13 ޑިސެންބަރު 2018 | ބުރާސްފަތި | 04 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

ބޮލީވުޑް

ކެރެލާގައި ހާލުގައި ޖެހިވާ މީހުންނަށް ސަނީ ލިއޯނީ އެހީވެއްޖެ

  • ސަނީ ވަނީ 1200 ކިލޯގްރާމްގެ ކެއުމަށް ބޭނުންކުރާ ސާމާނު ހަދިޔާ ކޮށްފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 25 އޯގަސްޓު 2018 | ހޮނިހިރު 10:44 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  6. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  7. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
  8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި


ސަނީ ލިއޯނީ -- ގޫގުލް

ކެރެލާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ބޮލީވުޑްގެ ތަރި ސަނީ ލިއޯނީ ކެއުމަށް ބޭނުންކުރާ ސާމާނު ފޯރުކޮށްދީފިއެވެ.

ސަނީ އާއި އޭނާގެ ފިރިމީހާ ޑެނިއަލް ވެބާ ވަނީ 1200 ކިލޯގްރާމްގެ ކެއުމަށް ބޭނުންކުރާ ސާމާނު ހަދިޔާ ކޮށްފައެވެ.

ސަނީ އޭނާގެ އިސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓްގައި ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެ ދެ މީހުންގެ ފަރާތުން ކެއުމަށް ބޭނުންކުރާ ހަނޑުލާއި މުގު ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި މިއީ މަދު އެތިކޮޅެއް ކަމަށާއި މި އަށް ވުރެ  ބޮޑު އެހީއެއް ފޯރުކޮށްދޭން ބޭނުންވާ ކަމަށް ސަނީ ވަނީ ބުނެފައެވެ.

ސަނީ ވަނީ މި ޚާއްސަ ފަންޑްރައިޒިން އިވެންޓް ރޭވި ފަރާތްތައް ކަމަށްވާ ޕްރަތީކް ބައްބަރު އަދި ސިދާތު ކަޕޫރަށް ޝުކުރު އަދާ ކޮށްފައެވެ.

ސަނީގެ އިތުރުން ވެސް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ކެރެލާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ފައިސާ އާއި، ކާބޯތަކެއްޗާއި، ބޭހާއި އަންނައުނު ފަދަ ތަކެތި ހަދިޔާ ކޮށްފައެވެ.

ބޮލީވުޑް ފަންނާނުންގެ ތެރެއިން އަމީތާބް ބައްޗަން ވަނީ 51 ލައްކަ އިންޑިއަން ރުޕީސް އާއި ގިނަ އަދެއްދެއްގެ އަންނައުނާއި ބޫޓު ހަދިޔާ ކޮށްފައެވެ.

އަނުޝްކާ ޝަރްމާ އާއި އޭނާގެ ފިރިމީހާ ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ ވެސް ވަނީ ކާބޯ ތަކެއްޗައި ބޭސް ހަދިޔާ ކޮށްފައެވެ. 

ޝާހުރުކް ޚާން، ސުޝާންތު ސިންގް ރާޖްޕޫތު، ރިތިކް ރޯޝަންގެ އިތުރުން ވެސް ގިނަ ތަރިންތަކެއް ވަނީ ކެރެލާގައި ހާލުގައި ޖެހިފައިވާ މީހުނަށް އެހީވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް