15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17

ރިޔާސީ އިންތިހާބު 2018

ތޮއްޑޫއަށް އިހުމާލުވެފައި: ޒިންމާނަގަނީ ކާކު؟

  • ދަނޑުތަކުގައި ހައްދާ ތަކެތި މާރކެޓް ކުރެވޭނެ ގޮތެއް ނެތް
  • ރަށުގު މަގުތަކުގައި ފެންބޮޑުވެފައިވާއިރު، އެރަށުގެ 32 ގެސްޓް ހައުސްއަށް އެކަމުގެ އަސަރުކުރޭ
  • ތޮއްޑޫ ތަރައްގީ ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ރައްުޔިތުން ބުނޭ
މުހަންމަދު ވިސާމް | sampathmasiw

| 23 އޯގަސްޓު 2018 | ބުރާސްފަތި 04:13 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  4. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  5. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  6. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  7. ޖަރުމަނުގައި ޗޮކްލެޓް ކާރުހާނާއެއް ބަންޑުންވެ ޗޮކްލެޓުން މަގުމަތި ފުރިއްޖެ!
  8. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި


ތޮއްޑޫގެ ބައެއް ރައްޔިތުން އެ ރަށުގެ ކަރާ ދަނޑެއްގައި މަޑުކޮށްލައިގެން -- ރާއްޖެއެމްވީ

އެއީ މުޅި ރާއްޖެއަށް މަޝްހޫރު ތޮއްޑޫއެވެ. ތޮއްޑޫގެ ނަން އަޑުއިވުމާއި އެކު ހިޔާލަށް އަންނަނީ "ތޮއްޑޫ ކަރާ" ގެ ވާހަކައެވެ. އާބާދީގައި 2000 އެއްހާ މީހުން ދިރިއުޅޭ ތޮއްޑޫގެ ގިނަ ރައްޔިތުން ނަފާ ހޯދަނީ ގެސްޓް ހައުސްގް ވިޔަފާރީންނާއި ދަނޑުވެރިކަމުންނެވެ. އާންމު ދަނީ ހޯދުމަށް ބައެއް ރައްޔިތުން މަސްވެރިކަން ކުރާއިރު، މިއިން ކޮންމެ މަސައްކަތެއް ވެސް އެދެވޭ ގޮތުގައި ކުރެވެން އޮތީ ރަށުގެ ތަރައްގީގެ މަސައްކަތްތަށް ކުރިއަށް ގޮސްގެނެވެ. ވީރާނާ ވަމުންދާ އެރަށުގެ ބަނދަރަކީ މަސްވެރިންގެ ކަންބޮޑުވުމެކެވެ. ރަށުގެ ކުނީގެ މައްސަލައާއި، މަގުތަކުގެ މައްސަލަކީ އެރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރާ މީހުންގެ ކަންބޮޑުވުމެކެވެ. ދަނޑުވެރިކަން ކުރާ މީހުންގެ ކަންބޮޑުވުމަކީ ހައްދާ ތަކެތި މާރކެޓް ކުރެވޭނެ ގޮތެއް ނެތުމެވެ. ނަން މަޝްހޫރު ތޮއްޑޫގެ ކޮންމެ ރައްޔިތެއްގެ އެތަކެއް ކަންބޮޑުވުންތަކެއް އަބަހުއްޓެވެ.

ތޮއްޑޫ ކައުންސިލް މެމްބަރ އައިޝަތު އާދަމް ވިދާޅުވީ މަސައްކަތްތެރި ރައްޔިތުން ތަކެއް ދިރިއުޅޭ ތޮއްޑޫއަށް ރައީސް ޔާމީންގެ ސަރުކާރުން އިހުމާލްވެފައިވާ ކަމަށެވެ. އެރަށުގެ ތަރައްގީއަށް އެދެވޭ މަސައްކަތަކެއް ކުރެވިފައި ނެތްކަން އޭނާ ވެސް ފާހަގަކުރެއެވެ.

ތޮއްޑޫ ކައުންސިލް މެމްބަރު އައިޝާ ރާއްޖެޓީވީއަށް މައުލޫމާތު ދެނީ

ރަށުގެ މަގުތަކުގެ މައްސަލަ

ތޮއްޑޫގެ މަގުތަކުގައި ތާރު އަޅާ ފައިނުވާތީ އެރަށުގެ ރައްޔިތުން ކަންބޮޑުވުމެއް ފާޅެއް ނުކުރެއެވެ. އެމީހުންގެ ކަންބޮޑުމަކީ އަޑިގުޑަން މަގުތަކުގައި ވާރޭވެހޭ ކޮންމެ ފަހަރަކު ހިނގާ ބިނގާވެ އުޅެން ދަތިވުމެވެ. މިއީ އެންމެ ކުޑަ ކުއްޖާއިން ފެށިގެން ރަށުގެ އެންމެ އުމުރުން ދުވަސްވީ މީހާގެ ވެސް ކަންބޮޑުވުމެކެވެ. މިކަމުގެ ސަބަބުން އެރަށުގައި ހުރި 32 ގެސްޓް ހައުސްއަށް އަސަރުކުރެއެވެ. ގެސްޓުންނަން މަގުމަތިން ހިނގާލެވެން ނެތުމުންނެވެ.

ތޮއްޑޫގައި ގެސްޓް ހައުސް ވިޔަފާރި ކުރާ އަހުމަދު ކަރަމް ބުނި ގޮތުގައި ކޮންމެ އަހަރެއްގެ ގުރީން ޓެކްސްގެ ގޮތުގައި އެތައް ހާސް ރުފިޔާއެއް ކޮންމެ ގެސްޓު ހައުސްއަކުން ސަރުކާރަށް ދައްކާއިރު، ރަށުގެ ތަރައްގީއަށް މަސައްކަތް ނުކުރާތީ ހިތާމަކުރެއެވެ. ރަށު ފެންވަރުގައި ހުރި މައްސަލަތަކުގެ ސަބަބުން ގެސްޓް ހައުސް ވިޔަފާރިއަށް އަސަރުކުރާކަން ފާހަގަކޮށް ބުނީ ތޮއްޑޫގެ ގެސްޓް ހައުސްތަކުން ނަގާ ޓެކްސްއިން ލިބޭ ފައިސާގެ ބައެއް ނަމަ ވެސް ކައުންސިލަށް ލިބޭގޮތް ވެގެންނޫނީ އެދެވޭ ހައްލެއް ނާންނާނެ ކަމަށެވެ.

 
 
ތޮއްޑޫ އަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެއް، ޖުމްލަ 32 ގެސްޓް ހައުސް ހުރޭ

"މި ރަށުގައި މިއަދާ ހަމައަށް 4000 އަށް ވުރެ ގިނަ އެނދު އެބަހުރި، މިދިޔަ އަހަރުގެ ތަފާތު ހިސާބު ބެލިއިރު، ހުޅުމާލެ މާފުށި ނަގާފަ އެންމެ ގިނައިން ޓެކްސް ދައްކާފަ އޮތީ ތޮއްޑޫން ކަމަށްވާއިރު، މި ކޮޅުގެ އެއްވެސް ކަމަކަށް އެއްވެސް ހައްލެއް އެއްވެސް ގޮތަކަށް ލިބިފައެއް ނެތޭ، ޓެކްސްގެ ގޮތުގައި ނެގިފީއާއި އެކީ" ގެސްޓް ހައުސް ވިޔަފާރި ކުރާ ކަރަމް ބުންޏެވެ.

"ރަށުގެ މަގުތަކުގައި ފެންބޮޑުވީމަ މި ހިނގަން ޖެހެނީ ކަކުލާ ހަމައަށް ހެދުން ނަގައިގެން، އިސްޓާކީނަށް އަރާ ހުންނަ މީހަކު އިސްޓާކީން ބާލާ، މިކަހަލަ ގޮތް ގޮތަށް މި ހިނގަނީ، ސައިކަލެއްގައި ދާމީހެއް ވެއްޖެއްޔާ ކައްސާ ލައިގެން ވެއްޓި ތަންތަން މަށާއިގެން ވެސް ދޭ" އެރަށުން ވާހަކަ ދެއްކި އަންހެނަކު ބުންޏެވެ.

ތޮއްޑޫ ކައުންސިލްގެ މެމްބަރު އައިޝަތު އާދަމް ވިދާޅުވީ މަގުތަކުގެ މައްސަލަ ހައްލުކުރަން ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށެވެ. މަގުތަކުގެ މައްސަލާގައި ހައުސިންގ މިނިސްޓްރީއަށް ދަންނަވައިގެން ވެސް ލިބޭ ޖަވާބަކީ ބަޖެޓްގައި ނެތް ކަމެއް ކުރެވެން ނެތް ކަމަށެވެ.

ތޮއްޑޫގެ ގިނަ މަގުތަކުގައި ވާރޭވެހުމާއި އެކު ފެންބޮޑުވޭ

ދަނޑުތަކުގައި ހައްދާ ތަކެތި މާކެޓްކުރަން މަސައްކަތެއް ނުކުރޭ

ތޮއްޑޫގެ ކޮންމެ އާއިލާއެއްގައި ދަނޑުވެރިއެއް ހުރެއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ރާއްޖެއަށް ތޮއްޑޫގައި ހައްދާ ކަރާ މަޝްހޫރު ނަމަވެސް، އެރަށުގައި ހައްދަނީ ކަރާ އެކަންޏެއް ނޫނެވެ. ފަޅޯ ، ބަރަބޯ ޗައިނީސް ޗިޗަންޑާ، ބަށި ، މިރުސް  ދެން މިހެން ކިޔާނެ ކަމެއް ނެތެވެ. މިއިން އެއްޗެއް ހައްދާ ދަނޑެއް ފެނިއްޖެ މީހާ ކޮސްވާނެއެވެ. އެހެން ނަމަވެސް އެތަކެތި އެކަށީގެންވާ ގޮތަކަށް މާރކެޓް ކުރަން ސަރުކާރުން މަސައްކަތެއް ނުކުރެއެވެ. ދަނޑުވެރިން އަމިއްލައަށް ހައްދާ ތަކެތި މާލެ ގެނެސްގެން ވިއްކައެވެ. އަދި ރިސޯޓްތަކަށް ސަޕްލައި ކުރެއެވެ.

ތޮއްޑޫގެ ފަޅޯއް ދަނޑެއް، އެރަށުގެ ގިނަ ރައްޔިތުން އާންމުދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ދަނޑުވެރިކަން

"މިހާރު ކުރާ ގޮތަށް ކުރާނަމަ ކަނޑު ދަތުރު ފަތުރުގެ ދަތިކަން ހުރޭ، މާލެ ގެންގޮސްގެން އެންމެން ކަހަލަ ގޮތަކަށް ވިއްކާނީ، ސަރުކާރުން ތޮއްޑޫ ރައްޔިތުން ހައްދާ ތަކެތި ވިއްކާނެ ފަސޭހަ ގޮތްތަކެއް ރާވަން ޖެހޭ" ތޮއްޑޫ ރައްޔިތަކު ބުންޏެވެ.

ރާއްޖޭގެ އެއް ރަށަކަށް އެންމެ ދަނޑުވެރިން ގިނަ ރަށަކަށް ތޮއްޑޫވާއިރު، އެރަށުގެ އެއްވެސް ދަނޑުވެރިއަކަށް ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށްޓަކައި ކޮންމެ ދަނޑުވެރިއަކަށް މަހަކު ދޭން ވައުދުވި 8000 ރުފިޔާ ނުލިބޭކަން ފާހަގަ ކޮށްލެވެއެވެ.

މިއީ ތޮއްޑޫގެ ރައްޔިތުންގެ ކަންބޮޑުވުމުންތަކެވެ. ރަށުގެ ތަރައްގީއަށް ފެންބޮވައިގެންފައިވާ ރައްޔިތުންގެ ތަކެއް ދިރިއުޅޭ ތޮއްޑޫއަށް ރައީސް ޔާމީންގެ ސަރުކާރުން އިހްމާލެވެފައިވާ ކަމުގެ ތުހުމަތު އިނގިލި ރައްޔިތުން ދަނީ ދިއްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް