18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ބޮލީވުޑް

ޕްރިޔަންކާ އާއި ނިކްގެ ކައިވެނި ކުރާނެ ތާރީޚެއް ކަނޑައަޅާފައެއް ނުވޭ: ޕްރިޔަންކާގެ މަންމަ

  • ކައިވެންޏާ ބެހޭ ގޮތުން ދެކެވެމުންދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 24 އޯގަސްޓު 2018 | ހުކުރު 12:26 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ޕްރިޔަންކާ އާއި ނިކް ޖޯނަސް -- ގޫގުލް

ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ އެންގޭޖްމަންޓް ވަނީ ފާއިތުވި ހަފްތާގައި ރަސްމީކޮށް އިއުލާން ކޮށްފައެވެ.

އިންޑިއާގައި ކައިވެނިކުރާ ސަގާފަތާ އެއްގޮތަށް ފާއިތުވި ހަފްތާގައި ބޭއްވި މި ހަފްލާގައި ދެ ފަރާތުގެ އާއިލާ އިން ވަނީ ބައިވެރިވެފައެވެ.

ޑީއެންއޭ އަށް ދިން އިންޓވިއުއެއްގައި އެ ދެމީހުންގެ ކައިވެންޏާ ގުޅޭ ގޮތުން ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާޅާ ބުނެފައި ވަނީ އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނަން އަދި މާއަވަސް ކަމަށާއި ކައިވެނި ކުރާނެ ވަކި ތާރީޚެއް ނުނިންމާ ކަމަށެވެ. ކައިވެންޏާ ބެހޭ ގޮތުން ދެކެވެމުންދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މަދޫ ވަނީ ބުނެފައެވެ.

މަދޫ ބުނެފައި ވަނީ ޕްރިޔަންކާ ނިންމާ ނިންމުމަށް އަބަދު ވެސް އިތުބާތުކުރާ ކަމަށާއި އޭނާއަކީ ނުވިސްނާ އަވަސްއަރުވާލައިގެން ކަންކަން ނިންމާ މީހެއް ނޫން ކަމަށެވެ. ޕްރިޔަންކާ ކަމެއް ނިންމާއިރު ނިންމާނީ ވަރަށް ވިސްނާފައި ކަމަށާއި އަދި އެ ނިންމުމަކީ ރަނގަޅު ނިންމުމަކަށް ވާނެ ކަމުގެ ޔަގީންކަން އޮންނަ ކަމަށް މަދޫ ވަނީ ބުނެފައެވެ.

"ދެ މީހުން ވެސް މިވަގުތު ނިންމަންޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރި. ކައިވެނި ކުރާނެ ދުވަހަކާއި ކައިވެނި ކުރާނެ ތަނެއް ނިންމަން ވަގުތު ނަގާނެ،" މަދޫ ވަނީ ބުނެފައެވެ.

ނިކްއާ ބެހޭ ގޮތުން މަދޫ ބުނެފައިވަނީ ނިކްއަކީ މަޑުމައިތިރި، ޒިންމާދާރު އަދި ބޮޑަތި މީހުނަށް އިޚްތިރާމްކުރާ މީހެއް ކަމަށެވެ. ނިކްއަކީ ހިތްގައިމު މީހެއް ކަމަށާއި އާއިލާގެ އެންމެން ވެސް ނިކް ދެކެ ލޯބިވާ ކަމަށް މަދޫ ވަނީ ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް