22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ބޮލީވުޑް

ބޮލީވުޑްގެ ނެށުންތެރިޔާ އަބިޖީތް ޝިންޑޭ ދަންޖެހިގެން މަރުވެއްޖެ

  • އަންހެނުން ގެއިން ނުކުމެގެންދިޔަ ފަހުން އޭނާ ވަނީ ޑިޕްރެޝަނަށް ގޮސްފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 24 އޯގަސްޓު 2018 | ހުކުރު 11:17 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  6. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  7. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  8. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު


އަބީޖީތް ޝިންޑޭ އާއި ރަންބީރު ކަޕޫރު އަދި ރަންވީރު ސިންގް -- ގޫގުލް

ރަންބީރު ކަޕޫރު، ރަންވީރު ސިންގް އަދި އަޖޭ ދޭވްގަންއާ އެކު މަސައްކަތްކޮށްފައިވާ ބޮލީވުޑްގެ ނެށުންތެރިޔާ އަދި ރެޕާ އަބީޖީތް ޝިންޑޭ ދަންޖެހިގެން މަރުވެއްޖެއެވެ.

އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހު މުމްބާއީގައި ހުންނަ އޭނާގެ ރެޒިޑެންސްގައެވެ.

މަހެއްހާ ދުވަސް ކުރިން އޭނާގެ އަންހެނުން ގެއިންނުކުމެގެންދިޔަ ފަހުން އޭނާ ވަނީ ޑިޕްރެޝަނަށް ގޮސްފައި ކަމަށް މުމްބާއީ މިރާަރ ގައި ވަނީ ރިޕޯޓްކޮށްފައެވެ.

"ޝިންޑޭގެ އަންހެނުން ފާއިތުވި ތިން މަސް ދުވަހު ދިރިއުޅެމުން ގެންދަނީ މަންމަގެ ގޭގައި. ޝިންޑޭގެ ދެ އަހަރުގެ އަންހެން ދަރިފުޅާ ބައްދަލުވުމުގެ ފުރުސަތު އަންހެނުން ނުދޭތީ އެކަމާ އޭނާ ހުންނަނީ ނުރުހުންވެފައި. ފަހަކަށް އައިސް އޭނާ ހުންނަނީ ޑިޕްރެޝަނަށް ގޮސްފައި،" މިރާރ އަށް ފުލުސް އޮފިސަރަކު ބުނެފައި ވެއެވެ.

ޝިންޑޭ ފަންކާގައި ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ އޭނާގެ އަވަށްޓެރިއަކަށެވެ. އަވަށްޓެރިޔާ އޭނާ ކޮބައިތޯ ބަލަން އެގެއަށް ދިޔައިރު ގޭގެ ދޮރު ހުރީ ހުޅުވާފައެވެ. އަވަށްޓެރިޔާ ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ވަނީ ބުނެފައެވެ.

ޝިންޑޭ މަރުވުމުގެ ކުރިން ލިޔެފައިވާ ނޯޓްގައި އޭނާ ވަނީ އެކައުންޓްގައި ހުރި ފައިސާ ދަރިފުޅަށް ދިނުމަށް އެދިފައެވެ. ފުލުން މިހާރު ވަނީ އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް