17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިހާބު 2018

ފޭކް ނިއުސްގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

 • އެޑިޓްކޮށްފައިވާ ހެޑްލައިނެއްގެ ވާހަކަ ވިދާޅުވެފައިވޭ
 • ނޫސްތަކުގެ ނަން ބޭނުންކޮށްގެން އެޑިޓްކޮށް ދޮގު ޚަބަރުތައް ދަނީ ފަތުރަމުން
 • އެފަދަ ފޮޓޯތައް ވަޒީރުންނާއި ޕީޕީއެމްގެ މެމްބަރުން ވެސް ޝެއާކޮށްފައިވޭ
ޙުސައިން ޙަސަން | hucenhassan

| 23 އޯގަސްޓު 2018 | ބުރާސްފަތި 10:45 | |

މަގުބޫލް

 1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
 4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
 7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
 8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީދޮގު ވާހަކަތަކެއްގެ ހިމެނޭ ގޮތަށް އޮޅުވާލައިގެން، ސޯޝަލް މީޑިއާގައި ދައުރުވި "ފޭކް ނިއުސް" އަކާ ހަވާލާ ދެއްވައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސް ޔާމީން އެ ވާހަކަފުޅު ދައްކަވާފައި ވަނީ ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އުވާލާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި ކަމަށް ބުނެ، ބަޔަކު އޮޅުވާލައިގެން އެޑިޓްކޮށްފައިވާ ފޮޓޯއަކަށް ބަލައިގެންނެވެ. އިބޫ އެގޮތަށް ވިދާޅުވި ކަމަށް ބުނެ، އެޑިޓްކޮށްފައި ވަނީ މިހާރު ނޫހުގެ ސުރުހީއެކެވެ. މިހާރު ނޫހުގެ ލޯގޯއާ އެކު އޮޅުވާލައިގެން ހަދާފައިވާ އެ ސުރުހީއަކީ އެޑިޓްކޮށްފައިވާ ސުރުހީއެއް ކަމަށް ބުނަމުން ދަނިިކޮށް، އެ ފޮޓޯ އެންމެ ގިނައިން ސޯޝަލް މީޑިއާގައި ދައުރުކުރީ ވެސް ސަރުކާރަށް ތާއިދުކުރާ މީހުންނެވެ. އިބޫއަށް ކުރާ އިހްތިރާމާއި ގަދަރު ކުޑަވާ ގޮތަށް އެޑިޓްކޮށްފައިވާ އެފަދަ ފޮޓޯތައް ބައެއް ވަޒީރުންނާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ވެސް ވަނީ ސޯޝަލް މީޑިއާގައި ޝެއާކޮށްފައެވެ.

ދޮގު ވާހަކަތަކެއް ހިމެނޭ އެފަދަ ފޮޓޯއަކަށް ބަލައިގެން ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވާފައި ވަނީ ހދ. ކުޅުދުއްފުށީގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައެވެ. 

ރައީސް ޔާމީން ވިދާޅުވީ ވެމްކޯ އުވާލާ ވާހަކަ ދެއްކުމުން ހައިރާންވާ ކަމަށާއި ކުރިން އޮތް ގޮތަށް މާލޭގެ ކުނި އުކާލުމުގެ ނިޒާމު ހަމަޖައްސާ ވާހަކަ ބުނުމުން ވެސް ހައިރާންވާ ކަމަށެވެ.

"އަޅުގަނޑުމެން އެހެންވީމަ ހައިރާންވޭ، ވެމްކޯ އުވާލާ ވާހަކަ ދެއްކީމަ. ކުރީގަ އޮތް ގޮތަށް ބާއްވާ ވާހަކަ ދެއްކީމަ އަޅުގަނޑު ހައިރާންވޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެން ހުންނެވި ރައީސަކު، ބަޔަކު ދައުރު ކުރަމުންދިޔަ ފޭކް ފޮޓޯއެއްގެ "އަވާގައި ޖެހި" އެ ވާހަކަ އާންމުކޮށް ދެއްކުމުން ގިނަ ބައެއްގެ ފާޑުކިޔުން ރައީސް ޔާމީނަށް ދަނީ އަމާޒުވަމުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް ބެއްލެވުމެއް ނެތި، ހަގީގަތް އޮޅޭ ގޮތަށް ހިތު ހުރި އެއްޗެހި ރައީސް ޔާމީން މީގެ ކުރިން ވެސް ޕޯޑިއަމްތަކުގައި ވިދާޅުވެފައިވާތީ އެކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ވަނީ އެމަނިކުފާނަށް ފާޑުވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކަރަންފޫ

3 މަސް ކުރިން

ހޭބަލިވާން ވީނު ދޯ؟

4
0