22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
17 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާ، އެކުލަވާލާނީ ގައުމީ ސަރުކާރެއް: އިބޫ

  • ބަސްބުނާނީ ރައްޔިތުން ކަމަށް ވިދާޅުވި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 23 އޯގަސްޓު 2018 | ބުރާސްފަތި 11:36 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  5. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  6. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. އަނދުން ހުސެއިންގެ ހަރަދުގައި ފަސް ކުއްޖަކަށް ބެންގަލޫރް ގައި ކިޔަވައި ދޭނީ


ހުޅުދުއްފާރަަށް ވަޑައިގަތުމުން އިބޫގެ މޫނުގައި ކުލަ ހާކަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުލަވާލާ ސަރުކާރަކީ ގައުމީ ސަރުކާރެއް ކަމަށާއި ޕީޕީއެމްއާ އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ކޯލިޝަނާ ގުޅުމަށް އެދިވަޑައިގަންނަވާ ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހުޅުދުއްފާރުގައި ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ އެ ބޭފުޅުން އެކުލަވާލާ ސަރުކާރު ވެގެންދާނީ ރައްޔިތުންގެ ސަރުކާރަކަށް ކަމަށާއި ބަސް ބުނާނީ ރައްޔިތުން ކަމަށެވެ.  

ހުރިހާ ބާރުތައް އެއްކޮށްގެން ކުރާ ވެރިކަމެއް އެމަނިކުފާނު ބޭނުންފުޅުނުވާ ކަމަށާއި 23 ސެޕްޓެމްބަރަށް ފަހު އެކުލެވިގެންދާ ކޯލިޝަން ސަރުކާރުގައި ހުރިހާ ޕާޓީތައް ހިމެނޭނެ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މިހާރު އޮތް ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން ރިޔާސީ އިންތިހާބަށް ފަހު ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބަށް ވެސް ދާނީ އެއްކޮން ތިބެގެން ކަމަށް ވެސް ވެސް އިބޫ ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި ފެނާއި ނަރުދަމާ ގާއިމު ކުރުމަށް ހޯދި ފައިސާ އިން އެ މަސައްކަތް މިހާރު ނިމިފައިވާތީ އެކަމުގެ އުފާ ލިބިގަންނަ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި ހުޅުދުއްފާރުގެ ގިރާ ސަރައްދު ހިމާޔަތްކުރުމުގެ އިތުރުން މަގުތައް އެކަށީގެންވާ ގޮތަކަށް ހަދައިދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނުގެ ސަރުކާރުގައި ކަންކަން ކުރުމަށް ރާވާފައިވާ ގޮތް ހުޅުދުއްފާރުގެ ރައްޔިތުންނާ ވެސް އިބޫ ވަނީ ހިއްސާ ކުރައްވާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް