16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިހާބު 2018

ޔާމީންގެ ކޮރަޕްޝަންގެ މައްސަލަ ފުލުހުގައި އެބަ އޮތް، އެ މައްސަލަ ބަލާނެ: ހަސަން ލަތީފު

  • ރައީސް ޔާމީނަށް ހައްގު އަދަބު ލިބޭނެ
  • މައްސަލަ ބޭރުނުކޮށްލުމުން ގަބޫލުކުރަނީ މައްސަލަ ތަހްގީގްކުރާނެ ކަމަށް
  • ރައީސް ޔާމީނަށް ރައްޔިތުންގެ ތާއިދު ހޯއްދަވަން އެގިވަޑައެއްނުގަންނަވާ
މުހަންމަދު ވިސާމް | sampathmasiw

| 25 އޯގަސްޓު 2018 | ހޮނިހިރު 00:03 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ -- އެމްޑީޕީ

އެމްޑީޕީގެ ފަރާތުން ފުލުހަށް ހުށައަޅާފައިވާ ރައީސް އަބްދުﷲ ޔާމީންގެ ކޮރަޕްޝަންގެ މައްސަލަ ފުލުހުން އަނބުރާ ފޮނުވާ ނުލާ އޮތުމުން، އެ މައްސަލަ ތަހްގީގް ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވިއެވެ.

ރ ދުވާފަރުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަސަން ވިދާޅުވީ ރައީސް ޔާމީންގެ ކޮރަޕްޝަންގެ މައްސަލަ އެމްޑީޕީގެ ފަރާތުން ފުލުހަށް ހުށަހެޅިތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި އެ މައްސަލަ ތަޙްގީގްކޮށް ރައީސް ޔާމީނަށް ޙައްގު އަދަބު ލިބިގެންދާނެ ކަމަށް އެނާ ގަބޫލުކުރައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ކޮރަޕްޝަންގެ މައްސަލަ މޯލްޑިވިއަން ޑިމޮކްރިޓިކް ޕާޓީން (އެމްޑީޕީ) މިހާރު ވަނީ ފުލުސް އޮފީހަށް ވާނީ ހުށައަޅާފައި، އަޅުގަނޑުމެން އެ މައްސަލަތަށް ހުށައެޅިތާއި ދުވަސްތަކެއް ވެއްޖެ، އެ މައްސަލަ އަނބުރާ ފޮނުވާ ނުލާތީ އަޅުގަނޑު މި ގަބޫލުކުރަނީ އެ މައްސަލަ އެތަނުގައި ވެއްޖެ، އެ މައްސަލަ އިރާދަކުރެއްވިއްޔާ ބަލާނެ، އަދި ރައީސް ޔާމީނަށް ޙައްގު އަދަބު ލިބިގެންދާނެ" ރ ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ކޮންމެ މަޝްރޫއެއްގައި ކޮރަޕްޝަން އެކުލެވިގެންދާކަން ކަމަށެވެ. އެހެން ސިޔާސީ ޕާޓީތަކުން އިންތިހާބު ކާމިޔާބު ކުރުމަށް ކެމްޕެއިން ކުރައްވާ އުސޫލުން ރައީސް ޔާމީން އިންތިހާބު ކަމިޔާބު ކުރުމަށް އެމަނިކުފާނު ނުވިސްނަވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ ރައީސް ޔާމީން އިންތިހާބު ކަމިޔާބުކުރުމަށްޓަކައި ރައްޔިތުންގެ ތާއިދު ހޯދައްވާނެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކޮށްގެންނުވާނެ ކަމަށެވެ. އަދި ރައީސް ޔާމީނަށް ރައްޔިތުންގެ ތާއިދު ހޯއްދަވަން އެނގިވަޑައިނުގަންނަވާކަން ފާހަގަކުރައްވާ ހަސަން ވިދާޅުވީ ރައީސް ޔާމީނަށް މި އިންތިހާބު "އޮޅާލަން" ނުކުރެވޭނެ ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ބޮޑުތަނުން އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް