
| 23 އޯގަސްޓު 2018 | ބުރާސްފަތި 18:19 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކޮށްފިނަމަ އެމެރިކާގެ އިގްތިސާދު އިނދަޖެހޭނެ ކަމުގެ އިންޒާރު އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ޓްރަމްޕްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާކަމުގެ ރިޕޯޓްތަކެއް ފެތުރިފައިވަނީ އެމެރިކާގެ އިންތިހާބުތަކާއި ބެހޭ ގާނޫނާއި އެމަނިކުފާނު ހިލާފުވެފައިވާ ކަމަށް ސާބިތުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ޓްރަމްޕްގެ ކުރީގެ ގާނޫނީ ވަކީލު މައިކަލް ކޯހެން ވަނީ އިންތިހާބުތަކާއި ބެހޭ ގާނޫނާއި ހިލާފުވީ ސީދާ އެކަން ކުރުމަށް އެމަނިކުފާނު އިރުޝާދު ދިނުމުން ކަމަށެވެ. މީގެކުރިން މަގާމުން ވަކިކުރުމާއި ގުޅޭގޮތުން ޓްރަމްޕް ވާހަކަ ދައްކަވާފައެއް ނުވެއެވެ.
ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު މަގާމުން ދުރުކޮށްފިނަމަ އެކަމުގެ އަސަރު އެމެރިކާގެ އިގްތިސާދަށް ކުރާނެ ކަމަށާއި އިގްތިސާދު އިނދަޖެހޭނެ ކަމަށެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިހާބުތަކުގެ ކުރިން ޓްރަމްޕް މަގާމުން ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރުމަކީ ދުރުގައިވާ ކަމެކެވެ.
2016 ވަނަ އަހަރުގެ އިންތިހާބުގައި ދެ މީހަކަށް ކެމްޕެއިންގެ ފައިސާގެ ތެރެއިން ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތު ޓްރަމްޕްގެ މައްޗަށް ވަނީ ކުރެވިފައެވެ. އެމަނިކުފާނުގެ ލޯޔަރު ވަނީ މިގޮތަށް އަމަލުކުރެއްވިކަން ކަށަވަރު ކޮށްދީފައެވެ. ޓްރަމްޕް ވަނީ ކޯހެންގެ މި ތުހުމަތުތައް މީގެކުރިން ދޮގު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެފައިސާއަކީ ރިޝްވަތުގެ ގޮތުގައި ހުށަހެޅި ފައިސާ ނޫން ކަމަށާއި އެއީ އެމަނިކުފާނުގެ އަމިއްލަ ފައިސާއިން ދެއްވި ފައިސާ ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް