25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ސްޕެނިޝް ލަލީގާ

ވީއޭއާރް ބޭނުންކުރިނަމަ ރެއާލްއަށް އެންމެފަހުން ކުޅުނު ދެ ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވޭނެ: ވިޑާލް

  • ވިޑާލްއަކީ އައު ސީޒަނަށް ބަޔާން ދޫކޮށް ބާސާއަށް ބަދަލުވި ކުޅުންތެރިޔެއް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 24 އޯގަސްޓު 2018 | ހުކުރު 18:24 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ބާސާގެ އައު މިޑްފީލްޑަރު އަރުތޯރޯ ވިޑާލް -- ގެޓީ އިމޭޖާސް

ވީޑިއޯ އެސިސްޓަންޓް ރެފްރީ ބޭނުންކުރިނަމަ އެންމެފަހުން ކުޅުނު ދެ ޗެމްޕިއަންސް ލީގު ސްޕެއިންގެ ރެއާލް މެޑްރިޑަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ބާސެލޯނާގެ މިޑްފީލްޑަރު އަރުތޫރޯ ވިޑާލް ބުނެފިއެވެ. 

ވިޑާލްއަކީ އައު ސީޒަނަށް ބަޔާން ދޫކޮށް ބާސާއަށް ބަދަލުވި ކުޅުންތެރިޔެކެވެ. އެންމެފަހުން ކުޅުނު ދެ ޗެމްޕިއަންސް ލީގުން ވެސް ވިޑާލް ކުޅުނު ބަޔާން ކަޓާފައިވަނީ ރެއާލް މެޑްރިޑް އަތުންނެވެ. 2017 ވަނަ އަހަރު ރެއާލް އަދި ބަޔާން ކުޅުނު ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ދެވަނަ ލެގުގައި ވިޑާލްއަށް ރަތް ކާޑު ދެއްކިއިރު 3-3 ގެ އެގްރިގޭޓް ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމާއެކު ކުޅެފައިވަނީ އިތުރު ވަގުތުގެ ދެ ހާފެވެ. އިތުރު ވަގުތުގެ ތެރޭގައި ރެއާލްއިން ޖެހި ފުރަތަމަ ލަނޑު ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހީ އޮފްސައިޑް މަގާމެއްގައި ހުރެގެން ކަމަށްވާއިރު ވީއޭއާރް ބޭނުންކުރި ނަމަ އެއީ ލަނޑެއްގެ ގޮތުގައި ނުބަލާނެ ކަމަށް ވިޑާލް ބުނެފައިވެއެވެ. 

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވިޑާލް ބުނީ ވީއޭއާރް ބޭނުންކުރިނަމަ އެދެފަހަރު ވެސް ޗެމްޕިއަންކަން ލިބޭނީ ބަޔާންއަށް ކަމަށާއި ރެއާލްގެ ޓްރޮފީ ކެބިނެޓުން ދެ ތަށި މަދުވާނެ ކަމަށެވެ. އެއީ ވިޑާލްއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ލިބުނު އެންމެ ރަނގަޅު ފުރުސަތަަށްވާއިރު އޭނާ ހުރީ މި ފެށޭ ޗެމްޕިއަންސް ލީގު ބާސާއާއެކު ކާމިޔާބު ކުރުމަށެވެ. އެގޮތުން އޭނާ ބުނެފައިވަނީ ހުރިހާ މުބާރާތެއް ވެސް ކާމިޔާބުކުރަން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް އެންމެ ކާމިޔާބުކުރަން ބޭނުންވާ މުބާރާތަކީ ޗެމްޕިއަންސް ލީގު ކަމަށެވެ. އަދި އެމުބާރާތް ކާމިޔާބުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވިޑާލް ބުނެފައިވެއެވެ. 

އުމުރުން 31 އަހަރުގެ ވިޑާލް ބާސާއަށް ބަދަލުވެފައި ވަނީ 20 މިލިއަން ޔޫރޯގެ ފީއަކަށެވެ. އޭނާ ހޯދުމަށް އިންޓަރ މިލާނާއި އަދި އޭސީ މިލާނުން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. އޭނާ ބާސާ އަށް ބަދަލުވެފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް