19 ޖެނުއަރީ 2019 | ހޮނިހިރު | 02 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

ރިޔާސީ އިންތިޚާބު 2018

ވިޔަފާވެރިންނާއި މަޖިލިސް މެމްބަރުން ރައީސް ޔާމީން ދޫކޮށްދަނީ!؟

  • ގިނަ މެމްބަރުން މިހާރު ކެމްޕެއިންތެރެއިން ނުފެނޭ
  • ވިޔަފާރިވެރިންގެ ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބަހުރި
މިއުވާން މުހައްމަދު | Miuvaan

| 23 އޯގަސްޓު 2018 | ބުރާސްފަތި 17:57 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  7. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުން ވިޔަފާރިވެރިން ތިބީ ހިތްހަމަނުޖެހިފައި -- ފޮޓޯ: މުހައްމަދު ޝަރުހާން

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދަމަހައްޓަން އެންމެ ބޮޑަށް އެހީތެރިވެދޭ ބަޔަކީ ވިޔަފާރިވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. ވިޔަފާރިވެރިންނާއި މަޖިލިސް މެމްބަރުންނާއިއެކު އެމަނިކުފާނު ބާއްވަމުން އައި ގުޅުންތަކުންނާއި، އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކުގެ އިތުރުން، އެމަނިކުފާނު ވެރިކަމުގައި ބެހެއްޓުމަށް މަދުންނަމަވެސް މަޖިލިސް މެމްބަރުންނާއި ބޮޑެތި ވިޔަފާރިވެރިން ދައްކާ ވާހަކަތަކުން މިކަން ހާމަވެއެވެ. 

މިދުވަސްވަރަކީ މިދެންނެވި ވިޔަފާރިވެރިންނާއި މަޖިލިސް މެމްބަރުންގެ ބޭނުން ރައީސް ޔާމީނަށް އެންމެ ބޮޑަށް ޖެހިވަޑައިގަންނަވާނެ ދުވަސްވަރެވެ. ރިޔާސީ އިންތިޚާބު ބޯމަތީގައި އޮތްއިރު، ރައީސް ޔާމީނާއި ރައްޔިތުންނާއި ދެމެދު އޮތަސް އޮތް ހަމައެކަނި ފާލަމަކީ އެމަނިކުފާނާއިއެކު ތިއްބެވި މަޖިލިސް މެމްބަރުންކޮޅެވެ. އެހެންނަމަވެސް މަދު މެމްބަރަކު ނޫނިއްޔާ އެމަނިކުފާނުގެ އަރިހަކު ފެންނާކަށް ނެތެވެ. ދެ އަތުގެ އިނގިލިން ގުނާލެވޭހާ އެމަނިކުފާނުގެ އަރިހުގައި ތިއްބެވި މެމްބަރުންގެ އަދަދު މަދެވެ. ރައީސް ޔާމީންގެ އަރިހުން ފެންނަ މަދު މެމްބަރުންގެ ވޯޓުވެސް އެމަނިކުފާނަށް ކަށަވަރުނުވާތަނުގައި، އެމެމްބަރުންނަށް ރައީސް ޔާމީން އިތުބާރު ނުކުރައްވާތީ ގިނަ މެމްބަރުން ތިއްބަވަނީ ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވެ. 

މެމްބަރު އަހުމަދު މުބީންއާއި މެމްބަރު ރިޔާޒް ރަޝީދުގެ އާއިލާގެ ވޯޓުވެސް ރައީސް ޔާމީނަށް ނުލިބޭނެއޭ ކިޔާތީ އިވެއެވެ. އަދި ރިޔާޒް ރަޝީދަކީ ރައީސް ޔާމީނަށް ހުރި ބިރެއްކަމަށް ނިންމިފަހުން، ރިޔާޒް ރަޝީދުވެސް ރައީސް ޔާމީނާއި އެހާ ގަޔާނުވާކަމަށް ވިލުފުށީ މީހުން ކިޔާތީ އިވެއެވެ. ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުވެސް ކިތަންމެ ޖޯޝުގައި ވާހަކަ ދެއްކެވިޔަސް، އެއީ އިދިކޮޅު ކެންޑިޑޭޓަށް ދައްކާ އާޓެއްކަމަށް އެމަނިކުފާނާއި އެކުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގައި މަސައްކަތްކުރެއްވި މެމްބަރުން ބުނެއެވެ. އަދި ހުސެން މަނިކު ދޮން މަނިކުވެސް ތ އަތޮޅު މެމްބަރުންނަށް ރައީސް ޔާމީން ޖައްސަވާ ހާލާއި، ރައީސް މައުމޫނާއި މެދު ކަންތައް ކުރެއްވި ގޮތުން ހުންނެވީ އަނެއްކޮޅުގައިކަމަށް ތ އަތޮޅު ބައެއް މީހުން ކިޔާތީ އިވެއެވެ. 

އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމާއި، ބާރަށު ދާއިރާގެ މެމްބަރު ޝުޖާޢުގެ ވޯޓުވެސް ރައީސް ޔާމީނަށް ނުލިބިދާނެކަމުގެ ބިރު އެބައޮތްކަމަށް ރައީސް ޔާމީންގެ އަރިހުގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ. މިހެން ގޮސް މުޅި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެމްބަރުންގެ ނަންވެސް ލިޔެވިދާނެއެވެ. އެހެންނަމަވެސް ރައީސް ޔާމީނަށް އެއިން ކަށަވަރުވަނީ ކިތައް ވޯޓުތޯ ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެއެވެ. 

ހައިރާންވާން ޖެހޭ ކަމަކީ އިންތިޚާބަކަށް އެންމެ މަހަކަށްވިއިރު، ޕީޕީއެމްގެ ޕީޖީގެ ބައެއް މެމްބަރުން ކެމްޕެއިން ޖަލްސާއަކުންވެސް ރަނގަޅަށް ނުފެންނަކަމެވެ. ރައީސް ޔާމީނަށް ކެމްޕޭން ކޮށްދޭން ނިކުންނެވީ ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީއިންނެވެ. އެއިން ވަޒީރަކު ވާހަކަ ދައްކަވަން ފައްޓަވާއިރަށް ދެކޮޅު ނުޖެހޭ ވާހަކައެއް ދައްކަވާނެކަމުގެ ޔަޤީންކަމާއިއެކު ނޫސްވެރިން ތިބެނީ ގަލަން ނަގައިގެންނެވެ. 

ވިޔަފާރިވެރިންވެސް ތިބީ އެފަދަ ޙާލެއްގައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި 'ބޮޑު ތަނުން ދެމިގަތް' ތިން ހަތަރު ވިޔަފާރިވެރިން ފިޔަވައި ރައީސް ޔާމީން ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާ ވިޔަފާރިވެރިއަކު ނެތެވެ. އެމަނިކުފާނާއި ކައިރިވެއްޖެ ވިޔަފާރިވެރިއެއްނަމަ މިހާރު ހުންނަން ޖެހެނީ ދަތިކުރުމުގެ ފިޔަވަޅެއްގެ ބިރުގެ މަތީގައެވެ. އެބުނާ ލިސްޓެއް އޮތަސް، ނެތަސް، ބިރުވެރިކަމެއްގެ ތެރޭގައެވެ. ގޯހީ އީޔޫއެއް ނޫނެވެ. ވިޔަފާރިވެރިންނަށް އެޙާލު ޖެއްސި ސަރުކާރެވެ. އީޔޫ ވިއްޔާ އަދިވެސް ފިޔަވަޅު ނާޅާ އެބައޮތްތާއެވެ. މިއީ ވިޔަފާރިވެރިންގެ ބަހެވެ. އަޅުގަނޑުގެ ބަހެވެ. 

އަނެއްކޮޅުން ރައީސް ޔާމީންގެ ވެރިކަމުގައި އިޤްތިޞާދީ ވުޒާރާ ހަވާލުކުރެއްވި ބޭފުޅާގެ ބުރަ މަސައްކަތްޕުޅުން ވިޔަފާރިވެރިންނަށް އެތަކެއް ބުރަތަކެއް ވަނީ ކުރިމަތިވެފައެވެ. މީރާ ފެންނަނީ ވިޔަފާރިވެރިންނަށް ބިރުވެރިކަމެއްގެ ގޮތުގައެވެ. ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ސިފަކުރައްވާ ގޮތުގައި މީރާއަކީ ކޮންމެ މަހަކު އެއް ފަހަރު އަރާ، ވިޔަފާރިތަކުގެ ވަތްގަނޑުގެ އިއްފަތްތެރިކަން ފޭރިގަންނަ ރަންނަމާރިއެކެވެ. އެހެންކަމުން ވިޔަފާރިވެރިންވެސް ރައީސް ޔާމީން ދޫކޮށްލާފައިވާކަމަށް ބުނާ ވާހަކައިގައި ބުރަދަނެއް އެބަހުއްޓޭވެސް ބުނެވިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ބޮޑުވަރު

5 މަސް ކުރިން

ޔޯލައަށް ޚަބަރެއް ލިޔެ ނިންމާލީ

0
0