22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ރިޔާސީ އިންތިޚާބު 2018

އެމްއެމްޕީއާރްސީގެ ފައިސާ ހޯދަން އިބޫއަށް ކެރިވަޑައެއްނުގަންނަވާނެ: ރައީސް ޔާމީން

  • އަދީބުވެސް މިހާރު ހުންނެވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު
  • އެހެން ކަމުން އިބޫއަށް އެމްއެމްޕީއާރްސީގެ މައްސަލައެއް ނުބެލޭނެ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 26 އޯގަސްޓު 2018 | އާދީއްތަ 13:08 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ރައީސް އަބްދުﷲ ޔާމީން -- ރައީސް އޮފީސް

އެމްއެމްޕީއާރްސީގެ ފައިސާ ހޯދުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ( އިބޫ) މިއަދުވެސް މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް އެ ފައިސާ ހޯދަން ކެރިވަޑައިނުގަންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.

ތ. ގުރައިދޫގައި ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްއެމްޕީއާރްސީގެ ފައިސާ އިބޫއަށް ހޯދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާއިން ނަފާ ލިބުނު މީހުންނަށް ބަލާއިރު މިކަމުގައި އެންމެ ބޮޑަށް ޝާމިލުވާ ރައީސް ޔާމީންގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސަލާމަތްވާ ގޮތަށް ފެބްރުއަރީ އެކެއްގެ ހުކުމްވެސް އެބައޮތް ކަމަށެވެ.

އެމްޑީޕީ މީހުން އެންމެ ބޮޑަށް ރުޅި އަންނަނީ އަދީބު ދެކެ ކަމަށާއި އެކަމަކު ރައީސް މުހައްމަދު ނަޝީދާ އެއްކޮށް އަދީބު ސަލާމަތް ކުރުމަށް ފެބްރުއަރީގެ އެއް ވަނަ ދުވަހުގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައި އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ހުކުމަކީ ކިހިނެތް އައި ހުކުމެއްކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިލް އިބްރާހިމް ރައްޔިތުންނަށް ސާފުކޮށްދެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

 އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ އަމަލު ހިންގި ފަރާތް ސަލާމަތްކޮށްދިނުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރުމުން އެމްއެމްޕީއާރްސީގެ ފައިސާ އިބޫއަށް ހޯދޭނެ ކަމާމެދު ސުވާލު އުފެދޭކަން ތަކުރާކު ކުރައްވާ ރައީސް ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު އޭސީސީ އިން ނިންމާފައިވާ ކަމަށެވެ. ހަމައެކަނި ނުހޯދެނީ އެ ފައިސާތައް ހުރި ތަންތަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާގެ ވާހަކަ ދައްކަވާއިރު އެމްޑީޕީގެ ފަރާތްތަކުންވެސް އެފައިސާ ހޯއްދަވަންޖެހޭ ކަމަށާއި އެހާ ބޮޑަށް ކޮޕަރްޝަނަށް ކަންބޮޑުވާ ބަޔަކު ނަމަ އެމްޑީޕީގެ ސަރުކާރުގައި ގެއްލުނު ދައުލަތުގެ ފައިސާވެސް ހޯއްދަވަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ، އެމްޑީޕީގެ އެކި ވުޒާރާތަކުން ގާތްގަނޑަކަށް 1.57 ބިލިއަން ރުފިޔާ ގެއްލިފައިވާކަމަށެވެ. މި ތުހްމަތުތައް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ކުރިއެވެ. ނަމަވެސް އެކަމުގެ ހަގީގަތް ހޯދައި ތަހްގީގު ހިންގާފައެއް ނުވެ އެވެ. 

އެމްޑީޕީގެ ސަރުކާރުގެ ވެރިކަމުގައި ފައިސާ ގެއްލިފައިވާ ކަމަށް ރައީސް ޔާމީން ތުހްމަތުކުރާއިރު، އެ ފައިސާއަކީ ވަކި ބައެއްގެ އަމިއްލަ ބޭނުމަށް ނަގާފައި ހުރި ފައިސާ ކަމެއް މި ސަރުކާރުން ހާމައެއް ނުކުރެ އެވެ. 

އެމްއެމްޕީއާރުސީން 1.22 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވާއިރު، ރަނގަޅު ތަހްގީގެއް ހިންގައިފި ނަމަ އެ އަދަދު 3 ބިލިއަނަށް އަރާނެ ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ. 

އެ ފައިސާގެ ތެރެއިން ބައެއް ފައިސާ ރައީސް ޔާމީންގެ ގެކޮޅަށް ވެއްދި ކަމަށް، އަލްޖަޒީރާގެ ސްޓީލިން ޕެރަޑައިސްގައި ބުނެފައިވާއިރު، ދާދި ފަހުން އަދީބު ކޯޓުގައި ވިދާޅުވެފައިވަނީ ދައުލަތް ހިންގެވީ އެ މަނިކުފާނު ކަމަށާއި ރައީސް ޔާމީން އުޅުއްވީ ފައިސާ ގުނުމާއި މާރުކުރެއްވުމުގައި ކަމަށެވެ. 

އަދީބުގެ އެ ތުހްމަތު ރައީސް ޔާމީން ދޮގުކުރައްވައިފައެއް ނެތެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް