23 ފެބުރުއަރީ 2019 | ހޮނިހިރު | 10 ހިޔަވިހާ
18 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ބޮލީވުޑް

ލެކްމޭ ފެޝަން ވީކް 2018 ގައި ހުޝީ އާއި ޖާންވީ އެކުގައި!

  • މި ދެބެން ފެނިގެން ގޮސްފައިވަނީ ޑިޒައިނަރ ކުނާލް ރާވަލް ގެ ހެދުމުގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 26 އޯގަސްޓު 2018 | އާދީއްތަ 11:16 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  6. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި
  7. މަންތާ އެއަރއަށް އުދުހުމުގެ ހުއްދަ ދީފި
  8. އިމިގްރޭޝަންގެ އިސް ދެ ބޭފުޅަކު ސަސްޕެންޑް ކޮށްފި


ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރު -- އިންޑިއާ ޓައިމްސް

މިހާރު ކުރިއަށްދާ "ލަކްމޭ ފެޝަން ވީކް 2018" ގައި ސްރީ ދޭވީގެ ދެ ދަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރު އެކުގައި ފެނިގެން ގޮސްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު މި ދެބެން ރޭމްޕް ވާކްގައި ފެނިގެން ގޮސްފައިވަނީ ޑިޒައިނަރ ކުނާލް ރާވަލް ގެ ހެދުމުގައެވެ. ޖާންވީ ފެނިގެން ގޮސްފައިވަނީ ކަޅުކުލައިގެ ކުރު ސްކާޓަކާއި ހުދު  ކުލައިގެ ގަމީހެއްގެ ބޭރުން ކަޅު ޖެކެޓެއް ލާފައި ހުއްޓައެވެ. ހުޝީ ފެނިގެން ގޮސްފައިވަނީ ފްލޯރަލް ހެދުމެއްގައެވެ. މި ޝޯގައި ޖާންވީ އާއި ހުޝީގެ ބޭބެ އަރުޖުން ކަޕޫރު ވެސް ވަނީ ފެނިގެން ގޮސްފައެވެ.

މި އިވެންޓްގައި ޖާންވީއާ އެކު "ދަޅަކް" އިން ފެނިގެން ދިޔަ އިޝާން ޚައްތަރު އާއި ފިލްމްގެ ޑައިރެކްޓަރ ޝަޝާންކް ކެއިތަން ވެސް ވަނީ ފެނިގެން ގޮސްފައެވެ.

މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރ ކަރަން ޖޯހަރާއި ވަރުން ދަވަން ވެސް ވަނީ ޑިޒައިނާ ކުނާލް ގެ ހެދުމެއްގައި ފެނިގެން ގޮސްފައެވެ. އިތުރަށް މިޝޯއިން ފެނިގެންދިޔަ މަޝްހޫރު ބޮލީވުޑް ތަރިންގެ ތެރޭގައި ދިއާ މިރްޒާ، ރާޖް ކުމާރު ރާއޯ، ބިޕާޝާ ބާސޫ، ޝްރުތީ ހަސަން، ޝްރިޔާ ސަރަން، ނެހާ ދޫޕިއާ އާއި ފިރިމީހާ އަންގަދް ބޭދީ، މަލައިކާ އަރޯރާ އަދި ކާޖޮލް އަގަރްވާލް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް