14 ޑިސެންބަރު 2018 | ހުކުރު | 05 މުލަ
07 ރަބީޢުލްއާޚިރު 1440
ފަތިސް 04:45
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:16

ޖެކްސަންވިލްގެ ހަމަލާ

ޖެކްސަންވިލްގެ ބަޑީގެ ހަމަލާ: ވީޑިއޯ ގޭމް މުބާރާތެއްގެ ތެރެއަށް ދިން ހަމަލާގައި ދެ މީހުން މަރާލައިފި

  • ހަމަލާދީފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނެއް
އަބުދުﷲ މުހައްމަދު | 8Abbo

| 27 އޯގަސްޓު 2018 | ހޯމަ 06:00 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  8. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް


ފްލޮރިޑާގެ ޖެކްސަންވިލް ލޭންޑިންގ ކޮމްޕްލެކްސްގެ ބޭރުގައި ފުލުހުން -- ފޮކްސް ނިއުސް

ފްލޮރިޑާގެ ޖެކްސަންވިލްގެ އެންޓަރޓެއިންމެންޓް ކޮމްޕްލެކްސްއަކަށް އާދީއްތަ ދުވަހު ހަވީރު މީހަކު ބަޑިން ހަމަލާ ދީ ދެ މީހުން މަރާލައިފިކަމަށް ފުލުހުން ބުނެފިއެވެ.

ހަމަލާދިން މީހާގެ ނަމަކީ ޑޭވިޑް ކޭޒް ކަމަށް ފުލުހުން ބުނެފައިވާއިރު އޭނާއަކީ ބަލްޓިމޯރގެ ޒުވާނެއްކަމަށް ފުލުހުންވަނީ ބުނެފައެވެ. އުމުރުން 24 އަހަރުގެ އެ ޒުވާނާވަނީ ބަޑިޖެހުމަށްފަހު އެ ތަނުގައި ހުރެ އަމިއްލަގަޔަށް ބަޑިޖަހައި މަރުވެފައެވެ.

ހާދިސާގައި ތުހުމަތުކުރެވޭ އިތުރު މީހެއް ފެނިފައެއް ނުވެއެވެ. މިހާދިސާގައި 11 މީހަކުވަނީ ޒަޚަމްވެފައެވެ.

މި ހަމަލާ ދީފައިވަނީ، ފިހާރަތަކާއި،ފުޑް ކޯނަރ ތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިޔަށްގެންދާ ޖެކްސަންވިލީ ލޭންޑިންގައި ވީޑިއޯ ގޭމް މުބާރާތެއް ކުރިޔަށް ގެންދަނިކޮށެވެ.

ކޭޒް ބޭނުންކޮށްފައިވަނީ ވަން ހޭންޑް ގަން އެއްކަަމަށަށް މިހާތަނަށްކުރި ތަހުގީގުން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

އޭނާ ބަޑިން ހަމަލާދިނީ މުބާރާތުގައި އޭނާ ބަލިވުމުން ނުކުމެ ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނާ ބުނުން ފުލުހުން ކަށަވަރެއް ނުކޮށްދެއެވެ.

މި ފަހުގެ އަހަރުތަކުގައި ފްލޮރިޑާގައި ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީފައިވެއެވެ. އޭގެތެރޭގައި އޮލާންޑޯގެ ނައިޓް ކްލަބެއްގައި ހަމަލާދީ 49 މީހުން މަރާލި ހާދިސާއާއި، ޕާކްލޭންޑްގައި ހުންނަ މާޖޮރީ ސްޓޯންމަން ޑަގްލަސް ސްކޫލްގައި މިި އަހަރުގެ ފެބްރުއަރީގައި ހިނގި 17 މީހުން މަރާލި ހާދިސާހިމެނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް