20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

ރިޔާސީ އިންތިޚާބު 2018

ދައުލަތަކަށް ދައްކަންޖެހޭ ފައިސާއެއް އޮތް މީހެއްގެ އެއްވެސް އިންސާނީ ހައްގެއް ނޯންނާނެ: ރައީސް

  • ހުކުމްކުރި ފަރާތްތައް އިބޫ ދޫކޮށްލާނެ
  • ޖަލަށް ލާފައިވަނީ ރައީސް އޮފީހުން އަންގައިގެނެއް ނޫން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 26 އޯގަސްޓު 2018 | އާދީއްތަ 13:44 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ރައީސް އަބްދުﷲ ޔާމިން -- ފޮޓޯ: ރާއްޖެ އެމްވީ

ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އޮތް މީހެއްގެ އެއްވެސް އިންސާނީ ހައްގެއް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ތ.ގުރައިދޫގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ވާހަކަތައް ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަދީބާއި އެމަނިކުފާނާދެމެދު ހިނގާފައިވަނީ "އަމިއްލަ ކަމެއް" ކަމަށާއި އެކަން ހަނދާން ނައްތާލާފައި ބޭސްފަރުވާއަށް ފޮނުވުމަށް ތައްޔާރަށް ހުރި ކަމަށެވެ. އެހެން ނަމަވެސް ދައުލަތުން ނެގި ފައިސާ އަނބުރާ ދޭންޖެހޭ ކަމަށެވެ.

"ދައުލަތުން ނެގި ފައިސާ އަނބުރާ ދިނިއްޔާ ނޫނީ ކިތަންމެ ބަލިވި ނަމަވެސް އޭނަގެ އިންސާނީ ހައްގެއް ނޯންނާނެ. އެކަމެއް އަޅުގަނޑެއް ގަބޫލެއް ނުކުރާނަން. މިކަހަލަ އިންސާނީ ހައްގުތައް ހިމާޔަތްކުރާ ވާހަކަ މިދައްކަނީ." ރައީސް ވިދާޅުވިއެވެ

ރައީސް ޔާމީން ވިދާޅުވީ ހުކުމް ތަންފީޒު ކުރުމަށް ދަތުރު ހަދައިގެން ދިޔަ އެންމެ ފިލާފައިވާ ކަމަށާއި އެކަމަކު މިއަދު އެ އެންމެންނަކީ ސިޔާސީ މީހުންގެ ގޮތުގައި ފެންނަމުންދާ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް އޮޑިއަކަށް އަރައިގެން އުޅެނީ އެއް ބޭނުމެއް އޮވެގެން ކަމަށާއި މި ސަރުކާރު ބަދަލު ކުރުމުން ނޫނީ އެމީހުންނަށް އެނބުރި މިގައުމަށް ނާދެވޭނެތީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގައުމަށް ނޭރިފައި ތިބި ސިޔާސީ ފަރާތްތައް އައުމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަން އެ އިސާބުން ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއަދު އަޑުއިވިގެންދަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތައް ދޫކޮށްލާ ވާހަކަތައް ކަމަށާއި އެމީހުން ދޫކޮށްލުމަކި އިންސާނީ ހައްގު ކަމުގައިވާނަމަ ރައްޔިތުންގެ އިންސާނީ ހައްގެއް ވެސް ނޯންނާނެ ކަމަށެވެ. ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނީ ދައުލަތުގެ މަސްލަހަތު ހުންނަ ކަންކަމަށް އަރައިގަތުމުން ކަމަށާއި އެއީ އެއްވެސް ހާލެއްގައި ރައީސް އޮފީހުން އަންގައިގެން ހައްޔަރުކޮށްފައި ތިބި މީހުން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އައިމިނާ

5 މަސް ކުރިން

އަދީބުއާ ދެމީހުންގެ އަމިއްލަކަމެކޭ ކިޔާފަ މިކިޔަނީ ސަރުކާރުގެފައިސާއޭ ނޭގުނުކިޔާއެއްޗެއްވެސް

0
0
bhAru

5 މަސް ކުރިން

Get ready for jail Mr President

0
0
އެޑަމް

5 މަސް ކުރިން

ކޮބާހޭ އަމިއްލަ ގެއަށް ވެއްދި ހަލާލް ނޫން ފައިސާ،،،

0
0