22 ސެޕްޓެންބަރ 2018 | ހޮނިހިރު | 03 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

އޭވީސީ ސެންޓްރަލް ޒޯން

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

  • ނޭޕާލް އަތުން އީރާން ތިން ސެޓުވެސް ގެންދިޔައީ 12-25 އިން
  • ނޭޕާލް މެޗުގައި މޫސުމުގެ މައްސަލަ ދިމާވި: އިރާން ކޯޗު
  • މެޗަށް ނިކުތް އިރުވެސް އެނގޭ މި ނަތީޖާ ނިކުންނާނެކަން: ނޭޕާލް ކޯޗު
ލީވާން އަލީ | MrLeevaan

| 29 ޖެނުއަރީ 2017 | އާދީއްތަ 00:11 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  6. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި


އިރާން އަދި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން -- ޓްވިޓަރ

އެފްއައިވީބީ ވުމެންސް ވޯލްޑް ވޮލީބޯލް ޗެމްޕިއަންޝިޕް ކޮލިފިކޭޝަން 2018 ގައި  ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާނުން ކުރިހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މި މެޗުގައި އީރާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައި ވާއިރު، ފުރަތަމަ ސެޓް އެޓީމުން ގެންދިޔައީ 12-25 އިންނެވެ. ދެވަނަ ސެޓުގައި ނޭޕާލުން އެޓީމުގެ ކުޅުން ރަނގަޅުކުރި އެވެ. އެހެން ނަމަވެސް ދެވަނަ ސެޓު ވެސް ނޭޕާލްއަށް ހިފަހައްޓާނުލެވުމުން 12-25 އިން އީރާނުން ސެޓު ގެންދިޔައެވެ.

ތިން ވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައި ވާއިރު، ނޭޕާލުން ވަނީ އީރާނަށް ވަރުގަދަ ފައިޓެއް ދީފައެވެ. އެގޮތުން ތިން ވަނަ ސެޓުގައި ދެޓީމު 7-7 ގެ ނަތީޖާއިން އެއްވަރުވެފައި އޮތެވެ. އެހެން ނަމަވެސް އީރާނުން ވަނީ ނޭޕާލަށް ދޫކޮށްނުލާ މޮޅު ކުޅުމެއް ދައްކައި 12-25 އިން ސެޓު ގެންގޮސްފައެވެ.

މި މެޗުގައި ނޭޕާލްގެ ކުޅުންތެރިންގެ ފަރާތުން ވަރުގަދަ ޝޮޓްތަކެއް ފެނިގެންގޮސްފައިވާއިރު، ނޭޕާލް ޓީމުގެ ޕްރަތީބާ ވަނީ އެޓީމަށް ގިނަ ޕޮއިންޓްތަކެއް ހޯދައިދީފައެވެ. އޭނާ ވަނީ ހުކުރު ދުވަހު ރާއްޖެއާ ދެކޮޅަށް ނޭޕާލް ކުޅުނު މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން އިރާންގެ ކޯޗު ކިކިޗް ބުނީ މޫސުމުގެ މައްސަލަ އިރާން ޓީމަށް ދިމާވި ކަަމަށާއި، ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އެހެންނަމަވެސް ބައެއް ޕޮއިންޓްތައް ގެއްލުމުން އޭނާ ވަނީ އެކަމާ ކަންބޮޑުވާކަމަށްވެސް ބުނެފައެވެ.

ކިކިޗް ބުނީ އިދިކޮޅަށް ނިކުތް ނޭޕާލް ޓީމަށް ވަރަށް އިހުތިރާމްކުރާ ކަމަށާއި، އެޓީމުން ރަނގަޅަށް ކުޅެފައިވާ ކަމަށެވެ. އެގޮތުން އޭނާ ވަނީ ނޭޕާލަށް ކުރިޔަށް އޮތްތަނުގައި ރަނގަޅު ކާމިޔާބީއަށް އެދިފައެވެ. ރާއްޖެއާއެކު ކުޅެންޖެހޭ މެޗަށް އަލިއަޅުވާލަމުން ކިކިޗް ބުނި ކޮންމެ މެޗަކަށްވެސް އިރާން ނިކުންނާނީ މޮޅުވާން ކަމަށެވެ.

ނޭޕާލްގެ ކޯޗު ބުނީ މެޗަށް ނިކުތްއިރުވެސް މިފަދަ ނަތީޖާއެއް ނިކުންނާނެ ކަމަށް ހީކުރި ކަމަށާއި، މިއީ ހައިރާންވާން ޖެހޭފަދަ ނަތީޖާއެއް ނޫން ކަމަށެވެ. އޭނާ ބުނީ ނޭޕާލް ކުޅުންތެރިން ދައްކާފައިވާ ކުޅުމާމެދު އެހާ ހިތްހަމަ ނުޖެހޭ ކަމަށެވެ. އެގޮތުން ބްލޮކިން އަދި އެޓޭކިންގްގެ މައްސަލަ ދިމާވި ކަމަށް ކޯޗު ވަނީ ފާހަގަކޮށްފައެވެ.

މި މުބާރާތުގައި ނޭޕާލްވަނީ ހުކުރު ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅެފައެވެ. އެ މެޗު ނޭޕާލުން ވަނީ ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް އިރާން އަތުން ބަލިވުމާއެކު ނޭޕާލަށް ވަނީ ކޮލިފައިވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައެވެ.

މުބާރާތުގައި އާދީއްތަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ އިރާން އަދި ރާއްޖެއެވެ. ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައި ކުޅޭ މި މެޗު ފަށާނީ 16:55 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް