19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިޚާބު 2018

އަޅުގަނޑުމެންނަކީ ކޮކްޓެއިލް ކޯލިޝަނެއް، އެކީ ފަހުރެއް: އަލީ ޒާހިރު

  • އިދިކޮޅު ކޮންމެ ލީޑަރަކަށް ވެރިކަން ކުރުމުގެ ގާބިލުކަން ލިބިގެންވާ ކަމަށް ވިދާޅުވި
  • ވަގަށް ނެގި ފައިސާ ވަރަށް ފަސޭހަ ކަމާއެކު ހޯދާނެ ކަމަށް ވެސް ވިދާޅުވި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 27 އޯގަސްޓު 2018 | ހޯމަ 17:48 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކޮލަންބޯގައި ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނަކީ ކޮކްޓެއިލް ކޯލިޝަނެއް ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް ރައީސް އަބްދުﷲ ޔާމީން އަމާޒު ކުރެއްވި ފާޑުކިޔުންތަކާ ގުޅިގެން، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ރައްދު ދެއްވައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާއެކު ލަންކާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ކޯލިޝަންއަކީ ކޮކްޓެއިލް ކޯލިޝަނެއް ކަމަށާއި އެއީ ފަޚުރެއް ކަމަށެވެ. 

އިދިކޮޅު ޕާޓީތަކުގެ ކޮންމެ ލީޑަރަކީ ވެސް ވެރިކަން ކުރުމުގެ ގާބިލުކަން ލިބިވަޑައިގެންފައިވާ ކަމަށް ފާހަގަ ކުރައްވައި އަލީ ޒާހިރު ވިދާޅުވީ ރާއްޖެ ކުރިމަތިވެފައިވާ މުސީބާތުން ރައްޔިތުން ސަލާމަތް ކުރުމަށް ހުރިހާ ލީޑަރުން ފަހަތަށް ޖެހި ކޮކްޓެއިލް ކޯލިޝަނެއް ހަދައި އެއް ކެންޑިޑޭޓަކު އިންތިހާބަށް ނެރެފައިވާ ކަމަށާއި ކޯލިޝަން ފަޚުރަކަށް ވަނީ އެހެންވެގެން ކަމަށެވެ.

"ފަޚުރުވެރިކަމާއެކު މި ވަނީ ކޮކްޓެއިލް ކޯލިޝަނެއްގައި. އެއީ ފަޚުރެއް. އެއީ އަޅުގަނޑުމެންގެ ލީޑަރުންގެ ހިތްވަރު. އެއީ އަޅުގަނޑުމެންގެ ލީޑަރުންގެ ކެރުން. އެއީ އަޅުގަނޑުމެންގެ ލީޑަރުންގެ އަމިއްލަ އެދުމެއް ނެތްކަން. ފަޚުރުވެރިކަމާއެކު ކޮކްޓެއިލް ކޯލަޝަނެއްގެ ގޮތުގައި މިތިބީ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ޕާޓީއަކީ ވެސް، ކޮންމެ ލީޑަރަކީ ވެސް ހަމަ ވަކިން ދިވެހިރާއްޖޭގެ ވެރިކަން ކުރެވޭނެ ފެންވަރު ހުރި، ވެރިކަން ކުރަން ބޭނުންވާ ބައެއް. ނަމަވެސް ގައުމީ މަސްލަހަތައްޓަކާ، އަޅުގަނޑުމެންނަށް ދިމާވެފައިވާ މުސީބާތުން ސަލާމަތް ވުމަށްޓަކައި އަޅުގަނޑުމެންގެ ހުރިހާ ލީޑަރުން ވަނީ ފަހަށް ޖެހި، ކޮކްޓެއިލް ކޯލިޝަނެއް ހަދާ، އެއް ކެންޑިޑޭޓަކު ނެރެ، އަޅުގަނޑުމެން މިދަނީ އިރާދަ ކުރެއްވިއްޔާ ފަސޭހަ ކަމާއެކު މިއިންޚާބު ކާމިޔާބު ކުރަން،" އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ ވެރިކަން ބަދަލުކޮށް ގައުމުން ވަގަށް ނަގައިފައިވާ ފައިސާ ވަރަށް ފަސޭހަ ކަމާއެކު ހޯދާނެ ކަމަށާއި ސަބަބަކީ އެ ފައިސާ ވަގަށް ނެގީ ކާކުކަން އެނގޭތީ ކަމަށެވެ. ފައިސާ ވަގަށް ނެގި ކަމަށް ބުނާ މީހާއާ ބެހޭ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަ ކުރިއަށް ގޮސްފައި ނުވަނީ އެ މައްސަލަ ބަލައިދިނުމުގެ ގާބިލްކަން އެ މުއައްސަސާތަކުގައި ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވެސް ދަނީ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އިންތިޚާބާ ދިމާކޮށް ފޮނި ވައުދުތަކެއް ވަމުންކަމަށް ވެސް އަލީ ޒާހިރު ވަނީ ތުހުމަތު ކުރައްވާފައެވެ. އަލީ ޒާހިރު ވިދާޅުވީ 18 އަހަރުގެ ކޮންމެ ޒުވާނަކަށް ވަޒީފާ ދޭނެ ކަމަށް ބުނެ ވައުދު ވަމުންދާއިރު މިދިޔަ އިންތިޚާބުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ 95،000 ވަޒީފާ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނަކީ ކޮންޓެއިލް ކޯލިޝަނެއް ކަމަށާއި އެއީ ފަހުރެއް ކަމަށް އަލީ ޒާހިރު ވިދާޅުވެފައި ވަނީ ރައީސް ޔާމީން ރ. ހުޅުދުއްފާރުގައި ހޯމަ ދުވަހު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެންމެ ބޮޑެތި އުސޫލީ މައްސަލަތަކުގައި އިދިކޮޅު ކޯލިޝަނަށް އެއްބަސްވެވިފައި ނުވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި ރައީސް ޔާމީން ނެންގެވީ ރާއްޖޭގައި އޮންނަންވީ ކޮން ޒާތެއްގެ ވެރިކަމަކާ ދޭތެރޭގައި ހުރިހާ ޕާޓީތަކުން އެއްބަސްވެވިފައި ނުވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް