25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ރިޔާސީ އިންތިހާބު 2018

ރީ ރަސްޖިސްޓްރޭޝަން ފޯމް އަނބުރާ ފޮނުވާލާފައިވަނީ ގަސްތުގައި މަކަރު ހެދުމުގެ ބޭނުމުގައި: އިބޫ

  • އިބޫގެ މަންމާފުޅު ރަޖިސްޓްރީ ކުރުމަށް ހުށައެޅުއްވި ފޯމްވެސް ވަނީ ބާޠިލުކޮށްފައި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 24 އޯގަސްޓު 2018 | ހުކުރު 15:10 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


އިނގުރައިދޫއަށް އިބޫ ވަޑައިގަތުމުން ޒުވާން ކުއްޖަކު އެމަނިކުފާނާއެކު ސެލްފީއެއް ނަގަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ރީ ރަސްޖިޓްރީ ކުރުމަށް ހުށަހަޅާއިވާ ބައެއް ފޯމްގައި މައްސަލަ ހުރި ކަމަށް ބުނެ އަނބުރާ ފޮނުވާލާފައިވަނީ ގަސްތުގައި ވޯޓު އޮޅުވާލުމުގެ ބޭނުމުގައި ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ރ. އިނގުރައިދޫއަށް ވަޑައިގެން އެރަށުގައި ތިބި ކޯލިޝަނަށް ތާއިދުކުރައްވާ ފަރާތްތަކާ ބައްދަލު ކުރައްވާ އިބޫ ވިދާޅުވީ އެމީހަކަށް ނޭނގި އެހެން ތަންތަނަށް ރަޖިސްޓްރީ ކޮށްފައި ހުންނަނީ ވެސް އޮޅިގެން ނޫން ކަމަށާއި އެއީ އިންތިހާބު އޮޅުވާލުމަށް ވަކި ބަޔަކު ކުރަމުންދާ ކަމެއް ކަމަށެވެ. މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި އިބޫ ވިދާޅުވީ ރީ ރަޖިސްޓްރީ ކުރުމަށް ހުށައެޅި ފޯމްތަކުގެ ތެރެއިން 5600 އަށްވުރެ ގިނަ ފޯމް ބާތިލްކުރި މައުލޫމާތު ލިބޭއިރު އޭގެ ތެރޭގައި ހިމެނެނީ ކޯލިޝަނަށް ތާއިދުކުރާ ފަރާތްތައް ކަމަށެވެ.

 "މިކަމަކީ ގަސްތުގައި ނުފޫޒު ބޭނުން ކޮށްގެން އޮޅުވާލަން ކޮށްގެން އުޅޭ ކަމެއް،"އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ވޯޓު އޮޅުވާލުމަށް އެ މަސައްކަތް ބަޔަކު ކުރަމުންދަނީ ކޮންތާކު ތިބެކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އިބޫ ވިދާޅުވީ އެމަނިކުފާނުގެ މަންމާފުޅު ވެސް ލަންކާއަށް ވޯޓުލުމަށް ރަސްޖިޓްރީ ކުރުމަށް ހުށަހެޅުއްވި ފޯމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ނިޒާރުގެ ދަރިކަލުންގެ ފޯމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އަނބިކަނބަލުން ހުށަހެޅުއްވި ރީ ރަޖިސްޓްރީ ފޯމް ރިޖެކްޓްކޮށްލާފައި ކަމަށް ވިދާޅުވެފައި އެވެ. ނަމަވެސް އެހެން ކުރިމަތިކުރުވާ ދަތިތައް ގިރާކުރުމަށްފަހު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އެގޮތުން އެއްވެސް މީހަކު ރަޖިސްޓްރީ ނުވެ އޮތިއްޔާ އަނެއްކާ ވެސް ރަޖިސްޓްރީ ކުރެއްވުމަށް އިބޫ ވަނީ ގޮވާލައްވާފަ އެވެ.  

މީގެ އިތުރުން އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއަކީ ކުރިއެރުވިދާނެ ދާއިރާއެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެ ދާއިރާއިން ސްކޮލަރޝިޕްތައް ދެއްވާނެ ކަމަށެވެ. ހަމަ އެހެންމެ އެމަނިކުފާނުގެ ވެރިކަމުގައި އިނގުރައިދޫގެ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެހެންމެ ރަށުގައި ތިބެ އޭ-ލަވެލްއަށް ކުދިންނަށް ކިޔެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް