24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ސިހުރު

ސިހުރު ހަދާފައިވާ ކަމަށް ބެލެވޭ ކިހަވަކެއް އާ ސަހަރާގެ މަހާނައަކުން ނަގައިފި

  • އެ ކިހައް ނަގާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު
  • ފުލުހުން ވެސް ވަނީ އެފަދަ ކަމެއް ބަލަމުންދާކަން ކަށަވަރުކޮށް ދީފައި
  • މިދުވަސްވަރު އެފަދަ ތަކެތި ވަޅުލާން ގެންދާވަރު ވަނީ އިތުރުވެފައި
އަހުމަދު މުހުސިނު | dhonbandaara

| 27 އޯގަސްޓު 2018 | ހޯމަ 10:20 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  8. ޝެއިޚް އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓައިފި


އާސަހަރާއިން ފުލުހުން ނެގިކަމަށް ބުނާ ކިހަވަކުގެ ފޮޓޯ -- އާކައިވް

ސިހުރު ކަމަށް ބެލެވޭ ގޮތަކަށް ލިޔެފައިވާ ކިހަވަކެއް އާ ސަހަރާގެ މަހާނައެއްގައި ވަޅުލާފައި އޮއްވާ ފުލުހުން ނަގައިގެން ގެންގޮސްފިއެވެ.

ރާއްޖެ އެމްވީއަށް ވެސް ވަނީ އޭގެ ފޮޓޯއެއް ލިބިފައެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ފުލުހުން އެ ކިހައް ނަގާފައި ވަނީ އާސަހަރާގެ މަހާނައެއްގައި ވަޅުލާފައި ވަނިކޮށެވެ. އަދި އެކިހައް ފުލުހުން ވަނީ ގެންގޮސްފައެވެ.

މިމަހު 19 ވަނަ ދުވަހު ފުލުހުން އާ ސަހަރާއަށް ގޮސް އެ ކިހައް ނަގާފައިވާކަމުގެ މައުލޫމާތު ރާއްޖެ އެމްވީއަށް ލިބިފައިވާއިރު، ފުލުހުން ވެސް ވަނީ އެފަދަ މައްސަލައެއް ބަލަމުންދާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދުވަސްވަރު ވަރަށް ގިނައިން އެފަދަ ގޮތް ނޭނގޭ ބާވަތުގެ ތަކެތި އާސަހަރާގައި ވަޅުލުމަށް ގެންދެއެވެ. އަދި އާސަހަރާގައި އުޅޭ ބިދޭސީންނަށް ލާރި ދީގެން ވަޅުލާ ކަމުގެ މައުލޫމާތު ވެސް ރާއްޖެ އެމްވީއަށް ލިބިފައި ވެއެވެ. މީގެ އިތުރުން ސަރުކާރުގެ އިސްވެރިން އަންގައިގެން ކަމަށް ބުނެ ވަޅުލުމުގެ ހުއްދަ ހޯދާ ކަމަށް ވެސް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެގޮތަށް ވަޅުލާން ގެންދާ ތަކެތީގެ ތެރޭގައި ގަބުރު ގޮތަށް ކަފުންކޮށްފައިވާ ބައެއް ތަކެތި ވެސް ހިމެނޭކަން އެނގިފައިވާއިރު ވަކި ނަމެއް ކިޔާ މީހުންގެ މަހާނަތަކުގައި އެފަދަ ތަކެތި ވަޅުލުމަށް މަސައްކަތް ކުރާ ކަމަށް ވެސް ރާއްޖެ އެމްވީއަށް ވަނީ އެނގިފައެވެ.

ސިހުރު ހަދާ ކަމަށް ބުނެ މިދިޔަ ހަފުތާގެ ތެރޭގައި ހދ. ކުޅުދުއްފުށިން ވެސް ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ. ސިހުރު ހެދިކަމުގެ ތުހުމަތުގައި މިދިޔަ ހަފުތާގައި ހައްޔަރުކުރީ އެރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިސްމާއީލް އިބްރާހީމާއި އެ ކައުންސިލްގެ ސީނިއާ އެޑްމިން އޮފިސަރު ހުސައިން އަލީގެ އިތުރުން އާންމުންގެ ދެ މީހެކެވެ. ހަތަރު މީހުންގެ ބަންދު މުއްދަތު ކުރިން އިތުރު ކުރުމަށް ފަހު، ހޮނިހިރު ދުވަހު ދޫކޮށްލީ އިސްމާއީލް އާއި އާންމުންގެ ދެ މީހުންގެ ތެރެއިން އެކަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިންސާފް

4 ހަފްތާކުރިން

އިހުޒަމާނުގެ ކުރެހުންތަކާ ވަރަށް ވަށްތަރު ގޮތެއް އެބަހުރި . ތީތީގެ ޑީއެންއޭ ނަގަންވީ.. އޭރުން އިގޭނެ ވާޅުލި މީހާޔާ މިހާރު ވާލުލިތާ ވީ ކިތައްދުވަސްކަން ތިއާއެކު ޕެންޑުރައިވެއް ނެއްތަ؟.

0
0
ސަހަރާމޯޑް

4 ހަފްތާކުރިން

އާސަހަރާގައި ވަޅުލާފައި ތިޔައޮތް ކިހާ ނެގީކީ ފުލުހުންނެއްނޫ އެކިހާ މަހާނަށް ވަޅުލާފައި އޮތްވާ އެކިހާނެގީ ސަހަރާގައި އުޅޭ ޖަމާތްތެރިޔެއް ކަމުގައިވާ މުހައްމަދު ސަމީރު ކިޔާ މީހެއް ރާއްޖެ އެމް.ވީ ވެސް ރަގަޅަށް ސައްހަ މައުލޫމާތު ހޯދައިގެން ޚަބަރު ލިޔުމަށް އެދެމެވެ

0
0
ފުތާ

4 ހަފްތާކުރިން

ތިޔަކު ނެތް އެއްވެސް ސިހުރެއް ތިއޮތީ ފުލުހުން ގުބޯ ހައްދާފަ

0
0