16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިހާބު 2018

2013ގައި ވިވައުދުތައް ނުފުއްދުނު ބަޔަކަށް ދެންވެސް ފުއްދޭނެ ވައުދެއް ނޯންނާނެ!

  • 2018ގައި ވައުދުތައްވާއިރު، 2013ގައި ވިވައުދުތައް އޮތީ ނުފުއްދާ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 24 އޯގަސްޓު 2018 | ހުކުރު 18:29 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ޕީޕީއެމްގެ ޖަލްސާއެއްގައި، ރައީސް ޔާމީނާއި، ބައެއް އިސްބޭފުޅުން -- އާކައިވް

މިއީ ރިޔާސީ އިންތިހާބްގެ ދުވަސްވަރު އެވެ. އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ އެކި ވައުދުތައް މިދުވަސްވަރުވާނެ އެވެ. ރައްޔިތުންގެ ހުރި ހުރިހާ އުދަނގުލަކަށް ހައްލު ހޯދަވައިދެއްވާނެކަމަށްވެސް ވިދާޅުވާނެ އެވެ. ރައްޔިތުންނަށް ފޮނި ހުވަފެންތައް ދައްކާނެ އެވެ. 

ބޯމަތީގައި އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންގެ ފަރާތުންވެސް ފެންނަނީ އެ މަންޒަރު އެވެ. ބޮޑެތި ވައުދުތައްވެވަޑައިގަންނަވާ މަންޒަރު އެވެ. އެބޭފުޅުންގެ ތަސައްވަރުތައް އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ކޮންމެ ޕޯޑިއަމެއްގައި ގެންދަވަނީ ހާމަކުރައްވަމުންނެވެ. ނަމަވެސް ރައްޔިތުންނަށް އެ ފޮނި ހުވަފެންތައް ދައްކައި، ބޮޑެތި ވައުދުތައްވާއިރު، ރައްޔިތުންގެ ވިސްނުމުގައިވެސް ބަހައްޓަންޖެހޭ ގިނަ ކަންތައްތަކެއް ހުރެ އެވެ. 

ރައްޔިތުންގެ ކުރިމަތީ ބޮޑެތި ވައުދުތައްވެވަޑައިގަންނަވަމުންދާއިރު، ވައުދުވެ، އެ ވައުދު ފުއްދީ ކޮން ބަޔެއްތޯ ރައްޔިތުން ރަނގަޅަށް ހިސާބު ޖަހަންޖެހެއެވެ. ވައުދުވެ، ވައުދު ނުފުއްދާ, އަނެއްކާވެސް ބޮޑެތި ވައުދުތައް ވަނީ ކޮން ބަޔެއްތޯވެސް ބަލަންޖެހެ އެވެ. ވެރިކަން ލިބުމާއެކު ވިވައުދުތައް މަތިން ހަނދާން ނެތި، އެއީ ކެމްޕޭންގައި އުޅުނު ކުދިބަޔަކު ދެއްކި ވާހަކަތަކަކަށް ހެއްދެވީ ކޮން ބޭފުޅުންނެއްކަންވެސް ވޯޓު ކަރުދާސްކޮޅާއި ހިސާބަށްދާއިރު ރައްޔިތުންގެ ވިސްނުމުގައި ބަހައްޓަންޖެހެ އެވެ. 

2013 ގައިި ރައީސް އަބްދުﷲ ޔާމީންވެވަޑައިގެންނެވި ވައުދުތަކާއި، މިއަދު އެ ވައުދުތައް ފުއްދުނު މިންވަރު ރައްޔިތުން ބަލައި ދިރާސްކުރަންޖެހޭނެ އެވެ. އެ ވައުދުތައް ފުއްދިފައިވާ މިންވަރު މިނެ ކިރަންްޖެހޭނެ އެވެ. އައު ވައުދުތައްވެވަޑައިގަންނަވާއިރު، ހަމަ އެ ދާއިރާގައި ކުރިންވެވަޑައިގެންނެވި ވައުދަށްވީ ކިހިނެއްތޯ ސުވާލުކުރަންޖެހެ އެވެ. 

ބައެއް ވައުދުތަކަށް ޖެހިލާނަމެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދެއްވާނެކަމަށް ވިދާޅުވެ، "ހިޔާ އެކޮމްޕްލިޝްޑް"ގެ ނަމުގައި ރައްޔިތުންނަށް އިތުރު ހުވަފެނެއް ދެއްކެވި އިރު، 2013 ގައި އަލަތު ކައިވެންޏާއެކު ކޮންމެ ޒުވާނަކަށްދޭނެކަމަށް ވައުދުވެވަޑައިގެންނެވި ފްލެޓަށްވީ ކިހިނެއްތޯ ރައްޔިތުން ސުވާލުކުރަންޖެހެ އެވެ. އެ ވައުދު ނުފުއްދިވަނީ ކީއްވެތޯ ޒުވާނުން ރައީސް ޔާމީންގެ އަރިހުގައި އައްސަވަންޖެހެ އެވެ. ކޮންމެ ޒުވާނަކަށް ފްލެޓެއްދޭނެކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެން ފަސް އަހަރު ނިމިގެންދިޔައިރު، އެމަނިކުފާނު ފެއްޓެވި ފްލެޓް މަޝްރޫއަކުން ބޯހިޔަވެހިކަން ލިބުނު އެންމެ އާއިލާއެއްވެސް ނެތެވެ. ކުރެއްވުނުކަމަކީ ކުރީގެ ސަރުކާރުތަކުން ނިންމި ފްލެޓްތައް އަރިސް ބޭފުޅުންނަށް ބައްސަވާލެއްވުން އެކެނި އެވެ. ވައުދު ނުފުއްދުނުތާ، އަނެއްކާވެސް ވެވަޑައިގެންނެވީ އިތުރު ވައުދެކެވެ. 

315000 މީހުންނަށް ވިލިމާލެ 2 އިން ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ވެވަޑައިގެންނެވި ވައުދާއެކު، ރައީސް ޔާމީންގެ ކެމްޕޭންގައި އުޅޭ ފަރާތްތަކަށް ހިސާބު ޖައްސަވަން އެނގޭތޯވެސް ސުވާލު އުފެދުނު އެވެ. 

ހަމައެކަނި އެ ވައުދާ ހިސާބުން ނިންމާލެވޭކަށް ނެތެވެ. ރިސޯޓްތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް، ރިސޯޓް ހިއްސާ ދެއްވާނެކަމަށްވެވަޑައިގެންނެވި ވައުދު އޮތްތާނގައި އޮއްވަ، މި އިންތިހާބަށްވެވަޑައިގެންނެވިތަން ފެނުނީ މުޅިން އައު ވައުދެކެވެ. ރިސޯޓް މުވައްޒިފުންނަށް ހާއްސަ ސްކީމެއް ތައާރަފްކުރައްވާނެކަމުގެ ވައުދު އެވެ. ވައުދު ނުފުއްދުނުތާނގާއި ވެރިކަމުގެ 5 އަހަރުގެ ތެރޭގައި އެ ވައުދު ނުފުއްދުނު ސަބަބެއްވެސް ބުނެއެއް ނުދެވުނު އެވެ. 

ރާއްޖެއިން ތެޔޮ ނަގާނެކަމާއި، ކޮންމެ އަތޮޅެއްގައި ހުޅުމާލެއެއް ތަރައްޤީކުރައްވާނެކަމާއި، އައިހެވަން ޕްރޮޖެކްޓެއް ކުރިއަށްގެންދަވާނެ ކަމާއި، 94000 ވަޒީފާ އުފައްދާނެކަމަށްވީ ވައުދުތަކާއި، ރާއްޖޭގެ ދެ ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލްތައް ތަރައްޤީކުރައްވޭނަކަމަށްވި ވައުދުތައްވެސް އޮތީ ހަމަ އޮތް ތަނގާއެވެ. އެ ވައުދުތަކަކަކީ ހަމައެކަނި އިންތިހާބަށް ކަރުދާސްކޮޅެއްގައި ލިޔެލި ލިޔުމަކަށްވެ، އޮތީ ނިމިފަ އެވެ. 

ރައްޔިތުންނެވެ. ސިޔާސީ މީހުން ރިވެތި ހުވަފެންތައް ރައްޔިތުންނަށް މި ދުވަސްވަރުދައްކާނެ އެވެ. ބޮޑެތި، މާސިްނގާ ވައުދުތައްވާނެ އެވެ. ކިތަންމެެ މޮޅު ވާހަކަތަކެއް ދައްކައި، ބޮޑެތި ވައުދުތަކެއްވިނަމަވެސް، އެ ދުވަހު ނުފުއްދުނު ވައުދެއް މާދަމާވެސް އެ މީހުންނަށް ނުފުއްދޭނެކަން ރައްޔިތުންގެ ވިިސްނުމުގައިި ބަހައްޓާށެވެ. 

ހަރު މީހުން ބުނާތީ އަޑުއިވެއެވެ. މާޒީއަކީ، މުސްތަގުބަލުގެ މޫނު ބަލާ ލޯގަނޑު ކަމަށެވެ. މަޒީގައި އެ މީހުންނަށް ވި ވައުދުގެ މަތިން ކުޑައިންވެސް ހަނދާނެ ހުރި ބަޔެއް ނޫނެވެ. ވައުދު ފުއްދަން މަސައްކަތްކުރި ބަޔެއް ނޫނެވެ. ވިވައުދުތަކަކީ ބަޔަކު ވިވައުދުތަކަކަށް ހަދާ، އެކަން އެއޮތީ ނިންމާލާފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް