23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

ޝަހީމާ އެކު ގަދަކަމުން ފޮޓޯއަކަށް ހުއްޓުވި މީހާގެ ވާހަކަ!

  • ޝަހީމް ހުރި ދިމާލަށް ދެވުނީ އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމަށް
  • އޭނާ ބުނީ ޝަހީމަކީ ޔާމީނަން ބޭސްކުރަން ފޮނުވާފައި ހުރި ޑޮކްޓަރެއް ކަމަށް
  • ހުވަދަގޭބެ ލާ ރީނދޫ ކުލައިގެ ހެދުންތަކަކީ ހެޔޮ އެދޭ މީހުން ހަދިޔާ ކުރާ އެއްޗެހި
މުހަންމަދު ވިސާމް | sampathmasiw

| 25 އޯގަސްޓު 2018 | ހޮނިހިރު 07:54 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ފޮޓޯއަކަށް ފުވައްމުލަކު ހުވަދަގެ ބޭބެ ހުއްޓުވާފައި (ކ)، އަދި އިބޫއަށް މަރުހަބާ ދެންދެވުމަށް އެ ބޭބެ ރީނދުލުން ޖަރީވެފައި -- ފޮޓޯ: ރާއްޖެ އެމްވީ

އެންމެންގެ ތެރެއިން އޭނާ ފާހަގަވެއެވެ. ހަރަކާތްތަށް ވެސް ތަފާތެއެވެ. ޒުވާކުދިންނާ އެއްސަފުގައި އޭނާ ހިފައްޓާލާއެވެ. ސިޔާސީ ކަންތަކުގައެވެ. އެމްޑީޕީގެ ހަރަކާތްތަކުން އޭނާ ފާހަގަވެގެން ދަނީ އެ ޕާޓީގެ މެމްބަރުންނަން އެކަންޏެއް ނޫނެވެ. ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ބައިވެރިޔާ ޑރ. މުހައްމަދު ސަހީމް އަލީ ސައީދަށް ވެސް އޭނާ ހަމަ ރަނގަޅަށް ވަނީ ފާހަގަވެއެވެ. އޭނާގެ ހަރަކާތްތަކުންނެވެ. ތާއިދު ކުރާ ސިޔާސީ ޕާޓީގެ ހަރަކާތްތަކުން މާގިނައިން ފެންނަނާތީ ކަމަށް ވެސް ވެދާނެއެވެ. މިދައްކަނީ އުމުރުން 87 އަހަރުގެ ފުވައްމުލަކު ހުވަދަގޭ އަބްދުﷲ ދީދީގެ ވާހަކައެވެ. ހުވަދަގޭ ބޭބެގެ ވާހަކައެވެ. ހުވަދުގެ ބޭބެ ޝަހީމް ސިފަ ކުރަނީ "ރައީސް ޔާމީނަން ބޭސްކުރަން ފޮނުވި ޑޮކްޓަރުގެ" ގޮތުގައެވެ.

 ޝަހީމް ފުވައްމުލަކު ސިޓީއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ތެރެއިން އެންމެގެ ސަމާލުކަން ހުއްޓުނީ ހުވަދަގޭ ބޭބެ އާއިކު ނަގާފައިވާ ފޮޓޯއަށެވެ. އެއީ ޝަހީމް ހުވަދަގޭގެ ބޭބެ އާކު ފޮޓޯ ނެގުމަކުން ނޫނެވެ. އޭނާގެ ނުރުހުމުގައި ގަދަ ކަމުން ފޮޓޯ ނެގުމުންނެވެ. ޝަހީމާއި ހުވަދަގޭގެ ބޭބެ އާއެކު ފޮޓޯ ނެގުމަށް މީހުންތަށް ވަށާލީ "ހައްޔަރުކުރަން ފުލުހުން ތަކެއް ވަށާލާ" ގޮތަށް ކަމަށް އޭނާ ބުންޏެއެވެ.

ހުވަދުގޭ ބޭބެގައި ޕީޕީއެމްގެ ސަޕޯޓަރުން ހިފަހައްޓައިގެން ޝަހީމާއި އެކު ފޮޓޯ ނަންގުވަނީ

"އެތާ މަގުމަތީގައި ތިބި ބަޔަކު، ތިން ވެހިކަލް ވެސް އޮތް، ދެން ބޭބެ ހީކުރީ ކޮންމެވެސް އެކްސިޑެންޓެއް ވެގެން މިމީހުން ވެގެން އުޅޭތީ އެމީހުން ތިބީ ކަމަށް، އެއީ އަލުވިމާގެ ކިޔާ ގޭއެއްގެ ކައިރީގައި، ދެން ކައިރިވަމުން ދިޔަ އިރު އެނގިއްޖެ މިއީ މިހެނެން ނޫންކަން، މި ޝަހީމް މިތާ ހުރެގެންކަން މި އުޅެނީ، ދެން އެހެންވިއަސް، އެމީހުންނާއި ވާހަކަ ދައްކާކަށް ނޫން، މިހެން ދާން ފެށީމަ، އިއްޒައްދީން ކިޔާ ކުއްޖެއް، އެއީ ވަރަށް ތިމާގަ އާއިލީ ކުއްޖެއް، އަތްދިއްކުރީ ސަލާމް ކުރާ ގޮތަށް، އަތް ދިއްކުރީމަ ސަލާމް ވެސް ބަލާއިގަތް، އެއްކެލަ ޝަހީމް އައިސް ވާތް ފަރާތުން ކައިރި ކުރީމަ އަހަރެން ބުނެފިން، ހޯހޯއޭ މަށާ ކައިރި ނުވާތޭ، ތިޔައީ ޔާމީނަން ބޭސްކުރަން ފޮނުވާފައި ހުރި ޑޮކްޓަރަކޭ" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އަބްދުﷲ ދީދީ ބުންޏެއެވެ.

ކޮންމެއަކަސް އެތަނުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުން ހުވަދަގޭ ބޭބެ ވަށާލުމަށްފަހު ޝަހީމާއި އެކު ފޮޓޯ ނަގާ ސޯޝަލް މީޑިއާއަށްލިއެވެ. އެކަމުގެ ސަބަބުން ޝަހީމަށް ފާނޑުކިޔުން އަމާޒުވިއެވެ. ގަދަބާރުން ނުރުހުމުން ރައްޔިތުންގެ ތާއިދު ނުލިބޭނެތީއެވެ. ހުވަދަގެ ބޭބެ އެންމެ ތަންކޮޅެއް ވެސް ފަހަތަކަށް ނުޖެހެއެވެ. ޖެހިގެން އާއި ދުވަހު ކޯލިޝަންގެ ކެނޑިޑޭޓް އިބޫގެ ރަނިންމޭޓް ފައިސަލް ފުވައްމުލަކަށް ވަޑައިގަތުމުން އެތަކެއް ސަތޭކަ މީހުން އެމަނިކުފާންނަން މަރުޙަބާ ދެންނެވުމަށް އެއާޕޯޓަށް ދިޔައިރު، މަރުޙަބާ ދެންނެވުމަށް ހަދާފައިވާ ސަފުގެ އެންމެ ކުރީގައި ހުރީ ހުވަދަގޭ ބޭބެއެވެ. ރީނދޫ ކުލައިގެ ފަޓުލޫނަކާއި ގަމީހަކާއި އޭނާ ލައިގެން ހުންނާތީ މީހުންގެ ސަމާލުކަމަށް އާދެއެވެ.

 
ފައިސަލްއަށް މަރުޙަބާ ދެންވުމަށް ދިޔަ އަންހެން ބައެއް ކަބަލުންނާއި އެކު ހުވަދަގޭ ބޭބެ

"އެއީ ދެން ލިބޭއެއްޗެހި، މިހާރު މާލެއިން ވެސް ރައްޓެހި ކުދިން ފޮނުވާފާނެ ފޮތި ވެސް، ފޮނުވީމަ ދެން އެ ފަހައިގެން ބޭބެ އަތުގައި އެ ހުންނަނީ ދެން، ޓީޝާޓާއި އެއްޗެހި ވެސް އެކި މީސްމީހުން ދެން ދެނީ ހަމަ، ދިނީމަ ރައްކާކޮށްފަ ގޭގެ ހުންނަނީ ހަމަ" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އަބްދުﷲ ދީދީ ބުންޏެއެވެ.

ކޮންމެ ހަރަކާތުން ވެސް ހުވަދަގޭ ބޭބެ ރީދޫ ކުލައިގެ ގަމީސް ލައިތީ އެނާއަކީ އެމްޑީޕީގެ ސަޕޯޓަރެއްކަން ހާހަމަވެއެވެ. އެ އުމުރުގައި އެހާ އެކްޓިވްކޮށް އުޅެނީ ކީއްވެގެންތޯ ބޭބެ ކުރިން ސުވާލުކޮށްލުމުން ބުނީ ރައީސް ނަޝީދަށް ކުރާ ތާއިދުގެ ސަބަބުންނެވެ. އުމުރުން ދުވަސްވީ މީހުންނަން އެލަވެންސް ދޭން ފެށި ރައީސް ނަޝީދަށް ބޭބެ ހިތުގައި ދީފައިވާ ޖާގައަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މި އިންތިހާބު އިބޫއަށް ކާމިޔާބު ކޮށްދިނުމަށް ހުވަދަގޭ ބޭބެއަށް ކުރެވުނުން ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. ނުހައްގުން ޖަލަށްލާފައިވާ ސިޔާސީ އެހެނިގެން ބޭފުޅުންނާ އެކު ރައީސް ނަޝީދު މިނިވަންވާން ކުރާނެ ކަމަށް އިބޫ ވެވަޑައިގެންނެވި ވައުދުގައި ހަގީގީ ކުލަ ޖެއްސުމުގެ ގޮތުންނެވެ.

ހުވަދޫގެ ބޭބެ އާންމުކޮށް އެމްޑީޕީގެ ހަރަކާތްތަކަށް ދަނީ ރީދޫ ކުލައިގެން ގަމީހާއި ފަޓްލޫން ލައިގެން

"ރައީސް ނަޝީދުގެ އެންމެ ރަނގަޅު ކަމަކީ ދިވެހި ރައްޔިތުންކަން ދަނެގެން، އެމީހުންގެ ބޭސްފަރުވާ މިކަހަލަ ކަންތައްތަށް، ސަލާމްޖެހުން ހުއްޓުވާ، އެކަންތަށް ވެސް ކޮށްދީ، އުމުރުން ދުވަސްވީ މީހުންނަން ކޮންމެ މީހަކަށް 2000 ރުފިޔާގެ ޕެންޝަން ވެސް ދީ، ދެން މިހެންގޮސް މިކަހަލަ ކަންތަށްތައް ކުރަން ފަށާއިގެން ގޮސް" ރައީސް ނަޝީދާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިބްދުﷲ ދީދީ ބުންޏެއެވެ.

ސިޔާސީ ކަންކަމުގައި އެހާމެ ހަރަކާތްތެރިކޮށް އުޅޭއިރު، ހުވަދަގޭ ބޭބެ ޕީޕީއެމްގެ ފުވައްމުލަކުގެ މެމެބަރުނަން ދޭ ނަސޭހަތަކީ، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ދެކިގެން ނޫނީ ބޭބެ އާއި ސިޔާސީ ވާހަކައެއް ނުދެއްކުމަށެވެ. ހެޔޮހިތުން ސަލާމް ގޮވާލި ކޮންމެ މީހެއްގެ ސަލާމް ހެޔޮހިތުން ބަލައިގަންނާނެ ކަމަށެވެ. ޝަހީމްގެ ސަލާތް ވެސް ހެޔޮހިތުން ބަލައިގަތްއިރު، ބޭބެ ބުނާ ގޮތުން ޝަހީމް ނިޔަތް ގޯސް ކަމަށެވެ. އަދި ރައީސް ޔާމީނަނަން ފަރުވާ ހޯދުމަށް ޑޮކްޓަރެއްގެ ގޮތުގައި ޝަހީމް ހަރަކާތްތެރިވި ނަމަވެސް، މުޅި ރާއްޖެއަށް ޖެހިފައިވާ ބަލިމަޑުކަމަށް ޝިފާ ޝަހީމް ނުހޯއްދެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ނަސީމް

4 ހަފްތާކުރިން

ތީގެ ވީޑިޔޯ ޙުސައިން ބަލާލަބަލަ. އަހަރެން މީ ޔާމީނަށް ވޯޓު ދޭނެ މީހެއް ނޫން. އެ ކަމަކު މި ޚަބަރުގައި އޮތް އެއްޗަކާ ވީޑިޔޯގައި ބޭބެ ދައްކާ ވާހަކައަކާ ދިމައެއް ނުވޭ. ދޮގާ ނުލައި ވެސް އިންތިޚާބު ކާމިޔާބު ކުރެވޭނެ.

1
3
އިސީ

4 ހަފްތާކުރިން

ޢަމިއްލަ ނަފްސަށް މަކަރުހަދާ އޮޅުވާލަމުން މިދަނީ އެމީހުން އެތިބެނީ އެކަމުންވެސް ޢާފިލުކަންމަތީގަ ކީކޭދެން ބުނާނީ އެމީހުންނަށްވެސް އެބައިނގޭ އެމީހުންނަކަށް އެއްވެސް ތާއީދެއްނެއްކަން ދެން ކޮންކަމެއްތޯ ރަތްޔިތުންނަށް އޮޅުވާލަނީ މީ އެންމެންނަށް އިނގޭ ބޯޑު ސިއްރު ތާޢީދެއްނެތް ޔާމީން އަކަށް މުޅި މާލެތެޜޭގަ ދިދަ ދަމައިގެން އަމިއްލަނަފްސަށް މަކަރު ތިޔަ ހެދެނީ

5
5