22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

އިބްތިހާލް

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

  • އިހުމާލްވިކަމަށް ބުނެ ދައުވާ ކުރަން ފޮނުވީ ދެއަހަރުވާން ކައިރިވިފަހުން
  • އެފަދަ އިތުރު ހާދިސާއެއް ހިނގިޔަ ނުދިނުމަށް އެޅި ފިޔަވަޅުތަކާމެދު ސުވާލު އުފެދޭ
އަހުމަދު މުހުސިނު | dhonbandaara

| 28 ޖެނުއަރީ 2017 | ހޮނިހިރު 22:02 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  5. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  6. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  7. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ
  8. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު


މަންމަގެ އަނިޔާތަކުން މަރުވި އިބްތިހާލް -- ފޭސްބުކް

އެއީ މީގެ ދެއަހަރު ކުރިއެވެ. މުޅި ރާއްޖެ ސިއްސުވާލީ ތުއްތު ތުއްތު ކުއްޖަކު އޭނާގެ އުފަން މަންމަގެ އަނިޔާތަކަށް ކެތްނުވެގެން މިދުނިޔެ ދޫކުރި ޚަބަރުންނެވެ. މަންމަގެ ރަހުމް ކުޑަ އަނިޔާތަކުން ކުޑަ ދަރިފުޅު މަރުވެގެން ދިޔައީތީއެވެ.  އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރުވެފައި އޮތްއިރު އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ހުރީ އަނިޔާތައް ފެންނާށެވެ. ލާއިންސާނީ އަނިޔާތަކެވެ.

މިއަޑު އެހި ކޮންމެ މީހަކަށްވެސް  ބޭއިޚްތިޔާރުގައި ފެންކަޅިވެވުނެވެ. ތިމާގެ ދަރިއަށް އެފަދަ އަނިޔާއެއް ލިބުނު ކަމުގެ އިހްސާސް ކުރެވުނެވެ. އެފަކީރަށް ކޮށްފައިވާ އަނިޔާތަކުގެ ވާހަކަ އެނގުނުއެނގުނުހެން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އިންސާނިއްޔަތު ކަމެއް ނެތް މަންމަގެ އެއަމަލާމެދު ދަތްކުނޑި ވިކައިގަނެވުނެވެ.

ހީވީ އެހެން ފަދަ ކަމެއް ހެންނެވެ. ރަށުގެ މީހުން އެވާހަކަ ދައްކަން ފެށިއެވެ. ކުއްޖާގެ މަންމަ ކުށްވެރިކޮށް ކައުންސިލުންވެސް ބަސްކިޔާން ފެށިއެވެ. ޢާއްމު ރައްޔިތުންގެ ނަފްރަތު އިންތިހާއަށެވެ. އަމިއްލަ ޖަމްއިއްޔާތަކުންނާއި ގުރޫޕްތަކުން އެއަމަލު ކުށްވެރިކޮށް ބަޔާންތައް އޮއްސަން ފެށިއެވެ. ހިނގާލުންތަކާއި ޚިޔާލުފާޅުކުރުންތައްވެސް މަދެއްކަ ބައިވަރެއް ނޫނެވެ. ސަރުކާރުގެ މުއްއަސަސާތައްް ހިންގާލިއެވެ. ތަހުގީގުފެށިއެވެ.

ކޮނުކޮނުވަރަކުން ފަސްގިނަވާން ފެށިއެވެ. ކުއްޖާއަށް އަނިޔާ ލިބުނީ އެދުވަހު އެކަނި ނޫން ކަމެވެ. އެކުއްޖާގެ މަންމަ އެކުއްޖާއަށް އަނިޔާ ދެމުންދިޔަ ކިތަންމެ ދުވަހެއް ރަށު މީހުންނަށްވެސް އެނގެއެވެ. ގެއިން ބޭރުން އެކުއްޖާ ނުފެންނަކަން ރޭކާލީވެސް ދެނެވެ. ކައުންސިލަށް ގެންދެވުނު ކަމާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާ ޖެންޑަރ މިނިސްޓްރީއަށް ވެސް އެންގުނު ކަމެވެ. ނުވެ އޮތީ އެކަމަކުވެސް އެންމެ ކަމެކެވެ. އެކުއްޖާއަށް އެއަނިޔާތަކަށް ކެތްނުވެގެން މިދުނިޔެ ދޫކުރުމުގެ ސަލާމަތް ނުކުރެވުމެވެ. ރަށުމީހުންނަށްވެސް އަޅާލަން ނޭނގުމެވެ. މިނިސްޓްރީންވެސް އެކުއްޖާއަށް ހިމާޔަތް ނުދެވުމެވެ.

މިއަދު މީ އެ ހާދިސާއަށް ބަރާބަރު ދެ އަހަރު ފުރުނު ދުވަހެވެ. ދަރިފުޅުގެ މަންމަ ޖަލަށް ލެވުނެވެ. ތަހުގީގް ކުރިއަށްގޮސް ޝަރީއަތްވެސް ފެށިއެވެ. މަންމަގެ ފުށުން އެނގުނު ކަންކަމަށް ބަލާއިރު އިބްތިހާލްގެ އާއިލާގެ ބައެއް އެހެން މީހުން ވެސް ސަހަލެއް ނޫނެވެ. މައްސަލަ ފެށެނީ އެހާހިސާބުންކަން އެނގުމުންނެވެ. ބައްޕައެއް ނެތި އެދަރިފުޅު އުފަންވިއިރު، ދަރިފުޅަށް އެހާބޮޑު ނަފްރަތެއް ކުރީ އެކަމުގެ ސަބަބުން ކަމަށް ބުނެ އެވެ. 

އެހާދިސާއަށް ދެއަހަރު ވެގެން ދިޔައިރުވެސް ކަންކަން ހުރި ގޮތަށް ބަލާލަންޖެހެ އެވެ. އިންސާފެއް ނުލިބެ އެވެ. އިހުމާލުވި މީހުން އަދިވެސް އެގޮތުގައި ތިބީތީއެވެ. އިހުމާލްވި ޖެންޑަ މިނިސްޓްރީގެ މުވައްޒަފުންނާއި އެދުވަސްވަރު ވ. އަތޮޅުގައި ހުންނެވި ފުލުހުންގެ ކޮމާންޑަރުގެ މައްސަލައިގައި ދައުވާ ކުރަންވެސް އެފޮނުވީ ދާދި މިދާކަށް ދުވަހުއެވެ. އިތުރު ބަޔާނެއް ނަގަން ހިއުމަން ރައިޓްސް ކޮމިޝަނަށް އެމީހުން ހާޒިރުވާން އެންގީ ދެއަހަރުވާން ކައިރިވި ފަހުންނެވެ. މިކަންކަމަށް ބަލާއިރު ތަހުގީގު ބާރަށޭ ބުނެވޭނެ އެއްވެސް ދުލެއް ހުންނާނެ ހެނެއް ހިއެއް ނުވެއެވެ. ޝަރީއަތް ދިގުލައިގެންގޮސް ހެކިތައް ހަނދާން ނެތި ކަންވީގޮތް ކިޔައިދޭން ނޭނގޭހާ ދުވަސްވީއެވެ. އިންސާފް ލިބުން ލަސްވެ އިންސާފް ލިބިދާނެ ކަމާމެދުވެސް ޝައްކު އުފެދުނީއެވެ.

މިހާލަތަށް އައިއިރު ކުރިމަތިވެފައިވާ އެހެން ބިރެއްވެސް އެބައޮތެވެ. އެފަދަ ހާދިސާއެއް އިތުރަށް ނުހިނގާނެ ގޮތަށް ކަންކަން ހައްލު ކުރެވުނު ކަމުގެ ޔަޤީންކަން ނެތުމެވެ. މިހާރުވެސް ދެކެވެމުންދާ އެފަދަ މައްސަލަތަކުގެ ވާހަކަ މަދެއް ނޫނެވެ. އަޅާލާނެ މީހަކު ނެތިގެން ބަލަހައްޓަން ޖެހޭ ކުދިން ބައިތިއްބާފައި ތިބޭ ތަންތަނުގައިވެސް ހާލަތު ހުރިގޮތްކަމަށް ދެކެވޭ ހިތާމަވެރި ވާހަކަތަކެވެ. ހިޔާތަކުން ކުދިން ގެއްލުމެވެ. ހިޔާތަކުގެ ފެންސްތަކުގެ މައްޗަށް ކުދިން އަރާ ތިބުމެވެ. ދާދިފަހުން އެފަދަ ތާކުންވެސް މަރުވި ކުއްޖާގެ މަރާމެދު އުފެދިފައިވާ ސުވާލުތަކެވެ.

ދެންއޮތީވެސް މިފަދަ އެހެން ކަމެކެވެ. ބަޔަކަށް އަބުރު ރައްކާތެރި ނުކުރެވިގެން ހެދި އަބުރުގެ ޤާނޫނުގެ ސަބަބުން އެފަދަ ހާދިސާތައް ރިޕޯޓްކުރަން ފަސްޖެހުމެވެ. ފެންނަ މަންޒަރަށް ނުވަތަ ކުރެވޭ ތުހުމަތުގެ ވާހަކަ ކަމާ ބެހޭ ފަރާތަށް ހުށަހެޅިނަމަވެސް ސާބިތު ނުކުރެވިއްޖެ ނަމަ ދެން ކުރިމަތިލާން ޖެހިދާނެ ބޮޑު އަބުރުގެ ދައުވާއެވެ. އެދައުވާތަކަށް ބިރުން އެފަދަ މައްސަލަތައް ރިޕޯޓްކުރަން ނުކެރި ނީވޭކަމަށް ހަދައިގެން ނުވަތަ ނުފެންނަ ކަމަށް ހަދައިގެން ތިބެން ޖެހުމެވެ.

ކޮންމެއަކަސް އިބްތިހާލްގެ މަރަށް ދެއަހަރުވިއިރު އެހިތާމަތައް އަދިވެސް ފިލައިގެނެއް ނުދެއެވެ. ހަމަ އެހެންމެ އެމަރާ ގުޅިގެން ފެންމަތިވި ކަންކަމަށް ހައްލެއް އައިސްފައިވާކަމުގެ ޔަޤީންކަން ނެތީތީ އަދި މާބިރުބޮޑެވެ. އިންސާފް ނުލިބި އޮތީތީ އެކަމުގައި ފުއްދާލެވޭކަށް ނެތެވެ. ބޯޑުތައް ހިފައިގެން މަގުތަކަށް އެއްވެ އިބްތިހާލަށް އިންސާފް ހޯދަައިދޭން ނިކުތް ޖަމްއިއްޔާތަކާއި ޕްރެޝަރ ގުރޫޕްތަކުގެ އަޑުކެނޑި ހިމޭންވެފައިވާތީ އެއީ އަދި މާބޮޑު ކަންބޮޑުވުމެކެވެ. އިންސާފު ނުލިބި ދިގުދެމިގެން ދިއުމަކީ އިންސާފު ނުލިބުމެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް