16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިހާބު 2018

މުޅި ދައުލަތް އެއްފަރާތަކަށް ޖެހިފައިވާތީ ރިޔާސީ ބަހުސްގައި ބައިވެރިވުމުގެ ޝައުގެއް ނެތް: މާރިޔާ

 • މިއަދާ ހަމައަށް ބަހުސް ބާއްވާނެ ދުވަހެއް އަދި ގަޑިއެއް ދެއްވާފައެއް ނެތް
 • ރާއްޖެޓީވީން ބާއްވާ ބަހުސްގައި ބައިވެރިވެވަޑައި ނުގެންނެވުމަށް ރައީސް ޔާމީން ވަނީ ނިންމަވާފައި
 • ދައުލަތުގެ ހުރިހާ ވަސީލަތެއް ކެމްޕެއިން ކުރުމަށް ރައީސް ޔާމީން ގެންދަވަނީ ބޭނުން ކުރައްވަމުން
މުހައްމަދު ފަޒީން | phaxyn

| 23 އޯގަސްޓު 2018 | ބުރާސްފަތި 12:31 | |

މަގުބޫލް

 1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
 6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
 7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ކެމްޕެއިންގެ ދަތުރުފުޅެއްގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ދައުލަތުގެ ހުރިހާ ވަސީލަތެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕެއިނަށް ބޭނުން ކުރަމުންދާ ދަނޑިވަޅެއްގައި ދައުލަތުގެ މުއައްސަސާއަކުން ބާއްވާ ރިޔާސީ ބަހުސެއްގައި ބައިވެރިވުމުގެ ޝައުގު މިހާރު ނެތް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ދައުލަތުގެ މީޑިއާ ގުޅިގެން ބޭއްވުމަށް ނިންމާފައިވާ ރިޔާސީ ބަހުސްގައި އިބޫ ބައިވެރިވަޑައިގެންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެކަން އެފަރާތްތަކަށް އެންގުމަށް ފަހު، ރިޔާސީ ބަހުސް ބާއްވާނެ ދުވަހަކާއި ވަގުތެއް ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވުމުން ވެސް މިއަދާ ހަމައަށް ވަކި ދުވަހެއް ހަމަޖައްސާފައިނުވާ ކަމަށެވެ. އެހެންކަމުން މިހާރު އެބަހުސްގައި ބައިވެރިވުމުގެ ޝައުގެއް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތްތަކަށް ދައުލަތުގެ މުއައްސަސާތަކުން އެކި ޖެއްސުން ކުރަމުންދާ ކަމަށެވެ. ހާއްސަ ގޮތެއްގައި ފުލުހުންގެ މުއައްސަސާއިން ކަންކުރަމުންދާ ގޮތާއި އިލެކްޝަންސް ކޮމިޝަނުން ކަން ކުރަމުންދާ ގޮތާ މެދު މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މާރިޔާ ވިދާޅުވީ އިބޫ ކެމްޕެއިން ބެނާތަކާއި ޕޯސްޓަރުތައް ފުލުހުންނާއި ސަރުކާރުގެ އެކި އިދާރާތައް މެދުވެރިކޮށް ނައްޓަމުން ގެންދާއިރު، ރައީސް ޔާމީނަށް ކެމްޕެއިން ކުރުމަށް އެއްވެސް ހުރަހެއް ކުރިމަތިނުވެ، އަދި ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރަމުންދާ ކަމަށެެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ރާއްޖެޓިވީން ބޭއްވުމަށް ނިންމާފައިވާ ރިޔާސީ ބަހުސްގައި ރައީސް ޔާމީން ބައިވެރިވެވަޑައި ނުގެންނެވުމަށް ނިންމެވި ނިންމުމަކީ، ދައުލަތުން ބާއްވާ ރިޔާސީ ބަހުސްގައި އިބޫ ބައިވެރިވެވަޑައި ނުގެންނެވުމަށް ވިސްނުންފުޅު ގެންގުޅުއްވާ އެއް ސަބަބެއް ކަމަށެވެ. ވަކި ފަރާތަކަށް ބުރަވެފައިވާ ވަކި ބަހުސެއްގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވަން ނިންމެވިއިރު އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް