23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އޮސްޓްރޭލިއާގެ ބޮޑުވަޒީރު

ޕާޓީގެ އެތެރޭގެ ކޯޅުމެއްގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު މަގާމުން ދުރުވެއްޖެ

  • ޕާޓީގެ އެތެރޭގައި ހުޅުކޮޅު ރޯވީ ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތް ޓާންބުލް ހުއްޓާލުމަށް ނިންމުމާއި ގުޅިގެން
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 25 އޯގަސްޓު 2018 | ހޮނިހިރު 19:10 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ޓާންބުލް އަކީ ޕާޓީގެ އެތެރޭގެ ކޯޅުންގަނޑުގައި މަގާމުން ދުރުކުރި އޮސްޓްރޭލިއާގެ ހަތަރު ވަނަ ބޮޑު ވަޒީރު -- އޭއެފްޕީ

އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކޮމް ޓާންބުލްއާއި ޕާޓީގެ ގާނޫނު ހަދާ މަޖްލީހުގެ މެމްބަރުންގެ ދެމެދުގައިހިނގި ކޯޅުމެއްގައި ބޮޑުވަޒީރު އޭނާގެ މަގާމުން އަމިއްލައަށް ދުރުވެއްޖެއެވެ.

ބޮޑުވަޒީރުގެ މަގާމުން ދުރުވާން ޓާންބުލް ނިންމެވީ ތިމާވެށި ރައްކާތެރިކުރުމަށް ރާވައިފައިވާ މަސައްކަތް ހުއްޓާލުމަށް ނިންމުމާއެކު އޭނާއަށް ސަޕޯޓުކުރާ ގިނަ ބައެއްގެ ތާއީދު އަނބުރާ ގެންދިއުމުންނެވެ. އަދި އޭނާގެ ޕާޓީ ހިމެނޭގޮތަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން، އޭނާ ބޮޑުވަޒީރުކަމުން ދުރުކުރަން ޖެހޭކަމަށް ބުނަމުން ދިއުމުންނެވެ.

ޕާޓީގެ ބައެއް މެންބަރުން ބާރު އަޅައިގެން ބޮޑުވަޒީރު ހޮވުމަށް ބޭއްވި ލީޑަޝިޕް ވޯޓްގައި ބޮޑުވަޒީރު ޓާންބުލް ވަނީ ބައިވެރި ނުވާން ނިންމަވާފައެވެ. އަދި އެ ވޯޓު ޓްރެޝަރާގެ މަގާމުގައި ހުންނެވި ސްކޮޓް މޮރިސަން ވަނީ ކާމިޔާބު ކުރައްވާފަ އެވެ. ބޮޑު ވަޒީރު ކަމަށް ދެން ވަޑައިގަންނަވާނީ އޭނާ އެވެ. ލީޑަރޝިޕް ވޯޓު ނަގާފައި ވަނީ ޕާޓީގެ ޕާލަމެންޓް މެންބަރުންގެ އަޣުލަބިއްޔަތުން އެކަމަށް އެދުމުންނެވެ.

ބޮޑުވަޒީރުގެ މަގާމަށް މޮރިސަންއާ ވާދަކުރެއްވީ ކުރީގެ ހޯމް އެފެއާޒް މިނިސްޓަރު ޕީޓާ ޑަޓޮންއާއެވެ. އެ ވޯޓު މޮރިސަން ކާމިޔާބު ކުރެއްވީ 45-40 ވޯޓުންނެވެ. ލީޑަރޝިޕް ވޯޓުގައި ފޮރިން މިނިސްޓަރު ޖޫލީ ބިޝޮޕް ވެސް ވާދަކުރެއްވި އެވެ. ނަމަވެސް ފަހު ބުރަށް އޭނާ ނުހޮވެއެވެ.

ޓާންބުލް އަކީ ޕާޓީގެ އެތެރޭގެ ކޯޅުންގަނޑުގައި މަގާމުން ދުރުކުރި އޮސްޓްރޭލިއާގެ ހަތަރު ވަނަ ބޮޑު ވަޒީރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް