23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސި އިންތިޚާބު 2018

އިންފްރާސްޓްރަކްޗަރ މަސައްކަތް ކުރެވޭނީ ދިވެހި ކުންފުންޏެއްގެ ހިއްސާއާއި އެކު: އިބޫ

 • އެއްވެސް އުސޫލެއް ނެތި ބޭރުގެ ކުންފުނިތަކާއި ޕްރޮޖެކްޓުތައް ހަވާލުކުރަމުންދޭ
 • މެގަ ޕްރޮޖެކްޓްތަކާއި، ޕްރައިވެޓް ސެކްޓަރގެ މަޝްރޫތައް މިއުޞޫލުގައި ނުހިމެނޭ
 • މިކަން ހިމެނެނީ ކޮންސްޓްރަކްޝަން ސިޔާސަތުގެ ތެރެއިން
މުހަންމަދު ވިސާމް | sampathmasiw

| 23 އޯގަސްޓު 2018 | ބުރާސްފަތި 23:09 | |

މަގުބޫލް

 1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
 2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
 3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
 4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
 5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
 6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
 7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
 8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ގުޅިފައިވާ ސިޔާސީ ޕާޓީޓަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރާއްޖެ އެމްވީ

ދައުލަތުގެ ފަރާތުން ހިންގާ އިންފްރާސްޓްރަކްޗަރ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ދިވެހި ކުންފުންޏެއްގެ ހިއްސާއާއި އެކުގައި ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ރ އަލިފުށީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އެއްވެސް ހަމައެއް އުސޫލެއް ނެތި ބޭރުގެ ކުންފުނިތަކާއި ޕްރޮޖެކްޓުތައް ހަވާލުކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ދައުލަތުގެ ފަރާތުން ހިންގާ އިންފްރާސްޓްރަކްޗަރ މައްޝޫރުތައް ދިވެހި ކުންފުންޏެއް ބައިވެރިނުވާ ގޮތަކަށް ނުދޭނެ ކަމަށެވެ. އެކަން ކުރައްވާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޮންސްޓްރަކްޝަން ސިޔާސަތުގެ ދަށުންކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ދައުލަތުގެ އެފަދަ މައްޝޫރުތައް ހިންގާނީ ދިވެހި ކުންފުންޏެއްގެ ހިއްސާޔާ އެކުގައި ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ފެންނަމުން މިދަނީ މިއަދުގެ ސަރުކާރުން މިފަދަ ޕްރޮޖެކްޓުތައް، އެއްވެސް ހަމައެއް ނެތި އެއްވެސް އުސޫލެއް ނެތި، ބޭރުގެ ކުންފުނިތަކާއި ހަވާލުވެގެންދާތަން. އެންމެފަހުން ޖުލައި 30 ވަނަ ދުވަހު އަޅުގަނޑުމެންނަން ހާމަވެގެން ދިޔައީ، 20 ރަށުގެ ނަރުދަމާގެ މަޝްރޫޢު ބޭރުގެ ކުންފުންޏަކާއި 800 މިލިއަން ރުފިޔާއާއި ހަވާލުވެކުރެވިގެން ދިޔަ ތަން، އަޅުގަނޑުމެންގެ ކޮންސްޓްރަކްޝަން ސިޔާސަތުގެ ތެރެއިން ހިމެނިގެންދާނެ، އެހެންމެ މުހިންމު އެއްކަމަކީ މިފަދަ މަޝްރޫއުތައް، ދައުލަތުގެ ފަރާތުން ހިންގާ މިފަދަ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ދިވެހި ކުންފުންޏެއް ބައިވެރިނުވާ ގޮތަށް އެއްވެސް ފަރާތަކަށް ނުދިނުން، ދިވެހި ކުންފުންޏެއްގެ ހިއްސާނެތި ދައުލަތުގެ މިފަދަ މައްސަކަތެއް އަޅުގަނޑުމެންގެ ވެރިކަމުގައި ކުރުމުގެ ފުރުސަތެއް ނޯންނާނެ،" އިބޫ ވިދާޅުވިއެވެ.

ދިވެހި ކުންފުންޏެއްގެ ހިއްސާ އާއި ނުލައި ދައުލަތުގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢެއް ކުރިއަށް ނުގެންދެވޭނެ ވާހަކަފުޅަގެ މާނައަކީ މެގަ ޕްރޮޖެކްޓުތަކާއި، ޕްރައިވެޓް ސެކްޓަރގެ މަޝްރޫތައް ނޫން ކަމަށް އިބޫ ވިދާޅުވިއެވެ. އޭގެ ސަބަބުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކަށް ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުންތައް ލިބި، މަސައްކަތްތެރިންނަށް އިތުރު ހުނަރުތަކެއް ލިބި، މަސައްކަތްތެރިން އުފެދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"އަގަނޑު މިދެންނެވީ މެގަ ޕްރޮޖެކްޓުތަކުގެ ވާހަކައެއް ނޫން، އަދި އަޅުގަނޑު މި ދެންނެވީ ޕްރައިވެޓް ސެކްޓަރގެ ވާހަކަ އެއްވެސް ނޫން" އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން އިބޫ ވަނީ ސިވިލް ސަރވިސްގެ މުވައްޒިފުންނާއި ސަރުކާރުގެ މުވައްޒިފުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކޮށް ނިކުތުމަށް ގޮވާލައްވާފައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކަތްތަކުގައި ބައިވެރިވެގެން ގެއްލޭ ވަޒީފާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ހޯއްދަވައި ދެއްވާ އަދި ގެއްލުމުގެ ބަދަލު ދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް