19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ރިޔާސީ އިންތިޚާބް 2018

ރައީސް ޔާމީންއަކީ އާއިލީ ގުޅުން ދެމެހެއްޓުމުގައި ފެއިލްވެފައިވާ ބޭފުޅެއް: ނާދިރާ

  • އިބްރާހިމް މުހައްމަދު ސޯލިހަކީ އާއިލީ ގުޅުންތަށް ދެމެހެއްޓުމުގައި ނަމޫނާ ބޭފުޅެއް ކަމަށް ވިދާޅުވި
ހައްވާ މުހައްމަދު | @hawwimd

| 27 އޯގަސްޓު 2018 | ހޯމަ 17:57 | |

މަގުބޫލް

  1. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  2. ފަސް މެމްބަރަކަށް މަޖިލީހަށް ވަދާކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  3. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  6. މިހާރުގެ 7 މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި
  7. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  8. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި


ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރ އައިމިނަތު ނާދިރާ ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ރައީސް ޔާމީންއަކީ އާއިލީ ގުޅުން ދެމެހެއްޓުމުގައި ފެއިލްވެފައިވާ ބޭފުޅެއް ކަމަށް މައުމޫން ރިފޯރމް މޫވްމެންޓް މެމްބަރ އަދި ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ އިއްތިހާދުން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނާދިރާ ވިދާޅުވީ ރިޔާސީ ކެންޑިޑޭޓެއް ޙިޔާރުކުރައްވާއިރު އެ ބޭފުޅާއަކީ އާއިލީގުޅުން ކިހާވަރަކަށް ދަމަހައްޓަވާ ފަރާތެއްތޯ ބަލަންޖެހޭ ކަމަށެއެވެ. އެގޮތުން ބަލާއިރު ރައީސް ޔާމީން ފެއިލްވެފައިވާ ކަމަށް ނާދިރާ ވިދާޅުވި އެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ނާދިރާ ވިދާޅުވީ އާއިލާއަކީ އެންމެ ފުރަތަމަ ބަލަންޖެހޭ ފަރާތްކަމަށާއި، އާއިލާ ގުޅުން ދަމަހައްޓަނީ ކިހާވަރަކަށްތޯ ބަލަންޖެހޭ ކަމަށެއެވެ. އެގޮތުން ބަލާއިރު އެފަދަ އެއްވެސް ސިފައެއް ރައީސް ޔާމީންގެ ފަރާތުން މިހާތަނަށް ފެނިވަޑައިގެންފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނާދިރާ ވިދާޅުވީ ރިޔާސީ ކެންޑިޑޭޓެއް ހޮވާއިރު ރައްޔިތުން އެފަދަ ކަންތައްތަކަށް ވަރަށް ބޮޑަށް ބަލަންޖެހޭނެ ކަމަށެއެވެ. ގުޅިފައިވާ އިއްތިހާދުން ރައްޔިތުންނަށް ދައްކަވާފައިވާ އިބްރާހިމް މުހައްމަދު ސޯލިހަކީ އެފަދަ ގުޅުންތަށް ދެމެހެއްޓުމުގައި ނަމޫނާ ބޭފުޅެއް ކަމަށް ނާދިރާ ވިދާޅުވިއެވެ. އިބޫއަކީ އާއިލާގެ ލޯތްބާއި އިހްތިރާމްގެ އިތުރުން ދާއިރާގެ ލޯތްބާއި އިހްތިރާމް ނުހަނު ބޮޑަށް ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާ ނާދިރާ ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހަކީ ދިވެހި ރައްޔިތުންނާއި އިއްތިހާދުގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެއެވެ.

"އެހެންމެ އެބޭފުޅާ ހޮވުމަކީ މިއަދު އަޅުގަނޑުމެން އެންމެން ކުރަންޖެހޭ ކަމެއް. މި ތަނުން އަޅުގަނޑުމެންނަށް މިފެންނަނީ އެމަންޒަރު. މި އަދު މިތަނަށް ވަޑައިގެން ތިއްބެވި ތިބޭފުޅުންނަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ޤާބިލްކަން ފެނިވަޑައިގެން އައިސްތިއްބެވި ބޭފުޅުން"

ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ނާދިރާ ވިދާޅުވީ އަމިއްލަ ވަޒަން ދޫކޮށް ސްރީލަންކާއަށް އައިސްތިބި ރައްޔިތުން ތިބީ ކޮންމެވެސް މަޖްބޫރީ ހާލަތެއް އޮވެގެން ކަމަށާއި، އެ މަޖްބޫރީ ހާލަތުގެ ފާއިދާ ނަގަން އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ދެރަވަރުގެ ކަމެއް ކަމަށެއެވެ. ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވެޑައިންނަވާ ވައުދަކީ ކޮންމެ ރައްޔިތަކުވެސް ބޭނުންވާ ކަންތައްތަށް އަމިއްލަ ފަސްގަނޑުގައި ތިބެގެން ކޮއްދެއްވާނެ ވައުދުކަމަށް ނާދިރާ ވިދާޅުވި އެވެ. 

"މިއަދު މަޖްބޫރީ ހާލަތުގައި އައިސް މިފަސްގަނޑުގައި ދިރިއުޅޭ އެތަށް ބަޔަކު އެބަތިކަމަށް އަޅުގަނޑުމެންގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ފެށިގެން އެތަށް ބައިވަރު ބަޔަކު ޒަރޫރީ ބޭނުންތަކަށްޓަކާ އައިސް އެބަތިބި ކަމަށް. މީގެން ކޮންމެ ބޭފުޅަކު އައިސްތިބެނީ މަޖްބޫރީ ހާލަތުގައި ކަމަށެށް. މިކަންތަށް ރަނގަޅު ކުރުމައްޓަކާ ޔާމީނަށް ފުރުސަތު ދެވިއްޖެ ކަމަށް. ޔާމީންއަށް އެކަންތައްތައް ރަނގަޅުކޮށް ނުދެވުނު ކަމަށް. އަދި ހޯއްދަވާ ދެއްވަން ވިދާޅުވި އާސަންދަވެސް ދެއްވާފައިނުވާ ކަމަށް." ނާދިރާ ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް