13 ޑިސެންބަރު 2018 | ބުރާސްފަތި | 05 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

ރިޔާސީ އިންތިހާބު 2018

ޖަޒުބާތުގައި ޖެހިގެން ރާއްޖެ ހިފަން ނުގޮވޭނެ، މިނިވަންކަމަށް އަަސަރުކުރާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނަން: އިބޫ

  • ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާނެ އެއްވެސް ކަމެއް ކުރުމަށް ފުރުސަތު ނުދޭނަން
  • އިންތިހާބު އޮޅުވާލުމަށް ރައީސް ޔާމީން އަދި އީސީއިން މަސައްކަތްކުރޭ
  • އިބޫގެ ރަނިންގމޭޓް ފައިސަލް ވެސް ވަނީ އެކަން ކުށްވެރިކުރައްވާފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 25 އޯގަސްޓު 2018 | ހޮނިހިރު 15:50 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  8. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން


ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) -- ފޮޓޯ: މުހައްމަދު ޝަރުހާން

ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފިނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭ ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖލީހުގެ މަތިގޭގެ މެމްބަރު ސުބްރަމާނިއަން ސްވާމީ ގޮވާލެއްވި ގޮވާލެއްވުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ. 

ހޮނިހިރު ދުވަހު އިބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ހިފުމަށް ސުބްރަމާނިއަން ގޮވާލެއްވި ގޮވާލެއްވުމަށް އެންމެ ހަރުކަށި އިބާރާތުން ދެކޮޅު ހައްދަވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނާއި ރައީސް ޔާމީންއަކީ މިހާރުވެސް އިންތިހާބު އޮޅުވާލުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކެއް ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ. އެފަދަ ކަންތައްތަކަށް ބަސް ބުނަން ޖެހޭނީ ބައިނަލްއަގްވާމީ މިންގަނޑުން ކަނޑައެޅިފައިވާ ފްރޭމްވަރކެއްގެ ދަށުން ކަމަށާއި ޖަޒުބާތުގައި ޖެހިގެން ބުނާ ބަސްތަކަކުން ނޫން ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ރާއްޖޭގެ މިނިވަންކަމަކީ އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭންޖެހޭ ކަންތައްކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ.

އިންތިހާބުގެ ނަތީޖާ އޮޅުވާލައިފިނަމަ ރާއްޖެ ހިފަން ޖެހޭ ކަމަށް ސުބްރަމާނިއަން ވިދާޅުވި ވިދާޅުވުން އިބޫގެ ރަނިންގމޭޓް ފައިސަލް ނަސީމްވެސް ވަނީ ކުށްވެރިކުރައްވާފައެވެ. އެގޮތުން ފައިސަލް ވިދާޅުވީ އެެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި އެކަމާއި ފާޅުގައި ދެކޮޅު ހައްދަވާ ކަމަށެވެ. އިންޑިއާ ދެމިއޮންނާނީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ކަމަށާއި އެގުޅުމަށް ލޮޅުމެއް އަންނާނެ އެއްވެސް ކަމެއް އިންޑިއާއިން ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. 

ސުބްރަމާނިއަންގެ މިގޮވާލުމަކީ އިންޑިއާ ސަރުކާރުގެ ބަސް ކަމުގައި ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރި ނަމަވެސް މިއީ އޭނާ ފަރުދީ ގޮތުން ގޮވާލެއްވި ގޮވާލެއްވުމެކެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ސުބްރަމާނިއަންއަށް ފާޑުކިޔަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް