19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

ބޮލީވުޑް

ބާރަތް ގައި ސަލްމާން އާއި ކެޓްރީނާގެ ފުރަތަމަ ފެނިލުން ދައްކާލައިފި

  • އިންސްޓަގްރާމްގައި ޝެއަރ ކުރުމުން 12 ގަޑިއރު ތެރޭގައި 10 މިލިއަނަށް ވުރެ ލައިކްސް ލިބިފައިވޭ
  • މި ފޮޓޯ ޝެއަރ ކުރިނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 26 އޯގަސްޓު 2018 | އާދީއްތަ 12:09 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ


ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް -- ހިންދުސްތާނީ ޓައިމްސް

ބޮލީވުޑްގެ އެންމެ ގުޅޭ އެއް ޖޯޑު ކަމަށްވާ  ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް މިހާރު ޝޫޓް ކުރަމުންދާ ފިލްމް "ބާރަތް" ގެ ފުރަތަމަ ފެނިލުން ދައްކާލައިފިއެވެ.

މޯލްޓާގައި ޝޫޓް ކުރުމަށް ޝެޑިއުލް ކޮށްފައިވާ މި ފިލްމްގެ ޝޫޓިންތައް ނިންމާލިކަން ހާމަކޮށް ބާރަތްގެ ޕްރޮޑިއުސަރ އަލީ އައްބާސް ޒަފަރު ވަނީ މިދިޔަ ހޮނިހިރު ދުވަހު ސަލްމާން އައި ކެޓްރީނާ އެކުގައި ނަގާފައިވާ ރޮމޭންޓިކް ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއަރ ކޮށްފައެވެ.

ސަލްމާން އާއި ކެޓްރީނާ ވެސް ވަނީ މި ފޮޓޯ އެދެމީހުންގެ އިންސްޓަގްރާމްގައި ޝެއަރ ކޮށްފައެވެ.  އެ ފޮޓޯ ސަލްމާން އޭނާގެ އިންސްޓަގްރާމްގައި ޝެއަރ ކުރުމުން 12 ގަޑިއރު ތެރޭގައި ވަނީ 10 މިލިއަނަށް ވުރެ ލައިކްސް ލިބިގެން ގޮސްފައެވެ. ކެޓްރީނާ އޭނާގެ އިސްޓަގްރާމްގައި ޝެއަރކޮށްފައިވާ ފޮޓޯއަށް ނުވަ ގަޑިއިރު ތެރޭގައި 5 ލައްކައަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ.

މި ދެތަރިން އެކުގައި ލޯބިން އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިއްބާ ފެނިގެންދާ މި ފޮޓޯގައި ސަލްމާން ކަޅު ކުލައިގެ ޝެރްވާނީ އެއްގައި ހުރިއިރު އޭނާގެ މަތިމަސް ވަނީ "ދަބަންގް" ގައި ހުންނަ ގޮތަށް ހަދާފައެވެ. މި ފޮޓޯގައި ކެޓްރީނާ  ފެނިގެންދަނީ ފެހި ކުލައިގެ ދިގު ސްކާޓަކާއި ޓޮޕެއްގައެވެ. އަތުގައި ދޯޕައްޓާ އަޅުވާލާފައި އޮތް އިރު އިސްތަށިގަނޑު ފެނިގެންދަނީ ބުޅިކޮށެވެ.

 "ބާރަތް"ގެ ޝޫޓިން ތެރެއިން ނަގާފައިވާ މި ފޮޓޯ ޝެއަރ ކުރިނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ފިލްމްގެ ޝޫޓިންއަށް އަލީ އައްބާސް ޒަފަރާއި އެކު ސަލްމާން ދެހަފްތާ އެއްހާ ދުވަސް ކުރިން މޯލްޓާ އަށް ދިޔަ ނަމަވެސް މި ޓީމާއި ކެޓްރީނާ ގުޅިފައިވަނީ ފާއިތުވި ހަފްތާގައެވެ.

މި ފިލްމްގައި ތަފާތު ފަސް ލުކް އެއްގައި ސަލްމާން ފެނިގެން ދާއިރު އޭގެ ތެރޭގައި ސަލްމާގެ ޒުވާން ދުވަސްވަރާއި، 60 މަތީގެ އަހަރު ތަކުގައި ހުންނަގޮތް ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ 5 ގައި ރިލީޒް ކުރާ މި ފިލްމް "ބާރަތް" ގައި ސަލްމާން އާއި ކެޓްރީނާގެ އިތުރުން މުހިއްމު ރޯލް ތަކުގެ ފެނިގެންދާ ތަރިންގެ ތެރޭގައި ތައްބޫ އާއި ދިޝާ ޕަޓާނީ ހިމެނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް