެއް ތަޢާރަފްކުރައްވާނެ
 • މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް އެސްކީމްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ
މިއުވާން މުހައްމަދު | Miuvaan

| 27 އޯގަސްޓު 2018 | ހޯމަ 18:19 | |

މަގުބޫލް

 1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
 2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
 5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
 7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ކޮޅުނބުގައި ބޭއްވި ބައްދަލުވުމުގައި އިބޫ ވާހަކަ ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

އަވަށްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެއްވެސް ތަފާތުކުރުމެއް ނެތި އާސަންދައާއި އެންސްޕާގެ ޚިދުމަތް ފޯރުކޮށްދާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދާއިއެކު ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގިނަ އަދަދެއްގެ ދިވެހިން މިހާރުވެސް ސްރީލަންކާގައި ދިރުއުޅޭކަމަށާއި، ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާގެ ބޭނުމަށް ލަންކާގައި އުޅޭކަމަށެވެ. ލަންކާގައި ދިރުއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ހޯދުމާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޚިދުމަތް ހޯދުމަކީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވަރަށް ދަތި ކަމެކެވެ. އަދި އެކަމުގެ ޝަކުވާ ދިވެހިން ކުރުމާއި ގުޅިގެން އެކަމަށް ހައްލެއް ހޯދައިދޭނެކަމަށް ޕީޕީއެމްގެ ސަރުކާރުން 2013 ގެ ކެމްޕެއިންގެ ތެރޭގައި ބުނުމަށް ފަހު، ދައުރު ނިމިގެން ދިޔައިރުވެސް އެކަމަށް ހައްލެއް ހޯދައިދެވިފައެއް ނުވެއެވެ.

އިބޫ ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އާސަންދައިގެ ޚިދުމަތް ލިބޭ ފަދައިން، އެއްވެސް ތަފާތުކުރުމެއް ނެތި ކޮޅުނބުގައި ތިބި ދިވެހިންނަށްވެސް އެމަނިކުފާނުގެ ވެރިކަމެއްގައި އެޚިދުމަތް ލިބި ދެވޭނެ ކަމަށެވެ.

މައުންޓްލެވެނިއާގެ ބެރްޖާޔާ ހޮޓެލްގައި ގިނަ އަދަދެއްގެ ދިވެހިންނާއި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ކޮލަމްބޯ އާއި ބޭރުގެ އެހެން ތަންތަނުގައިވެސް ދިވެހިންނަށް އުޅެން މިހާރު އުނދަގޫ ވެފައިވާކަމަށާއި، އެކަން އެހެން ދިމާވީ މިހާރުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުންކަމަށެވެ. އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އިންޑިއާ ކަނޑަކީ ދުނިޔޭގެ ސުލްހައަށް އޮތް ބިރަކަށް ނުވާނެ ގޮތަކަށް ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނެކަމަށެވެ. އިބޫ ވިދާޅުވީ އިންޑިއާ ކަނޑަކީ ދުނިޔޭގެ ސުލްހައަށް މުހިއްމު ސަރަހައްދެއްކަމަށެވެ.

މީގެ އިތުރުން ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އަވަށްޓެރި ޤައުމުތަކާއިއެކު، ޚާއްސަކޮށް އިންޑިއާ އަދި ސްރީލަންކާއާއިއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރައްވާނެކަމަށް އިބޫ ވިދާޅުވިއެވެ. އަދި ޚާރިޖީ ސިޔާސަތަށް ގެންނަވާ އިސްލާހުތަކުގެ ސަބަބުން ދިވެހިންނަށް އެޤައުމުތަކުގައި އެތަކެއް މަގުތަކެއް ފަހިވެގެންދާނެކަމަށް އިބޫ ވިދާޅުވިއެވެ. އަދި ހަމައެއާއިއެކު ކޮމަންވެލްތާއި، ޤަތަރާއި އީރާނާއިއެކު މިސަރުކާރުން ކަނޑާލާފައިވާ ގުޅުން އަލުން ޤާއިމްކުރައްވާނެކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ އިތުރަށް ވިދާޅުވީ ކޮންމެ ޤައުމެއްގައި ތިބެގެން ބޭނުން އެއްޗެއް ކިޔަވަން ދިވެހި ދަރިވަރުންނަށް ޚާއްސަ ލޯނު ސްކީމެއް ތަޢާރަފްކުރައްވާނެކަމަށާއި، އެސްކީމަކީ އިންޓްރެސްޓް ކުޑަ ސްކީމަކަށް ހައްދަވާނެކަމަށެވެ. އަދި މީގެ އިތުރުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް އެސްކީމްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް އިބޫ ވައުދުވެވަޑައިގަތެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ސިފާން

3 މަސް ކުރިން

ހަމަނުޖެހޭ ވާހަކަ ދައްކާކަމަށް ފާހަގަކުރެވޭ. ރައީސް ޔާމީންގެ މިވެރިކަމުގައި ރައްޔިތުންނަށް ކަން ކަން ކޮށްދެއްވި ވެރިޔަކެ މިދިޔަ 35 އަހަރުގައިވެސް ނެތް. މުޅި ޤައުމުގައި މިޖައްސާ ޕްރޮޖެކްޓްތަކުން ވަރަށް ރަނގަޅަށް ސާބިތުވޭ މިކަން. މިހާރު ރައްޔިތުން ޤަބޫލެއް ނުކުރާނެ ދައްކާހާ ވާހަކައެއް. ކޮއްފަހުރި ކަންކަން ބަލާނީ. މޑޕ އަކީ އިސްތިއުފާ ދޭނެ ވެރިން ނެރޭނެ ޕާޓީއެއް.

0
0
Zaazu

3 މަސް ކުރިން

keevetha darin nulibey meehunnha aashanda nudenee

0
0