16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ކްރިސްތިއާނޯ ރޮނާލްޑޯ

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

  • ރޮނާލްޑޯ އަކީ ޕޯޗުގައިލްގައި ހިމެނޭ މުހިންމު ކުޅުންތެރިޔެއް: ޖޯ މާރިއޯ
  • ރޮނާލްޑޯ އިންޓައަށް ބަދަލުވުމަށް މަސައްކަތްކުރި ނަމަވެސް އެއީ ފަސޭހަކަމެއް ނޫން: ޖޯ މާރިއޯ
ލީވާން އަލީ | MrLeevaan

| 29 ޖެނުއަރީ 2017 | އާދީއްތަ 00:57 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ރޮނާލްޑޯ އާއި ޖޯ -- ގޫގުލް

އިންޓަމި މިލާނަށް ބަދަލުވާތޯ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްތިއާނޯ ރޮނާލްޑޯ އަށް ބާރުއަޅަމުން އަންނަ ކަމަށް އިންޓަގެ މިޑްފިލްޑަރު ޖޯ މާރިއޯ ބުނެފި އެވެ.

އިންޓަ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯއާ އެކު ޕޯޗުގަލްގެ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ ޖޯ މާރިއޯ ބުނީ ޕޯޗުގަލް އަކީ ވަރަށް ގިނަ ހުނަރުވެރި ކުޅުންތެރިން ތިބި ޓީމެއް ކަމަށާއި، އެގޮތުން ރޮނާލްޑޯއަކީ އޭގެ ތެރެއިން ފާހަގަކޮށްެލެވޭ ފަދަ މުހިންމު ކުޅުންތެރިޔެއް ކަމަށެވެ.

އޭނާ ބުނީ ރޮނާލްޑޯ އަކީ ހަމައެކަނި އޭނާއާއެކު އެއްޓީމަކަށް ކުޅޭ ކުޅުންތެރިޔެއް ނޫން ކަމަށާއި، ގާތް ރައްޓެއްސެކޭވެސް ބުނެވިދާނެ ކަމަށެވެ. އެގޮތުން އޭނާ ރެއާލް ދޫކޮށްލުމަށްފަހު އިންޓައަށް ބަދަލުވާން އެކި ފަހަރުމަތިން ބާރުއަޅާފައިވާކަމަށްވެސް މާރިއޯ ވަނީ ބުނެފައެވެ. އެހެންނަމަވެސް މާރިއޯ ބުނީ އެއީ ފަސޭހަކަމެއް ނޫންކަމަށެވެ.

މާރިއޯ ބުނީ ނިމިގެންދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތަކީ ވަރަށްވެސް ހަނދާނުން ފޮހެލަން ދަތި އެހާމެ ބޮޑު ކާމިޔާބީއެއް ލިބުނު ފަހަރެއް ކަަމަށެވެ. އެގޮތުން އޭނާ ބުނީ އެއީ އޭނާ މިހާދުވަހު ދެކެމުން އައި ހުވަފެންތައް ކާމިޔާބުވި މުބާރާތެއްކަމަށެވެ.

ރޮނާލްޑޯވެސް ކުރިން ކުޅުނު ސްޕޯޓިން ސީޕީ އިން މިދިޔަ އަހަރުގެ އޮގަސްޓްމަހު އިންޓައަށް ބަދަލުވި މާރިއޯ އަންނަނީ އިންޓަ މިލާނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ އަންނަނީ ޕޯޗުގަލް ގައުމީ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރަމުންނެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް