22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ޓެސްލާ

ޓެސްލާ ކުންފުނި އަމިއްލަ ކުރުމުގެ ޕްލޭންތައް އީލަން މަސްކް ހުއްޓާލައިފި

  • ޓެސްލާ ކުންފުނި ހިއްސާގެ ބާޒާރުން ނަގާނެކަން އިއުލާންކުރީ 2 ހަފްތާ ކުރިން
މިއުވާން މުހައްމަދު | Miuvaan

| 26 އޯގަސްޓު 2018 | އާދީއްތަ 19:10 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ޓެސްލާ ކުންފުނީގެ ސީއީއޯ އީލަން މަސްކް -- އޭއެފްޕީ

ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ މަޝްހޫރު އިލެކްޓްރިކް ކާރު ކުންފުނި، ޓެސްލާ، ހިއްސާގެ ބާޒާރުން ނަގައި، ޕްރައިވެޓް ކުންފުންޏަކަށް ހަދަން ކުރި މަސައްކަތް އެކުންފުނީގެ ބާނީ އަދި ސީއީއޯ އީލަން މަސްކް ހުއްޓާލައިފިއެވެ. 

ޓެސްލާ ޕަބްލިކް ކުންފުންޏަކުން ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކުރުމަށް ވިސްނާކަމަށް މަސްކް އިއުލާން ކުރީ މީގެ 2 ހަފްތާ ކުރިންނެވެ. ޓްވިޓަރ މެދުވެރިކޮށް އޭރު މަސްކް ބުނީ ޓެސްލާ ޕްރައިވެޓްކުރުމަށް 72 ބިލިއަން އެމެރިކާ ޑޮލަރު ހަމަޖެހިފައިވާކަމަށެވެ. އެހެންނަމަވެސް އޭނާގެ ވިސްނުން ބަދަލުކުރީ ބުރާސްފަތި ދުވަހު ބޭއްވި އެކުންފުނީގެ ބޯޑު ބައްދަލުވުމަކަށް ފަހުއެވެ. ކުންފުނި ހިއްސާގެ ބާޒާރުން ނަގާނެކަން މަސްކް އިއުލާންކުރުމާއިއެކު އެކުންފުނީގެ ހިއްސާގެ އަގު ވަނީ 20 އިންސައްތަ ވެއްޓިފައެވެ. 

ރިޕޯޓްތައް ބުނާ ގޮތުން މަސްކް މަސައްކަތްކުރީ ސަޢޫދީ ޢަރަބިއްޔާގެ ސޮވަރިން ވެލްތު ފަންޑުން ފައިސާ ހޯދައިގެން ކުންފުނި އަލުން އަނބުރާ ގަތުމަށެވެ. އެހެންނަމަވެސް އެފައިސާ ހަމަޖެހިފައިނުވަނީސް އެކަން މަސްކް އިއުލާންކުރުމާއި ގުޅިގެން ޓެސްލާގެ ބައެއް އިންވެސްޓަރުން ތިބީ މަސްކްއާއިމެދު ހިތްހަމަނުޖެހިފައެވެ. 

ޓެސްލާގެ ގާތްގަނޑަކަށް 20 އިންސައްތަ ހިއްސާއަކީ މަސްކްގެ ހިއްސާއެވެ. އޭނާ ބުނީ ކުންފުނި ހިއްސާގެ ބާޒާރުން ނެގުމާއި ބެހޭ ގޮތުން ކުންފުނީގެ ބޮޑެތި ހިއްސާދާރުންނާއި، ބައެއް ބޭންކްތަކާއި އެހެން ފަރާތްތަކާއިއެކު މަޝްވަރާކުރެވުނުކަމަށާއި، އެންމެންވެސް އެޚިޔާލާއި ދެކޮޅުކަމަށެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް