22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިޚާބު 2018

ދުވާފަރު ކައުންސިލްގެ ރައީސް ޕީޕީއެމުން ވަކިވެ، އެމްޑީޕީއަށް ސޮއި ކުރައްވައިފި

  • ނަސީރު ވިދާޅުވީ ރައީސް ޔާމިން ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާކަމަށް
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 24 އޯގަސްޓު 2018 | ހުކުރު 22:06 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. އަލިދީގެ ތާއީދު އިބޫއަށް!
  8. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!


ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ފޯމް ހަވާލުކުރައްވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު ޕީޕީއެމް އިން ވަކިވެ, އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

އިބްރާހިމް ނަސީރު ޕީޕީއެމްގެ ޓިކެޓްގައި ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވީ 2016 ވަނަ އަހަރު އެވެ. އެ ފަހަރު ކައުންސިލްގެ ގޮނޑި ނަސީރު ކާމިޔާބުކުރެއްވީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ. 

ނަސީރު އެމްޑީޕީއަށް އަށް ސޮއި ކުރެއްވީ ހުކުރު ދުވަހުގެރޭ ދުވާފަރުގައި ބޭއްވި ޖަލްސާގައެވެ. އޭނާއާއެކު، އޭނާގެ އަނބިކަނބަލުން ވެސް އެމްޑީޕީއާ ގުޅިގެންގެންނެވި އެވެ. ނަސީރު އަކީ ކުރިން ޑީއާރުފީގައި އަދި ފަހުން ޕީޕީއެމްގައި ވެސް އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ.  

ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ ކައުންސިލްގެ މަސައްކަތްތަކަށް ޕީޕީއެމް އިން ހުރަސް އެޅިކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމިން ދެކެ ބިރު ނުގަންނަ ކަމަށާއި އަނބިދަރިން "ކުދިކޮށް، ޗިސް، ޗިސް ކޮށްލިޔަސް" އެކަމަށް ބިރެއް ނެތް ކަމަށެވެ. 

އޭނާ ވިދާޅުވީ ރައީސް ޔާމިން ދުވާފަރަށް ވީ ވައުދުތައް ނުފުއްދަވާ ކަމަށެވެ. އެގޮތުން ރަށުގެ މަގުތަކުތަކުގައި ތާރުއަޅާދޭނެ ކަމަށް ވީ ވައުދުތައް ނުފުއްދަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެހެންމެ ރައްޔިތުންގެ ރަޖިސްޓްރީ ދުވާފަރަށް ބަދަލު ކުރުމަށް ކުރި މަސައްކަތައް ސަރުކާރުން އިޖާބަ ނުދިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އޭނާ ވަނީ މި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް