15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
އިޝާ 19:17
މަޣްރިބް 17:59
އަސްރު 15:25
މެންދުރު 12:05
އިރުއަރާ 06:02
ފަތިސް 04:46

ބޮލީވުޑް

ޕަޓާކާގެ ލަވައެއްގައި މަލައިކާ!

  • މަލައިކާ ފެނިގެންދާނީ ހެލޯ ހެލޯ މި ލަވައިން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 23 އޯގަސްޓު 2018 | ބުރާސްފަތި 09:20 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  4. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  5. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  6. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  7. ޖަރުމަނުގައި ޗޮކްލެޓް ކާރުހާނާއެއް ބަންޑުންވެ ޗޮކްލެޓުން މަގުމަތި ފުރިއްޖެ!
  8. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި


މަލައިކާ އަރޯރާ -- ގޫގުލް

ބޮލީވުޑްގެ ތަރި މަލައިކާ އަރޯރާ ފިލްމް "ޕަޓާކާ" ގެ ޚާއްސަ ލަވައެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ވިޝާލް ބަރްދުވާޖް ގެ އަންނަން އޮތް ފިލްމުން މަލައިކާގެ ނެށުން ފެނިގެންދާނީ މި ފިލްމަށް ރޭކާ ބާރްދްވާޖް ކިޔައިދީގައިވާ " ހެލޯ ހެލޯ" އަށެވެ.

މި ލަވައިގެ މިއުޒިކް ވެސް ހަދާފައިވަނީ ވިޝާލް ބާރްދްވާޖް އަމިއްލައަށެވެ.

މި ލަވަ އުފައްދާ ފަރާތްތަކުން ބުނެފައިވަނީ މި ލަވަ ވެގެންދާނީ ފިލްމް "އޯމްކާރާ" ގައި ބިޕާޝާ ބާސޫ ނަށާފައިވާ ލަވަ "ބީދީ ޖަލައިލޭ" ފަދަ މީހުން މުފޫހި ފިލުވައިދޭނެ ލަވައެއް ކަމަށެވެ.

މި ހަފްތާތެރޭގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މިލަވައިގެ ކޮރިއޯގްރާފަރަކީ ގަނޭޝް އަޗަރްޔާއެވެ.

ފިލްމްގެ ޕްރޮޑިއުސަރ އަޖޭ ކަޕޫރު ބުނެފައިވަނީ މި ލަވައިގެ ޓްރެކް އަޑުއިވުމުން އެންމެ ފުރަތަމަވެސް ވިސްނާފައިވަނީ މަލައިކާ ލައްވާ މި ލަވަ ކުޅުވަން ކަމަށާއި އެލަވަ ކުޅުމަށް މަލައިކަގެ ގާތުން އެދުމުން އެކަމާ ވަރަށް އުފާވެ ވަގުތުން އެއްބަސް ވެފައިވާ ކަމަށެވެ.

 މަލައިކާ ވަނީ "ދިލްސޭ"، "ދަބަންގް2"، "ކާލް" އަދި "ހައުސްފުލް2" ގައި އައިޓަމް ސޯންގް ކުޅެފައެވެ.

ދެބެންގެ ދެމެދުގައި އޮންނަ ގުޅުމާއި ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ މި ފިލްމަކީ މަޝްހޫރު ލިޔުންތެރިޔާ ޗަރަން ސިންގް ޕާތިކް ލިޔެފައިވާ ހެއްވާ މަޖާ ވާހަކަ އެއްގެ މައްޗަށް ތައްޔާރު ކުރާ ފިލްމެކެވެ.

ތަރިންގެ ގޮތުގައި ސަނާޔާ މަލޯތުރާ، ރަދިކާ މާޑަން، ސުނިލް ގްރޯވާ އަދި ފެނިގެންދާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް