25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ބޮލީވުޑް

ނެހާ ދޫޕިއާ ބަލިވެއިންކަން ޔަގީންކޮށްދީފި

  • ބަލިވެ އިންކަން ނެހާ އާއި ފިރމީހާ ވަނީ ޔަގީންކޮށްދީފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 25 އޯގަސްޓު 2018 | ހޮނިހިރު 11:46 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


ނެހާ ދޫޕިއާ އާއި ފިރިމީހާ އަންގަދް ބޭދީ -- އިންޑިއަން އެކްސްޕްރެސް

ކުރީގެ މިސް އިންޑިއާ އަދި ބޮލީވުޑްގެ ތަރި ނެހާ ދޫޕިއާ ބަލިވެއިންކަން އޭނާގެ ފިރިމީހާ އަންގަދް ބޭދީ ޔަގީންކޮށްދީފިއެވެ.

ނެހާ ބަލިވެ އިން ކަމަށް މީޑިއާގައި އަޑުފެތުރިފައިވާތާ ދުވަސްތަކެއް ވެފައި ވަނިކޮށް އަންގަދް އޭނާގެ އަންހެނުން ނެހާއާ އެކު ނަގާފައިވާ ފޮޓޯއެއް ޝެއަރކޮށް ކޮށްފައިވާ ޓްވީޓެއްގައި ވަނީ މީޑިއާގައި ދެކެވެމުންދާ ވާހައަކީ ހަގީގަތެއް ކަމަށާއި އޭނާގެ އަންހެނުން އިނނީ ބަލިވެ ކަމަށެވެ.

ނެހާ ވެސް ވަނީ އޭނާ ބަލިވެ އިންކަން ހާމަކޮށް އެ ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯތަކެއް ޝެއަރކޮށްފައެވެ.

މި ދެ މީހުން އެކުގައި ނަގަފައިވާ ފޮޓޯތަކުގައި ކަޅުކުލައިގެ ހެދުމެއްގައި ނެހާ ހުރިއިރު އެ ފޮޓޯތަކުން ނެހާގެ ބަނޑު ހުރީ ފާޅުވާން ފަށާފައެވެ.

ނެހާ އާއި އަންގަދް ކައިވެނި ކޮށްފައިވަނީ މި އަހަރުގެ މެއި މަހުއެވެ. އިންޑިއާގެ ސަގާފަތާއި އެއްގޮތަށް ކޮށްފައިވާ މި ކައިވެނީގެ ހަފްލާގައި ބައިވެރިވެފައި ވަނީ ދެ ފަރާތުގެ އާއިލާ އާއި ގާތް އެކުވެރިންނެވެ.

މި ދެ މީހުން ކައިވެނި ކުރި ފޮޓޯތައް އިންސްޓަގްރާމްގައި ޝެއަރކުރުމުން ފޭނުންނަށް މި ދެ މީހުންގެ ކައިވެނި ވެގެންގޮސްފައި ވަނީ ސަޕްރައިޒަކަށެވެ.

ނެހާ ބަލިވެއިން ކަމަށް މީގެ ކުރިން އަޑުފެތުރުމުން އެކަމާ ގުޅޭ ގޮތުން ކުރިން އަންގަދް ބުނެފައި ވަނީ ދަރިފުޅަކު ހޯދަން އުޅޭ ނަމަ އެންމެނަށް އެކަން އަންގާނެ ކަމަށެވެ. އަދި އޭރު އެ މީހުންގެ މިސްރާބް ހުރީ މަސައްކަތަށާއި އެހެނިހެން ކަން ކަމަށް އަންގަދް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް