13 ނޮވެންބަރު 2018 | އަންގާރަ | 01 ނޮރަ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ކްލަބް ފްރެންޑްލީ

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

  • ނިއުއިން ވަނީ ބިދޭސީ ކޯޗަކާ، ބިދޭސީ ފިޒިކަލް ޓްރެއިނަރެއް އަދި ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސްފަ
  • ޓީސީން ވަނީ ނޭޕާލްގެ އެއް ނަމްބަރު ކީޕަރު އެޓީމަށް ގެނެސްފަ
ލީވާން އަލީ | MrLeevaan

| 29 ޖެނުއަރީ 2017 | އާދީއްތަ 00:35 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ޓީސީ އާއި ނިއު ބައްދަލުކުރި މެޗުގެ ތެރެއިނ -- ޓްވިޓަރ

ކްލަބް ފްރެންޑްލީއެއްގައި ރެކޯޑު ބަޖެޓަކާއެކު ކުރިޔަށް އޮތް ސިޒަނަށް ނިކުންނަ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މައްޗަށް ޓީސީ ސްޕޯޓްސް ކްލަބް ކުރިހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މި މެޗު ނިއުއާ ވާދަކޮށް ޓީސީން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

މާފަންނު ޓާފް ދަނޑުގައި ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ ވާދަވެރި ކުޅުމެކެވެ. އެހެން ނަމަވެސް ޓީސީން ވަނީ މި މެޗުގައި ނިއު ހިފަހައްޓައި އެޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މި މެޗުގައި ޓީސީގެ ލަނޑުތަައް ކާމިޔާބުކޮށް ދިނީ މި ސީޒަނުގައި އެޓީމާ އަލަށް ގުޅުނު އަދި ފުރަތަމަ ޑިވިޝަންގައި ވެސް މުޅިން އަލަށް ކުޅޭ ސ.ފޭދޫ ޓީމުން ވިދާލި އިބްރާހިމް މަހުދީ އެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގައި ނިއުގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ޓީސީ ދޫކޮށްލުމަށްފަހު އެޓީމާ ގުޅުނު އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ވަނީ މިދިޔަ ސީޒަނުގައި ޓީސީ އަށް މޮޅު ކުޅުމެއް ދައްކައި ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީސީންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެޓީމުން ވަނީ ނޭޕާލްގެ އެއް ނަމްބަރު ކީޕަރު އަދި ބިދޭސީ ފޯވާޑެއްވެސް ގެނެސްފައެވެ. މީގެއިތުރުން ނިއު އިން ވަނީ އެޓީމަށް ބިދޭސީ ކޯޗަކާ، ބިދޭސީ ފިޒިކަލް ޓްރެއިނަރެއް އަދި ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް