21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ރިޔާސީ އިންތިޚާބު 2018

އުއްމީދެއް ނެތި މަރުފަލި ޖެހުމުގެ ބޭނުމެއް ނެތް!

  • ބޭރުގެ ކަނޑުތަކާއި އެތެރެވަރީގައި ވެސް ދުއްވަން ނޭނގޭ

| 23 އޯގަސްޓު 2018 | ބުރާސްފަތި 11:12 | |

މަގުބޫލް

  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  3. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  4. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  5. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  6. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  7. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  8. މާލެ ތެރޭގައި ތެޔޮ ވިއްކުން ހުއްޓުމަކަށް ގެނެސް، ޕެޓްރޯލް ޝެޑްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަނީ


މާލޭގެ މަގެއްގައި ދަމާފައިވާ ދިދަފަތި ތަކެއް -- ފޮޓޯ: ރާއްޖެ އެމްވީ

ބައެއް ހާލަތްތަކުގައި އަޅު މީހާ ވެސް ސާހިބާ ދެކެ ލޯބިވެދާނެއެވެ. ބައެއް އަޅުން ލޯބިވާ ކަމަށް ހަދައެވެ. ސަބަބަކީ ލިބިދާނެ އަނިޔާއަކަށް ނުވަތަ ގެއްލުމަކަށް ނުވަތަ އުފުލަން ޖެހިދާނެ ތަކުލީފަކުން ސަލާމަތްވުމަށް ނުވަތަ ލުޔެއް ހޯދުމެވެ. ހިހޫ ތަނުން ކާލައިގެން އުޅުމަށެވެ. މި ބިންމަތީ ސުވަރުގެއެއް ފަދަ މި ޖަޒީރާގެ ރަށެއްގެ ގޮނޑުދޮށުގައި އަހަރެން އޮށޯވެ، މި ގައުމުގެ ހާލަތާ މެދު ވިސްނާލީމެވެ. ދޮންވެލި ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅާއި، ފަތްތަކުގެ ކޭއްތުމުމާއި ދޫނި ސޫފާ ސޫފީގެ މިއުޒިކީ އަޑުން ފުންކޮށް ވިސްނާލަން ފަސޭހަކޮށްދިނެވެ.

އުއްމީދާއި އަޒުމެއް ހުރެއްޖެ ނަމަ ގޮތެއް ހުހެއް ނުވާނެ ކަމަށް މައިން ބަފައިން ބުނާ ވާހަކަ އިން ހިތަށް ހިތްހަމަޖެހުމާއި ނަފުސަށް ފޯރި ގެނެސްދެއެވެ. ނަމަވެސް، މި ޖަޒީރާ ރަށްތައް ހިންގުމާ ހަވާލުކުރި ވެރިން މި ގައުމަށް ވީ ހިޔާނާތުގެ ބޮޑު ކަމުން ލޮލުން ފެންކަޅިވެއެވެ. ރައްޔިތުންނަށް ލިބަމުން ދިޔައީ އަނިޔާއެވެ. ހާއްސަކޮށް ވޭތުވެދިޔަ ފަސް އަހަރު ލިބުނު އަނިޔާ ވަރަށް ބޮޑެވެ. ލިބުނު ގެއްލުން ބިލިއަން ރުފިޔާއަށް އަރައެވެ.

ނަތީޖާއަކަށްވީ، ރައްޔިތުންނަށް ހިދުމަތްކުރުމަށް ތަރުތީބުކޮށްފައިވާ ހުރިހާ ނިޒާމެއް ފުނޑުފުނޑުކޮށްފިއެވެ. ޑިމޮކްރަސީ ހަލާކު ކޮށްފިއެވެ. ރައްޔިތުންގެ ހައްގުތައް ފޭރިގެންފިއެވެ. ދައުލަތު ހަޒާނާ އާއި ބަޑިގުދަން ފޫ ދުއްވާލައިފިއެވެ. ޚިޔާލު ތަފާތުވެއްޖެ ނަމަ އޮތީ ޖަލު ކަމަށް ދައްކައިފިއެވެ. ތަރައްގީއަކީ ކޮރަޕްޝަން ކަމަށް ހަދައިފިއެވެ.

މި ދަރަޖައަށް ހާލަތު ދުއްވާލީ، ބައެއްގެ އަމިއްލަ އެދުމަށެވެ. އެހެންވެ، ކުރިއަށް އޮތް ރައްޔިތުންގެ ބޮޑު ނިންމުން ވެސް ހިތުހުރި ގޮތަކަށް ބަދަލުކޮށްލަފާނެ ކަމަށް ބަޔަކު ގަބޫލުކުރެއެވެ. ދުނިޔެއަށް މަޑުން ނޯވެވުނެވެ. ދިން ނަސޭހަތް ޤަބޫލުނުކޮށް، ގަޓްހުރިކަން ދައްކަން ހަދައިގެންނެވެ. އެންމެ ފަހުން ދުނިޔެއިން ފިޔަވަޅު އަޅާނެ 41 މީހުންގެ ލިސްޓެއް އެކުލަވާލައިފިއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންނާއި ސާހިބާއަށް އެހީތެރިވެ ދޭ ވިޔަފާރިވެރިންނާއި މަދަދުދާރުން ހިމެނެއެވެ.

އަނިޔާއިން ސަލާމަތް ވެވޭނީ ރައްޔިތުން ނިންމާ ބޮޑު ނިންމުން އަންނަ ގޮތުންނެވެ. ހާލަތު ބަދަލެއް ނުވާނެ ކަމަށް އެއް ބަޔަކު ބުނާއިރު، އަނެއް ބަޔަކު ގަބޫލުކުރަނީ ދެން ރައްޔިތުން ހޮވާނީ ސޯލިހު ދިވެހި ދަރިއެއް ކަމަށެވެ.

ރައްޔިތުންގެ ނިންމުން ގާތްވެފައިވާއިރު، ދުނިޔެއިން ފިޔަވަޅު އަޅާ ލިސްޓްގައި 41 މީހެއްގެ ނަން ހިމެނުމުގެ ކުރިން ވެސް، ބަދަލުވަމުންދާ ހާލަތުގައި ބައެއް މީހުންގެ ވިސްނުމާއި ފިކުރު ހެޔޮ މަގަށްދާތަން އެބަ ފެނެއެވެ. ހެޔޮ މަގު ހިޔާރުނުކޮށްފި ނަމަ، ދީފައިވާ އިންޒާރު ބޮޑެވެ. ކިތަންމެ ފައިސާއެއް އަމިއްލަ އެކައުންޓްގައި ހުއްޓަސް، ފިލައިގެން ނުދެވޭނެއެވެ. މި ދަރަޖައަށް ދިވެހިންތަކެއް ކަކޫ މައްޗަށް ތިރިވާންޖެހޭ ހާލަތަށް ދިޔައީ އަމިއްލަ އަމަލުތަކުގެ ސަބަބުންނެވެ. އުއްމީދެއް އޮތިއްޔާ ދިރުމެއް ވާނެއޭ ބުނަމުން ދިޔަސް، އެ ދިރުން ނުފެނެއެވެ. އެ އުއްމީދެއް ނުފެނެއެވެ. އެފަދަ މަންޒިލެއް ހޯދަން ފަލި ޖެހިޔަސް ލިބޭނެކަމުގެ އުއްމީދު ކުޑައެވެ.  މިކަން ވިސްނެންޖެހެއެވެ. ނޫން ނަމަ ތިމާއާ އެކު ފަޅުވެރިން ވެސް ގެނބިގެންދާނެއެވެ.

މިހާރު އޮޑީގައި ހުރި ކައްޕިތާނަކީ ގާދޫކޮލުން ބޭރަށް ނުކުމެ ދުއްވަން އެނގޭ މީހެއް ނޫނެވެ. ބޭރުގެ ގައުމުތަކުގެ ހާހަލާއި ފަރުތައް ނޭނގުމުގެ ސަބަބުން މި ކައްޕި އަތުން ބޯޓު އެތައް ފަހަރަށް އުރިއްޖެއެވެ. ހަލާކުވެއްޖެއެވެ. ފަޅުވެރިން ލަދު ގަންނުވައިލައިފިއެވެ. އެެތެރެވަރީގައި ވެސް ދުއްވަން ވެސް ނޭނގުނެވެ. މާމޮޅު ކެޔޮޅަކަށް ވެގެން އުޅުނީކަން އެންމެންނަށް ވެސް މިހާރު އެނގެއެވެ. ތިމާއަށް ކަންކަން ދަސްކޮށްދިން އަދި މިސްރާބު ބުނެދިން ބޭބެއަށް ވެސް ޖައްސާފައިވާ ހާލަތުން ދެން އެހެން މީހަކަށް ރަހުމެއް ނުހުންނާނެ ކަމަށް ގަބޫލު ކުރާނެއެވެ.

މިހާރު ހުރި ކެޔޮޅާ އެކު އޮޑި ބަނދަރުކުރާނެ މަންޒިލެއް ނެތް ކަމަށް އެދަނީ ބުނަމުންނެވެ. ރައްޔިތުންނަށް ހިޔާނާތްތެރި ނުވުމަށާއި އަނިޔާވެރި ނުވުމަށް އެދަނީ އިންޒާރު ދެމުންނެވެ. ހަރުކަށިކަން ދޫކޮށްލައި، ދުނިޔެ ބުނާ ބަސް އަޑުއެހުމަކީ ތިމާ ދެރަވުމެއް ނޫނެވެ. ދުނިޔެއިން ބުނަމުންދާ ބަސް ގަބޫލު ނުކޮށްފި ނަމަ، ލިބޭނީ ގެއްލުމެވެ.

އުއްމީދެއް ނެތް މީހަކާއެކު މަރުފަލި ޖެހުމަށް ވުރެ އުއްމީދެއް އޮތް ދިމާލަކަށް ދިއުން މާބުއްދި ވެރިއެވެ. ނޫން ނަމަ، ފަހުން މަންޒިލެއް ނުލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް