22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ސެނެޓަރ ޖޯން މެކޭން

އެމެރިކާގެ މަޝްހޫރު ސެނެޓަރ، ޖޯން މެކެއިން އަވަހާރަވެއްޖެ

  • ޖޯން މެކެއިން އަވަހާރަވެފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައި
  • މެކެއިންވަނީ އެމެރިކާގެ ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި
އައިޝަތު ޝާނީ | Shaaknee

| 26 އޯގަސްޓު 2018 | އާދީއްތަ 07:43 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. އަލިދީގެ ތާއީދު އިބޫއަށް!
  8. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!


ޖޯން މެކެއިން -- ގެޓީ އިމޭޖާސް

ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދެވި، އެމެރިކާގެ މަޝްހޫރު ސެނެޓަރ، ޖޯން މެކެއިން އަވަހާރަވެއްޖެއެވެ.

81 އަހަރުފުޅުގެ މަކެއިން އާދިއްތަ ދުވަހުގެ ވަގުތެއްގައި އަވަހާރަވެފައިވާކަން މެކެއިންގެ އޮފީހުން ހާމަކޮށްފައިވާއިރު، އެމަނިކުފާނު އިތުރު ފަރުވާއަށް އިންކާރު ކުރެއްވިކަން އާއިލާއިން ހުކުރު ދުވަހު އާންމުކޮށްފައިވާ ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ.

އަވަހާރަވި ވަގުތު އެމަނިކުފާނާ އެކު އަނބިކަނބަލުންނާއި އާއިލާގެ ފަރާތްތައް ތިއްބެވިއެވެ.

މެކެއިންއަށް ސިކުނޑީގެ ކެންސަރު ޖެހިވަޑައިގެންފައިވާކަމަށާއި ފަރުވާ ހޯއްދަވަމުން ގެންދަވާކަން އެމަނިކުފާނުގެ އޮފީހުން ފުރަތަމަ ހާމަކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ކެންސަރު ޖެހިފައިވާކަން އެނގިފައިވަނީ އެމަނިކުފާނުގެ ލޮލުގެ އެތެރޭގައި އުފެދުނު ގަނޑު ލޭ ކޮޅެއް ނެގުމުގެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ވިއެޓްނާމް ހަނގުރާމާގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ މެކެއިންވަނީ ހަނގުރާމައިގެ އަސީރެއްގެ ގޮތުގައި ފަސްއަރަށްވުރެ ގިނަ ދުވަހު ޖަލުގައި ހޭދަ ކުރައްވާފައެވެ. އަދި ސެނެޓަރެއްގެ ގޮތުގައި ހަ ދައުރު ހަމަކުރައްވާފައިވާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މެކެއިން ވަނީ ދެ ފަހަރުގެ މަތިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައެވެ.

2017 ވަނަ އަހަރުގެ މާޗް މަހު މެކެއިންވަނީ ކުރީގެ ރައީސް، މުހައްމަދު ނަޝީދާ ބައްދަލުކުރައްވާ ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް