19 ޖެނުއަރީ 2019 | ހޮނިހިރު | 02 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

ރިޔާސީ އިންތިހާބު 2018

ސެޕްޓެމްބަރު 23 އަށްފަހު ރައީސް ޔާމީން ގިނަ ކަންތައްތަކަކަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނެ: އިބޫ

 • ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނާއި ހިލާފު ވަރަށް ގިނަ ކަންކަން ހިންގާފައި އެބަހުރި
 • އިންތިހާބަށްފަހު އެކަންތައްތަކަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނެ
 • ދުވާފަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 24 އޯގަސްޓު 2018 | ހުކުރު 22:43 | |

މަގުބޫލް

 1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
 2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
 3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
 4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
 5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
 6. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
 7. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
 8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ދުވާފަރުގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ފަހުން ގާނޫނާއި ހިލާފަށް ރައީސް ޔާމީން ކުރައްވާފައިވާ ކަންކަމަށް އެމަނިކުފާނު ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބަށް ކުރައްވަމުން ގެންދަވާ ކެމްޕޭންގެ ތެރެއިން ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް ޔާމީން އެތައް ކަމެއް ގާނޫނާއި ހިލާފަށް ކުރައްވާފައިވާ ކަމަށާއި އެކަންތައްތަކަކީ އެއް ރެއިން ކިޔޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. އިބޫ ވިދާޅުވީ ރައީސް ޔާމީން އެތައް ކަމަކަށް އަމިއްލަ ބަހުން އިއުތިރާފްވެވަޑައިގެންފައިވާ ކަމަށެވެ.

"އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ. ގެއަށް ވަން ފައިސާގެ މައްސަލަ. މާލޭގެ މަގުމަތީގައި ގަތުލު ކުރެވިގެންދިޔަ ޝަހީދުކުރެވިގެންދިޔަ މީހުންނާއި ބެހޭގޮތުން އެމަނިކުފާނު ދައްކަވާފައި ހުރި ވާހަކަ. މިހިރީ އެމަނިކުފާނު އަޅުގަނޑު މި ދެންނެވި ދުވަހު ޖަވާބު ދޭން ޖެހިވަޑައިގަންނަވާނެ ކަންތައްތައް." ދުވާފަރުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ. 

އިބޫ ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ދުވާފަރަށް ކޮށްދެއްވާނެ ބައެއް ކަންތައްތައް ވައުދުވެވަޑައިގެންފައެވެ. އެގޮތުން އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެރަށުން ބިން ހިއްކާނެ ކަމަށް އިބޫ ވިދާޅުވިއެވެ. ހަމައެހެންމެ ކޯލިޝަންގެ ސަރުކާރެއްގައި ކަނދޮޅުދޫގެ ރައްޔިތުން ދުވާފަރަށް ބަދަލުކުރުމަށްފަހު ދިން ގެތަކަށް އެފަރާތްތަކުގެ ރަޖިސްޓްރީ ބަދަލުކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ދުވާފަރަކީ ޒުވާނުންގެ އާބާދީ ވަރަށް ބޮޑު ރަށެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން އެރަށުގައި ޒުވާނުންގެ މަރުކަޒެއް އަޅުއްވައި ދެއްވާނެ ކަމަށް ވެސް އިބޫ ވައުދުވެވަޑައިގެންނެވިއެވެ. މީގެއިތުރުން ދުވާފަރުގެ ސިއްހީ މަރުކަޒާއި ސްކޫލް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް އެރަށު ރައްޔިތުން ބޭނުންވާ ފެންވަރުގެ ހިދުމަތްތައް ރަށުން ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.  

ހުކުރު ދުވަހު ދުވާފަރަށް އިބޫ ވަޑައިގެންނެވުމުން އިބޫއަށް ވަނީ ހޫނު މަރުހަބާއެއް އެ ރަށުން ދަންނަވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް