24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ރިޔާސީ އިންތިޚާބު 2018

އިންތިހާބެއްގައި ވާދަ ކުރަން ކެރިވަޑައިނުގަންނަވާ ވަރަށް ރައީސް ޔާމީން ބަލިވާނެ: ޑރ. ހުސައިން

  • ރައީސް ޔާމީން ވާދަކުރައްވަނީ ރައްޔިތުންނާ ކަމަށް ވިދާޅުވި
  • ގައުމަށް ކުރިމަތިވެފައިވާ ނިކަމެތިކަމުން ސަލާމަތް ކުރުމަށް މިވެރިކަން ބަދަލުވަންޖެހޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 27 އޯގަސްޓު 2018 | ހޯމަ 17:43 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟


ޖުމްހޫރީޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު -- ފޮޓޯ: ރާއްޖެ އެމްވީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިއިން ޒަމާނަކު އިންތިހާބެއްގައި ބައިވެރިވަން ކެރިވަޑައި ނުގަންނަވާ މިންވަރަށް ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

 ކޮލަންބޯގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ހުސައިން ވިދާޅުވީ، ރާއްޖޭގެ ހާލަތު މި ދަރަޖައަށް ގޮސްފައި ވަނީ ވެސް ރައްޔިތުންގެ ސަބަބުން ކަމަށާއި އެހެން ކަމުން މިހާލަތު ބަދަލު ކުރެވޭނީ ވެސް ރައްޔިތުންނަށް ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގައުމަށް ކުރިމަތިވެފައިވާ ނިކަމެތިކަމުން ސަލާމަތް ވުމަށް އިބޫއަށް ވޯޓުދެއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖުމްހޫރީ ޕާޓީއަށް ތާއީދު ކުރައްވާ ފަޜާތްތަކުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދިނުމަށް." ޑރ ހުސައިން ވިދާޅުވިއެވެ.

އިންތިހާބުގެ ވާހަކަތަކަށް އަލިއަޅުއްވާލައްވާ ޑރ. ހުސައިން ވިދާޅުވީ، މިއީ ވަރަށް އާދަޔާ ހިލާފު އިންތިހާބެއްގައި ކަމަށާއި އިންތިހާބު އިންތިޒާމު ކުރަނީވެސް އަދި ވާދަ ކުރައްވަނީވެސް ރައީސް ޔާމީނެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނަށް ވެސް ރައީސްގެ ނުފޫޒާއި ބާރު ފޯރުވަމުންދާ ކަމަށް ޑރ ހުސައިން ތުހުމަތުކުރެއްވިއެވެ.

ޑރ ހުސައިން ވިދާޅުވީ، ކަން މިހެން އޮތް ނަމަވެސް ރައީސް ޔާމީން ވާދަކުރައްވަނީ ރައްޔިތުންނާ ކަމަށާއި އެހެން ކަމުން ރައްޔިތުންނާ ކުރިމަތިލާ ވަރަށް ބޮޑު ތަފާތަކުން ބަލިވާނެ ކަމަށެވެ. "މިއިން ޒަމާނަކު އިންތިހާބެއްގައި ބައިވެރިވަން ކެރިވަޑައިނުގަންނަވާ ވަރަށް" ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި ވެސް ރައީސް ޔާމީނަށް ތާއީދު ކުރައްވާ ފަރާތްތަކުން ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ގުޅޭނެ ކަމަށާއި އެ މަންޒަރުތައް ވަރަށް އަވަހަށް ފެންނަމުންދާޏެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް