14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ވޮލީބޯލް

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

  • ރާއްޖޭގެ ޓީމު ނޭޕާލާ ދެކޮޅަށް ދެއްކީ ގޯސް ކުޅުމެއް ނޫން
  • ރާއްޖޭގެ ޓީމަށް ބައިނަލް އަގްވާމީ މެޗު ތަޖުރިބާ މަދު
  • ރާއްޖޭގެ ޓީމުގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނިގެންދިޔަ
ނާފިއު ރަޝީދު | NaphiuR

| 29 ޖެނުއަރީ 2017 | އާދީއްތަ 03:57 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ވެލެޒިނީ ހައްޔަރު ކޮށްފި


ދިވެހި އަންހެން ވޮލީ ޓީމުގެ ކޯޗު އަދީލް ކުޅުންތެރިންނަށް އިރުޝާދު ދެނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ޓީމު ނޭޕާލާ ދެކޮޅަށް ދެއްކީ ގޯސް ކުޅުމެއް ނޫން ކަމަށާއި ރާއްޖޭގެ ޓީމަށް މެޗު ތަޖުރިބާ މަދުވުމުން އުނދަގޫތަކާ ކުރިމަތިވީ ކަމަށް އެޓީމުގެ ކޯޗު އަހްމަދު އަދީލް (ބޭބެ) ބުނެފި އެވެ.

ހުކުރު ދުވަހު ނޭޕާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ޓީމު ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ގޯސްތަކެއް ފެނިގެންދިޔަ ނަމަވެސް، ރަނގަޅު ހަމަލާތަކެއް ފެނިގެންދިޔަ އެވެ.

ބޭބެ ބުނީ، އިދިކޮޅު ޓީމުތަކުން މުބާރާތަށް އަންނަނީ ބައިނަލްއަގުވާމީ ގިނަ މެޗުތަކެއް ކުޅެފައި ކަމަށާއި ނޭޕާލްއާ ވާދަކޮށްލެވުނީ ގިނަ ޕްރެކްޓިސްތައް ކުރެވުމުން ކަމަށެވެ. އަދި މުބާރާތަށް ނުކުތްއިރު ތަޖުރިބާގެ މައްސަލަތަކާ ކުރިމަތިލާން ޖެހޭނެކަން އެނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮލިފައިންގެ ފަހު މެޗުގައި އާދިއްތަ ދުވަހު ހަވީރު ރާއްޖެ ނުކުންނަން ޖެހޭނީ އީރާނާ ދެކޮޅަށެވެ. އީރާން ވަނީ މިއަދު ނޭޕާލާ ދެކޮޅަށް މޮޅު ކުޅުމެއް ކުޅެ ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފަ އެވެ.

އޭޝިއާގެ ފައިނަލް ބުރަށް ކޮލިފައިވާނީ މިހާރު މާލޭގައި ކުރިއަށްދާ ކޮލިފައިން ބުރުގެ އެއްވަނަ ހޯދާ ޓީމެކެވެ. މިހާރު ރާއްޖެއަށް ވަނީ ކޮލިފައިވުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް