22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ރޮއިޓަރސްގެ ނޫސްވެރިން

މިޔަންމާގައި ހައްޔަރު ކޮށްފައިވާ ރޮއިޓާސްގެ ދެ ނޫސްވެރިންނަށް ހުކުމް ކުރުން ހޯމަ ދުވަހު

  • ދައުވާ ސާބިތުވެއްޖެނަމަ 14 އަހަރުގެ ޖަލު ހުކުމެއް
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 27 އޯގަސްޓު 2018 | ހޯމަ 17:29 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  5. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  6. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  7. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ
  8. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު


އެ މީހުން ޖަލުގައި ބަންދު ކޮށްފައިވަނީ ނުހައްގުންކަމަށް ރޮއިޓާސްއިން ވަނީ ތުހުމަތުކޮށްފައި -- ރޮއިޓަރސް

ސަރުކާރުގެ ސިއްރު ޑޮކިއުމެންޓްތަކެއް ގެންގުޅުނުކަމުގެ ތުހުމަތުގައި މިޔަންމާގައި ޖަލަށް ލާފައިވާ ރޮއިޓަރސްގެ ދެ ނޫސްވެރިންނަށް ހުކުމް ކުރުން އަންނަ ހަފްތާގެ ހޯމަ ދުވަހަށް ފަސްކޮށްފިއެވެ.

ހުކުމް ކުރުމުގެ އަންނަ ހޯމަ ދުވަޖަށް ބަދަލު ކުރީ މައްސަލަ ބައްލަވާ ގާޒީ ބަލިވެގެން ކަމަށް ކޯޓުން ބުނެއެވެ. ކުރިން އޮތީ މި ހަފްތާގެ ހޯމަ ދުވަހު ހުކުމް ކުރާ ގޮތަށެވެ.

އެ ނޫސްވެރިންގެ ޝަރީއަތް އަޑުއެހުމަށް ގިނަ އަދަދެއްގެ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަށް ހޯމަ ވަނީ ކޯޓު ކައިރިއަށް ޖަމާވެފައެވެ. އަދި ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ވެސް ވަނީ ޝަރީއަތް އަޑުއެހުމަށްޓަކާ ކޯޓަށް ހާޒިރުވެފައެވެ.

ރޮއިޓާސްއިން ވަނީ ޝަރީއަތް ފަސް ކުރުމުން އެކަމާ ހިތާމަ ކުރާ ކަމަށް ބުނެފައެވެ. އަދި މިއަދާހަމައަށް އަށް މަހަށްވުރެ ގިނަ ދުވަސް ދެ ނޫސްވެރިން ޖަލުގައި ހޭދަ ކޮށްފައި ވަނީ ނުކުރާ ކުށެއްގައި ކަމަށް ރޮއިޓާސްއިން ބުނެއެވެ.

ދެ ނޫސްވެރިންގެ ގާނޫނީ ވަކީލުން ތުހުމަތުކުރާ ގޮތުގައި މިއީ މިޔަންމާގެ ސަރުކާރުން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ރިޕޯޓް ކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ ގައުމުގެ ފުލުހުން ރާވައިގެން ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ.

އެ ދެ ނޫސްވެރިންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ހިންގ މައުން ޒޯ ވިދާޅުވީ ނޫސްވެރިންގެ މަސައްކަތަކީ ތެދު ހާމަކުރުން ކަމަށާއި ނަމަވެސް ބައެއް ފަހަރު ތެދު ގަބޫލު ކުރުމަށް ބައެއް ފަރާތްތަކަށް ދަތިވާ ކަމަށެވެ. އެ ނޫސްވެރިންގެ އަތުގައި ހުރި ކަމަށް ތުހުމަތުކުރާ ސިއްރު ޑޮކިއުމެންޓްތަކަކީ މައްސަލައިގެ އަސްލު ކަމަށްވާއިރު އެއީ މިޔަންމާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޑޮކިއުމެންޓްތަކެއް ކަމަށް ޝަރީއަތުގައި ސާބިތުކޮށްދެވިފައި ނުވާ ކަމަށް ދިފާއީ ވަކީލުން ވަނީ ވިދާޅުވެފައެވެ.

މި ޝަރީއަތް ހިންގަމުންދަނީ ރޮއިޓަރސްގެ ދެ ނޫސްވެރިން ކަމަށްވާ އުމުރުން 32 އަހަރުގެ ލޯ ވާން އަދި 28 އަހަރުގެ ކުއާއޭ ސުއެ އޫ އާ ދެކޮޅަށެވެ. ސިއްރު ހިފެހެއްޓުމާއި ގުޅޭ ގާނޫނުގެ ދަށުން ޖެނުއަރީ މަހުން ފެށިގެން ދެ ނޫސްވެރިންގެ މައްޗަށް ވެސް ދައުވާ އުފުލާފައިވާއިރު ދައުވާ ސާބިތުވެއްޖެނަމަ 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދެ ނޫސްވެރިން ހައްޔަރުކުރި ދުވަސްވަރު އެ ދެ ނޫސްވެރިން މަސައްކަތްކުރަމުން ދިޔައީ ރާހިން ސްޓޭޓްގެ އަވަށެއްގައި 10 ކުޑަކުދިން މަރާލި މައްސަލައެއްގެ ހަގީގަތް ހޯދުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް