19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ރިޔާސީ އިންތިޚާބު 2018

ރައީސް ޔާމިން ވަނީ ތަރައްގީގެ ނަމުގައި ރައްޔިތުން އަޅުވެތިކޮށްފައި: މެންބަރު އަމީތު

  • ފަސް އަހަރުގެ ވެރިކަން ނިމިގެންދާއިރު ދައުލަތުގެ ދަރަނި 47 ބިލިއަން ރުފިޔާއަށް މިހާރު ވަނީ އަރާފައި
  • ތަރައްގީގެ ނަމުގައި ދިވެހިންނަށް އޮޅުވާލުމަށް މިސަރުކާރުން ކިތަންމެ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ
އަމްނާ އިމާދު | @amnabinthimad

| 25 އޯގަސްޓު 2018 | ހޮނިހިރު 11:20 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ރައީސް ޔާމީންގެ އެކައުންޓަށް ވަދެވަފައިވާ 1 މިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފަ: އަދީބު


ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު -- ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވަނީ ތަރައްގީގެ ނަމުގައި ދިވެހި ރައްޔިތުން އަޅުވެތިކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރ. ދުވާފަރުގައި ހުކުރު ދުވަހުގެރޭ ބާއްވާ ޖަލްސާގައި މެންބަރު އަމީތު ވިދާޅުވީ ރައީސް ޔާމިންގެ ފަސް އަހަރުގެ ވެރިކަން ނިމިގެންދާއިރު ދައުލަތުގެ ދަރަނި 47 ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި، އެއީ ލަދުވެތި ކަމެއް ކަމަށެވެ. އަމީތު ވިދާޅުވީ ކޮންމެ ރައްޔިތެއްގެ ބޮލަށް އެއްލައްކަ ފަންސާސްހާސް ރުފިޔާ ދަރަނިވެރި ކޮށްފައިވާއިރު އެއަށް ތަރައްގީ ނުކިޔޭނެ ކަމަށެވެ.

އަމީތު ވިދާޅުވީ ތަރައްގީގެ ނަމުގައި ދިވެހިންނަށް އޮޅުވާލުމަށް މިސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އޭނަ ވިދާޅުވީ މިސަރުކާރުން މިފަސް އަހަރު ދުވަހު ތަރައްގީގެ ނަމުގައި ރައްޔިތުން އަޅުވެތިކޮށްފައިވާ ކަމަށާއި، މިއަޅުވެތިކުރުން ދިވެހިން ބަލައި ނުގަންނާނެ ކަމަށެވެ.

އެހެންކަމުން ސެޕްޓެންބަރު 23 ވަނަ ދުވަހު ދިވެހިން ނުކުމެ މިއަޅުވެތިކަމުން ސަލާމަތްވުމަށް ރައީސް ޔާމިންއާ ދެކޮޅަށް ވޯޓުދޭން ޖެހޭ ކަމަށާއި، މިއީ ރާއްޖެ މިނިވަން ކުރުމަށް ލިބޭ އަގު ބޮޑު ފުރުސަތެއް ކަމަށް އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ރައީސް ޔާމިން ގެންނެވި ތަރައްގީގެ ސަބަބުން އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރާ ބޭފުޅުން ކުއްލިއަކަށް މުއްސަންދިވި ނަމަވެސް އާދައިގެ ރައްޔިތު މީހާ ނިކަމެތިވާ ކަމަށެވެ. އަދި ރައްޔިތުން ނިކަމެތިވާ ތަރައްގީ ބޭނުންނުވާ ކަމަށް އޭނަ ވިދާޅުވިއެވެ.

"ތަރައްގީއަކީ އިންސާނާއަށް އަންނަ ބަދަލެއް. ރަށެއްގައި ހެލްތު ސެންޓަރެއް އަޅާފަ ޖެހިގެން އަންނަ ދުވަހު ބޭސް ސިޓީ ހިފައިގެން ޖެހިގެން އަންނަ ދުވަހު ފާތުމަތު އިބްރާހިމްގެ އޮފީހަށް ވަންނަން ޖެހުނީމަ އެ މިއަންނަނީއެއް ތަރައްގީއެއް ނޫން، އެއީ އަޅުވެތިކަން އެނގޭތޯ،" އަމީތު ވިދާޅުވިއެވެ.

ސިއްހީ ޚިދުމަތް ދިނުމަށް ސަރުކާރުން ގާއިމްކޮށްފައި ހުރި 25 ފަންގިފިލާގެ ހޮސްޕިޓަލަށް އިޝާރާތް ކުރައްވައި އަމީތު ވިދާޅުވީ ގައުމު ދަރުވައިގެން ނުއަގުން އަޅާ އިމާރާތަކީ ތަރައްގީ ނޫން ކަމަށެވެ. އަދި އިމާރާތް އެޅުމަށް ފަހު ސަތޭލަ މިލިއަން ޑޮލަރު ޖީބަށް ލުމުން އެއަށް ވެސް ތަރައްގީއޭ ނުކިޔާނެ ކަމަށް އޭނަ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް