23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ރިޔާސީ އިންތިހާބު 2018

ސަރުކާރުން ކުރާ ބޭކާރު ހަރަދު ހުއްޓާލީމަ ތިން ގުނަ އިތުރަށް ތަރައްގީ ގެނެވޭނެ: އިބޫ

  • އެމްޑީޕީއަށް ބައެއް މީހުން ވަނީ ސޮއިކޮށްފައި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 23 އޯގަސްޓު 2018 | ބުރާސްފަތި 14:03 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ރަސްގެތީމަށް މިއަދު އިބޫ ވަޑައިގަތުމުން އެމަނިކުފާނުގެ މޫނުގައި ކުލަ އުނގުޅަނީ -- ފޮޓޯ: ރާއްޖެ އެމްވީ

މި ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާލުމުން ދެ ތިން ގުނަ އިތުރަށް ތަރައްގީ ގެނެވޭނެ ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރ. ރަސްގެތީމަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިބޫ ވިދާޅުވީ ރާއްޖޭގެ ތަރައްގީ ހުއްޓިފައި އޮތީ ވައްކަމާއި ހިޔާނާތުގެ ސަބަބުން ކަމަށެވެ. އިބޫ ވަނީ މި ސަރުކާރުން ފަޅުތަކާއި ރަށްތައް ރައްޔިތަކަށް އެއްވެސް ފައިދާއެއް ނުވާނެ ގޮތަށް ނުއަގުގައި މީހުނަށް ވިއްކާފައި ކަމަށް ވިދާޅުވެފައެވެ.

 

އިބޫ ރަސްގެތީމުގައި މިއަދު ވާހަކަދައްކަވަނީ

އެމްއެމްޕީއާރުސީގެ ފައިސާގައި ހިޔާނާތުގެ މައްސަލަ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ބެލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވާ ވާހަަކަފުޅު ތަކުރާރުކުރެއްވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ލިބޭ ފުރުސަތަކީ އިންސާފު ގާއިމުކުރަން އާއެކޭ ބުނަން ލިބޭ ފުރުސަތެއް ކަމަށް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން ރަސްގެތީމުގެ ބަނދަރުގެ ދަތިކަން އޮތްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ލަފާފުރުމަށް ދިމާވެފައިވާ މައްސަލައަށް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ހައްލު ހޯދައިދޭނެ ކަމަށެވެ.    

ރަސްގެތީމުގައި ތިބި ޕީޕީއެމްގެ ބައެއް މީހުން ވަނީ އެ ޕާޓީ ދޫކޮށް އެމްޑީޕީއަށް ސޮއިކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް