22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

އިމްޕޯޓް ޑިއުޓީ

އިތުރު އުފެއްދުންތަކުން ޑިއުޓީ ނަގަން ފެށުމާއެކު ޗައިނާ އިން އެމެރިކާއަށް އިންޒާރެއް!

  • ޗައިނާގެ ހުރިހާ މުދަލަކުން ޑިއުޓީ ނަގަން ފަށާނެ ކަމުގެ އިންޒާރު ވެސް އެމެރިކާ އިން ވަނީ ޗައިނާ އަށް ދީފައި
ސިމާހާ ނަސީމް | sim_kamana

| 25 އޯގަސްޓު 2018 | ހޮނިހިރު 19:36 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  7. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޗައިނާގެ ބަދަރެއްގައި ބަހައްޓާފައި ހުރި ކޮންޓެއިނަރުތަކެއް -- ގެޓީ އިމޭޖާސް

23 އޮގަސްޓްގައި ޗައިނާގެ އިތުރު އުފެއްދުންތަކުން އިމްޕޯޓް ޑިއުޓީ ނަގަން ފެށުމާއެކު ޗައިނާ އިން އެމެރިކާއަށް އިންޒާރު ދީފިއެވެ.

ޗައިނާ އިން ބުނެފައިވަނީ އެމެރިކާ އިން އިމްޕޯޓް ޑިއުޓީ ނަގާނަމަ، އެއާ އެއްވަރުގެ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޗައިނާގެ އިތުރު 16 ބިލިއަން ޑޮލަރުގެ މުދަލުން އެމެރިކާއިން ޑިއުޓީ ނަގަން އެމެރިކާ އިން ފަށާފައިވާއިރު ޑިއުޓީ ނަގަން ފެށި މުދަލުގެ ތެރޭގައި މޮޓޯ ސައިކަލުވެސް ހިމެނެއެވެ.

ޖުލައި މަހުގެ ތެރޭގައި އެމެރިކާ އިން ވަނީ ޗައިނާގެ 34 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ނަގަން ފަށާފައެވެ. އަދި ދެވަނަ ބުރުގައި ޑިއުޓީ ނަގަން ފެށި މުދަލާއެކު މިހާރު ޗައިނާގެ 50 ބިލިއަން ޑޮލަރުގެ މުދަލުން 25 އިންސައްތައިގެ މުދަލުން އެމެރިކާ އިން ދަނީ ޑިއުޓީ ނަގަމުންނެވެ. އެމެރިކާގެ ފިޔަވަޅުތަކާއެކު ޗައިނާ އިން ވެސް ވަނީ އެމެރިކާގެ 50 ބިލިއަން ޑޮލަރުގެ މުދަލުން 25 އިންސައްތައިގެ ޑިއުޓީ ނަގަމުންނެވެ.

ޗައިނާގެ އިތުރު މުދަލުން ޑިއުޓީ ނަގަން ފަށާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފައިވާއިރު މިފަހަރު 200 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ނަގާނެ ކަމަށް އެމެރިކާ އިން ބުނެއެވެ.

ޗައިނާގެ ހުރިހާ މުދަލަކުން ޑިއުޓީ ނަގަން ފަށާނެ ކަމުގެ އިންޒާރު ވެސް އެމެރިކާ އިން ވަނީ ޗައިނާ އަށް ދީފައެވެ.

މި މައްސަލަ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް މައްސަލަ ހުށަހަޅާނެ ކަމަށް ޗައިނާ އިން ވަނީ  ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް