23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

ރައީސް ޔާމީންގެ ސިޔާސަތުތައް ވަނީ ފެއިލްވެފައި، 23 ސެޕްޓެމްބަރުގެ ވޯޓަކީ ވަގަށް ނެގި ފައިސާ ހޯދަން ދޭ ވޯޓެއް: ރައީސް ނަޝީދު

  • ރައީސް ނަޝީދު ވަނީ، ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުކުރައްވާފައި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 27 އޯގަސްޓު 2018 | ހޯމަ 17:17 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކޮޅުބުގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ބައިވެރިިވެވަޑައިގެން -- ފޮޓޯ: ރާއްޖެ އެމްވީ

ރައީސް އަބްދުﷲ ޔާމީންގެ ހުރިހާ ސިޔާސަތެއް ބާތިލްވެފައިވާ ކަމަށާއި، 23 ސެޕްޓެމްބަރުގައި ދޭ ވޯޓަކީ ވަގަށް ނެގި ފައިސާ ހޯދަން ދޭ ވޯޓެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ސްރީ ލަންކާގައި ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ، ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ވަގަށް ނެގި ފައިސާއަށް ހެދި ގޮތާއި، ވަގަށް ނެގި ފައިސާއިން ކުރި ބޭނުން އެނގޭ ކަމަށެވެ. މި ސަރުކާރުން ހިންގި ވައްކަމާއި ފަސާދައަކީ ތަރައްޤީއަށް އެޅުނު އެންމެ ބޮޑު ހުރަސްކަން ފާހަގަ ކުރައްވައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ވައްކަމަކީވެސް ތަރައްޤީއަށް މި ސަރުކާރުން އެޅުވި ހުރަހެއް ކަމަށެވެ. އެ ފައިސާ އަނބުުރާ ހޯދަންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. 

އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދެވުމަށް ފަހު، މި ފަހަކަށް އައިސް ސްރީ ލަންކާގައި ދިރިއުޅުއްވާ ރައީސް ނަޝީދު ވިދާޅުވީ 23 ސެޕްޓެމްބަރުގައި ދޭ ވޯޓަކީ ސަރުކާރުން ވަގަށް ނެގި ފައިސާ އަނބުރާ ހޯދަން ދޭ ވޯޓެއް ކަމަށެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ހިންގި ވައްކަންތަކަށް އިއުތިރާފްވެފައިކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ވެރިކަމުގައި ވަގަށް ނެގި ފައިސާތައް އަނބުރާ ހޯދައި، އެފައިސާތައް އަލުން ރައްޔިތުންނަށް ހިދުމަތްކުރުމަށް ބޭނުންކުރާނެ ކަމަށެވެ. 

ރައީސް ޔާމީންގެ ތަރައްޤީގެ ސިޔާސަތަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ދެކިވަޑައިގަންނަވާގޮތުގައި ތަރައްޤީއަކީ ހިފާ ގެންގުޅޭ އެއްޗެއް ކަމަށެވެ. އަދި ތަރައްޤީއަކީ އިމާރަތެއްކަމަށް ދައްކައިދިނުމަށް ރައީސް ޔާމީން މަސައްކަތްކުރައްވާކަމަށާއި، ނަމަވެސް ރައީސް ޔާމީންގެ ތަރައްޤީއަކީ 1800ގެ ކޮމިއުނިސްޓް ވެރިކަންތަކުގައިވެސް ފެއިލްވެފައިވާ ސިޔާސަތެއް ކަމަށެވެ.

އޭގެއިތުރުން ހައިހެވަން އާއި، ނިލަންދެ އަތޮޅު އުތުރުބުރި އަދި ދެކުނު ބުރީގައި ބޮޑެތި ޕްރޮޖެޓްތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިކަން ފާހަގަކޮށް، ނަޝީދު ވިދާޅުވީ މިއަދާއި ހަމައަށްވެސް އެ ޕްރޮޖެކްޓްތަަކަށް އެންމެ ފައިސާ ފޮއްޗެއްވެސް ނުލިބި އޮތީ އެއީ ފެށުނުއިރުވެސް ބާތިލް ޕްރޮޖެކްޓްތަކަކަށް ވުމުން ކަމަށެވެ. ތަރައްޤީ ގެންނާނީ، ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ނޫން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެއީ ވެސް ފެއިލްވެފައިވާ ސިޔާސަތެއް ކަމަށް ވިދާޅުވެފަ އެވެ. 

ގުޅިފައިވާ ޕާޓީތަކުން ކޮޅުބުގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް