22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07

ރިޔާސީ ރޭސް 2018

އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަނެއް އޮތް ނަމަ މިސަރުކާރުން ފިޔަވަޅު ނާޅައެއް ނޯންނާނެ: މާރިޔާ

  • އެމްޑީޕީގެ ކޮރަޕްޝަނެއް އޮތް ކަމަކަށް އެއްވެސް މުއައްސަސާއަކުން ސާބިތުވެފައެއް ނެތް
  • ސަރުކާރަށް އޮތީ ބޭނުން ކަމެއް ކުރެވޭވަރަށް ބާރު ލިބިދީފައި
  • އެވާހަކަ ދައްކަނީ ރައްޔިތުންގެ ކަންބޮޑުވުމުގެ ވާހަކަ ދައްކާތީ
އަހުމަދު މުހުސިނު | dhonbandaara

| 27 އޯގަސްޓު 2018 | ހޯމަ 14:07 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ -- އާކައިވް

އެމްޑީޕީ ސަރުކާރުގައި ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާ ކަމަށް ބުނެ ޕީޕީއެމުން ވާހަކަ ދައްކަނީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަންތަކުގެ ވާހަކަ ހުއްޓުވުމަށް ކަމަށާއި އެމްޑީޕީ ސަރުކާރުގެ އެފަދަ ކަމެއް އޮތް ނަމަ މިސަރުކާރުން ފިޔަވަޅު ނާޅައި ނޯންނާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބާއްވާ ސިލްސިލާ ޕްރެސް ކޮންފަރެސްގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ހޯމަ ދުވަހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ކޮރަޕްޝަނެއް ހިނގާފައިވާ ކަމަކަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން މިހާތަނަށް ސާބިތު ވެފައެއް ނެތް ކަމަށާއި އަދި އެއްވެސް ބޭފުޅަކާ ދޭތެރޭގައި އެފަދަ އެއްވެސް ފިޔަވަޅެއް ވެސް އެޅިފައި ނުވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ވޭތުވެ ދިޔަ ފަސް އަހަރަކީ މިސަރުކާރުން ބޭނުން ކަމެއް ކުރެވޭވަރަށް ހުރިހާ ބާރެއް ލިބިދީފައި އޮތް ފަސް އަހަރު ކަމަށާއި ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރުމަށްޓަކައި ޤާނޫނު އަސާސީއާ ޚިލާފަށް ޤާނޫނުތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި މިސަރުކާރުން އައީ ބޭނުންހާ ކަމެއް ކުރަމުން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަނެއް އޮތް ނަމަ މިހާތަނަށް އައިރު އޮންނާނީ ބައްލަވާފައި ކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ މިހާރު އެމްޑީޕީގެ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ ދައްކަވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ވާހަކަ ދައްކާތީ އެވާހަކަ ދެއްކިޔަ ނުދިނުމަށް ކަމަށެވެ.

"އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަނެއް ހިނގާފައިވާ ކަމަކަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް މުއައްސަސާއަކުން މިހާތަނަށް ސާބިތު ވެފައެއް ނުވޭ. އަދި އެއްވެސް ބޭފުޅަކާ ދޭތެރޭ ވެސް އެފަދަ އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވޭ. އެއީ އަޅުގަނޑުމެން މިހާރު މިވާހަކަތައް ދައްކަން ފެށީމާ ދައްކަވާ ވާހަކައެއް. އެބޭފުޅުންނަށް އެކަހަލަ ޝައްކެއް އޮތް ކަމަށް ވަންޏާ އެބޭފުޅުންގެ ކަމެއް އެއީ އެކަމެއް ބެލުން. މިދިޔަ ފަސް އަހަރު ދުވަސް އެ ބޭފުޅުންނަށް ލިބިވަޑައިގަތީ އެބޭފުޅުންގެ ސަރުކާރެއް. އެ ބޭފުޅުންގެ ސުޕަރ މެޖޯރިޓީ. އެ ބޭފުޅުންގެ މަޖިލިސް. އެބޭފުޅުން ބޭނުން ކަމެއް ކުރައްވަމުން ގެންދެވީ،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ސަރުކާރުގެ ކޮރަޕްޝަންގެ ފައިސާތައް ހޯދާނެ ވާހަކަ ދެއްކުމުން ސަރުކާރުން ދައްކަވާ ވާހަކަތަކުން ދޭހަވަނީ އެފައިސާތައް ފޮރުވާފައި ހުރީ ކަމަށެވެ. ނޫން ނަމަ އެފައިސާ ނުހޯދޭނޭ ކަމަށް އެހާ ޔަޤީންކަމާ އެކު ރައީސް ޔާމީން ވިދާޅު ނުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް