26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ރިޔާސީ އިންތިހާބު 2018

އިބޫ އާއި ނަޝީދު އެކުގައި، މުޅި ހޯލް ގުގުމާލައިފި

  • ރައްޔިތުންގެ މޫނުމަތިން ފެނުނީ އުފާވެރިކާމާއި ހިނިތުންވުން
  • މިއީ މި ކެމްޕެއިންގައި އިބޫ އާއި ރައީސް ނަޝީދާ އެކުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ޖަލްސާ
މުހަންމަދު ވިސާމް | sampathmasiw

| 27 އޯގަސްޓު 2018 | ހޯމަ 18:16 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  5. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު


ޖަލްސާގައި ބައިވެރިވުމަށް ވަޑައިގެންނެވުމުގެ ކުރިން އިބޫ އާއި ރައީސް ނަޝީދު -- ފޮޓޯ: ރާއްޖެ އެމްވީ

މުޅި ހޯލްތެރެ ވަނީ ފުރި ބާރުވެފައެވެ. ސްރީ ލަންކާގެ ބަރްޖަޔާ ހޮޓެލްގެ ހޯލްގައި އެތައް ސަތޭކަ ރައްޔިތުންނެއް ތިއްބެއެވެ. އިންތިޒާރު ކުރަމުން ދިޔައީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާ ވަގުތަކަށެވެ. ކެތްމަދުވެފައިވާ ރައްޔިތުނަން މި ޖަލްސާ ހާއްސަވާ އަނެއް ސަބަބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވަޑައިގަންނަވާތީއެވެ. މިއީ އިބޫ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށްވެވަޑައިގެންނެވި ފަހުން، ރައީސް ނަޝީދާއެކު ބައިވެރިވަޑައިގަންނަވާ ފުރަތަމަ ޖަލްސާއެވެ.

އިބޫ އާއި ރައީސް ނަޝީދު ހޯލް ތެރެއަށް ވަޑައިގަތުމުން އަތްތިލަބަޑިން މުޅި ހޯލް ގުގުމާލިއެވެ. އެންމެންގެ މޫނު މަތިން ފެނިގެން ދިޔައީ ހިނިތުންވުމެވެ. އެންމެ އުމުރުން ދުވަސްވީ މިހާއިން ފެށިގެން އެންމެ ކުޑަ ކުއްޖާއަށް އެ ވަގުތުވީ އުފާވެރިކަމުގެ ވަގުތު ކޮޅަށެވެ. އެ މީހުންގެ އުންމީދުތަކާއި ގުޅިފައިވާ ވަނީ އިބޫއެވެ. އެމްޑީޕީގެ ކެންޑިޑޭޓަކަށް މި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު އެ ޕާޓީގެ އާންމު މެމްބަރުންނަށް އޮތް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޓިކެޓް ރައީސް ނަޝީދު ދޫކޮށްލެއްވުމަށްފަހު، މިއަދު ކޯލިޝަންގެ ކެންޑިޑޭޓް އިބޫގެ ފަހަތްޕުޅުގައި އަމަލީ ގޮތުން މަސައްކަތް ކުރާ މަންޒަރު ފެނުމަކީ މި ހޯލްގައި ތިބި ކޮންމެ މީހެއްވެސް ދެކެން ބޭނުންވާ މަންޒަރަކަށް ވަނީވެފައެވެ.

ރައީސް ނަޝީދުގެ އަރިހުގައި އިބޫ

"އިބޫ އާއި ރައީސް ނަޝީދު އެކުގައި ފެނިވަޑައިގެންނެވުން، އިންތިހާއަށް އުފާވެއްޖެ، ދިވެހި ރައްޔިތުންގެ އުންމީދުތަށް ހަގީގަތަކަށް ހަދާދެއްވުމަށް އަބަދުވެސް ރައީސް ނަޝީދު ސާބިތުކާމާ އެކު ހުންނަވާނެ، އެކަން މިއަދުވެސް ހާމަވެގެން މިދިޔައީ، އިރާދަކުރެއްވިއްޔާ ގުޅިގެން މި ކުރާ މަސައްކަތް ކާމިޔާބުވާނެ" ޖަލްސާގައި ބައިވެރިވި އަންހެނަކު ބުންޏެއެވެ.

ރައީސް ނަޝީދާ އިބޫ ބަރަޖްޔާ ހޮޓަލް އަށް ވަޑައިގެންނެވުމުން އެންމެ ފުރަތަމަ މަރުޙަބާ ދެންނެވީ ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް) އާއި ލަންކާގެ ކެމްޕެއިން ކޯޑިނޭޓަރު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގެވެ. ބަރްޖަޔާ ހޮޓަލްގެ ދޮރުމަތިން ދެ ބޭފުޅުންނާއި ސަލާމް ކުރެއްވުމަށްފަހު، އެ ހޮޓަލްގެ ހޯލް ތެރެއަށް ހިންގަވާފައި ވަޑައިގެންނެވުނީ ހަމަ ކިޔާއެވެ. ގިނަ ރައްޔިތުން އިބޫ އާއި ރައީސް ނަޝީދު ސަލާމްކުރައްވަން ގިނަ ބަޔަކު ވަނީ ވަށާލާފައެވެ. ލަންކާގެ މީޑިއާތަކާއި ރާއްޖޭގެ ނޫސްވެރިން ނަން ދެ ބޭފުޅުންގެ ފޮޓޯއެއް ނަގާލަން ފޯކަސް ވެސް ކޮށްލެވޭވެނީ ހަމަ ކިޔާއެވެ. މިއީ އެ ވަގުތު ދޮރު މަތީގައި ހާލަތު އޮތްގޮތެއެވެ.

ޖަލްސާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެވޭ

"މި އުފާވެރި މަންޒަރު އަދި ރާއްޖެއިން ވެސް ފެނިގެންދާނެ، އެއީ ބޮޑު މަންޒަރު، ރައީސް ނަޝީދާއި ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތަށް މިނިވަންވެގެން ރާއްޖެ ވަޑައިގަންނަވާ މަންޒަރު އިރާދަކުރެއްވިއްޔާ ފެނިގެންދާނެ،" ޖަލްސާގައި ބައިވެރި ފިރިހެނެން ބުންޏެވެ.

ޖަލްސާ ނިމުމާ އެކު، ރައީސް ނަޝީދާ އިބޫއާ އެކު ޖަލްސާގެ ބައިވެރިން އަވަސް ވެގަތައެވެ. ދެ ބޭފުޅުންނާއި ބައްދަލުކޮށް ވާހަކަ ދައްކަލަން ލިބުނު ފުރުސަތުގެ ހަގީގަތަކަށް ވުމުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް