17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ރިޔާސީ އިންތިޚާބު 2018

ރ. މަޑުއްވަރީން އިބޫއަށް އާދަޔާ ޚިލާފު ހޫނު މަރުހަބާއެއް!

  • މަރުހަބާ ކިޔާފައި ވަނީ ކަނޑުމަތިން
  • މަރުޚަބާ ކިޔާފައިވަނީ ލޯންޗުތަކެއް
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 25 އޯގަސްޓު 2018 | ހޮނިހިރު 14:47 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


އިބޫއަށް މަރުހަބާ ކިޔުމަށް މަޑުއްވަރީ ޒުވާނުން ކަނޑަށް ނުކުންނަނީ -- ރާއްޖެއެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މަޑުއްވަރީއަށް ވަޑައިގަތުމުން އާދަޔާ ޚިލާފު ހޫނު މަރުހަބާއެއް އެ ރަށުގެ ރައްޔިތުން ކިޔައިފިއެވެ.

ރިޔާސީ އިންތިހާބަށް ކުރައްވަމުން ގެންދަވާ ކެމްޕޭންގެ ތެރެއިން ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. މަޑުއްވަރީއަށް އިބޫ ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ މެންދުރުފަހުއެވެ.

ހޮނިހިރު ދުވަހު ރ. ރަސްމާދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު، މަޑުއްވަރީއަށް ވަޑައިގަތުމަށް އިބޫ ދަތުރުފުޅު ފެއްޓެވުމާ އެކު ފުރަތަމަ މަރުހަބާ ކިޔާފައި ވަނީ ކަނޑުމަތިންނެވެ.

އެގޮތުން މަޑުއްވަރީގެ ޒުވާނުންނާއި ރައްޔިތުންގެ ގިނަ ބަޔަކު ވަނީ އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ދިދައާ ކުލަތައް ހިމެނޭ ފޮތިތައް ދަމާފައިވާ ގިނަ އުޅަނދުތަކެއްގައި އައިސް އިބޫ ދަތުރު ކުރެއްވި ލޯންޗު ވަށާލައި އެރަށުގައި އިބޫއަށް އޮތް ތާއީދު ދައްކާލާފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އިއްތިހާދު ކެންޑިޑޭޓާއި ރަނިންގމޭޓަށް ތަފާތު ގޮތް ގޮތަށް މަރުޚަބާ ކިޔުމުގެ މަންޒަރުތައް ފެންނަމުންދާއިރު، މިއީ މިފަދަ ގޮތަކަށް ކަނޑުމަތިން މިފަދަ ހޫނު މަރުޚަބާއެއް ކީ ފުރަތަމަ ފަހަރެވެ.

މަޑުއްވަރީގެ އިތުރުން އިބޫ ދުވާފަރަށް ވަޑައިގަތުމުން ވެސް ވަނީ ތަފާތު ގޮތަކަށް މަރުހަބާ ދެންނެވުމުގެ ކަންކަން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އިބޫ ރ. ދުވާފަރަށް ވަޑައިގެންނެވީ މަސް ދޯންޏެއްގައެވެ.

އިބޫ މަސްދޯންޏަށް އަރާވަޑައިގެންނެވީ އެ އަތޮޅު ކިނޮޅަހަށް ވަޑައިގެންނެވި މަގުމަތީގައެވެ. ކަނޑުމަތިން އެހެން މަސްދޯނިތަކުގައި ވެސް ވަނީ އިބޫއަށް ދުވާފަރުގެ ރައްޔިތުން މަރުހަބާ ކިޔާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް