19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17

ރިޔާސި އިންތިޚާބު 2018

ގާނޫނު އަސާސީއަކީ ރައްޔިތުންގެ އައްޑަނަ ކަމަށާއި، މިއައްޑަނަ ނެތިކޮށްލުމަށް ގިނަ މަސައްކަތްތެކެއް ކުރޭ: އަލީ ނިޒާރު

  • ހައްދުފަހަނަ އަޅާދާ ވެރިއެއްގެ ކިބައިން ރައްޔިތުން ހިމާޔަތް ކުރެވޭނެ ހަމައެކަނި ހަތިޔާރަކީ އެއްޗަކީ ގާނޫނު އަސާސީ
  • ގާނޫނު އަސާސީއާ ހިލާފަށް ރައީސް ޔާމިން އަމަލުކުރައްވަނީ ހުރިހާ ބާރެއް މުށުތެރެއަށް ލެއްވުމުގެ މަގުސަދުގައި
އަމްނާ އިމާދު | @amnabinthimad

| 23 އޯގަސްޓު 2018 | ބުރާސްފަތި 03:33 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު -- ފޮޓޯ: މުރުޝިދް އަބްދުލް ހަކީީމް

ފެހި ގާނޫނު އަސާސީއަކީ ދިވެހި ރައްޔިތުންގެ އައްޑަނަ ކަމަށާއި، މިއައްޑަނަ ނެތިކޮށްލުމަށް މިސަރުކާރުން ގިނަ މަސައްކަތްތެކެއް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގެ ރޭ ނ. މިލަދޫގައި ބޭއްވި ޖަލްސާގައި މެންބަރު އަލީ ނިޒާރު ވިދާޅުވީ ފެހި ގާނޫނު އަސާސީއާ، އެގާނޫނު އަސާސީ އަސާސްއެއްގެ މައްޗަށް ބިނާކޮށް އެކުލެޔެވުނު ގާނޫނު ތަކާއި އެލިޔެވުނުހާ ފޮތްތަކަކީ ސުލްހަ މަސަލަސްކަމަށް ގާއިމްކުރުމަށް ރައްޔިތުންނަށް ލިބިފައިވާ އައްޑަނަ ކަމަށެވެ.

އަލީ ނިޒާރު ވިދާޅުވީ ހައްދުފަހަނަ އަޅައިދާ ވެރިއެއްގެ ކިބައިން ރައްޔިތުން ހިމާޔަތް ކުރެވޭނެ ހަމައެކަނި ހަތިޔާރަކީ ގާނޫނު އަސާސީ ކަމަށާއި، ނަމަވެސް ރައީސް އަބްދުﷲ ޔާމިން މިގާނޫނު އަސާސީ ނެތިކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ގާނޫނުތަކަށް އަރައިގަންނަނީ ނުބައި އެދުންތަކަކާއެކު އަމިއްލަ އެދުންތަކެއް ހާސިލްކުރުމަށްކަން ފާހަގަކުރައްވައި އަލީ ނިޒާރު ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް ރައީސް ޔާމިން އަމަލުކުރައްވަނީ ހުރިހާ ބާރެއް މުށުތެރެއަށް ލެއްވުމުގެ މަގުސަދުގައި ކަމަށެވެ. އޭނާ ވިދާޅުވީ މިގައުމުން އަދުލް އިންސާފު ނެތިކޮށްލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީއެއް ނެތި އަދުލްއިންސާފު ގާއިމް ނުކުރެވޭނެ ކަމަށެވެ.

އަލީ ނިޒާރު ވިދާޅުވީ ރައްޔިތުން ވެރިކަން ހަވާލުކުރަނީ ގާނޫނު އަސާސީއާ އެއްގޮތަށް ވެރިކަން ކޮށްދޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. ގާނޫނުގައިވާ ގޮތަށް ވެރިކަން ކުރަން ފަސޭހަވި ނަމަވެސް މުޅިނިޒާމު ގަޑުބަޑު ކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުރަތަމަ ގާނޫނު އަސާސީއަށް ގާނޫނުތަކަށް ކުދި ބަދަލުތައް ގެންނަން ބާރު އަޅަން ފެށީ ރައްޔިތުންގެ މަޖުލީހަށް. އޭގެފަހުން އެގެނެވުނު ބަދަލުތަކަށް ވުރެ ވެސް ބޮޑަށް ބަދަލު ގެންނަން ބޭނުންވާތީވެ ރާއްޖޭގެ ސިޔާސީ ވާދަވެރިކަން އޮންނާނެ މާހައުލެއް ނުބާއްވަންވެގެން ރާއްޖޭގެ ސިޔާސީ ލީޑަރުން ހައްޔަރުކުރަން ފެށީ." އަލީ ނިޒާރު ވިދާޅުވިއެވެ.

މިރާއްޖޭގެ ރައްޔިތަކަށް، ސިޔާސީ ލީޑަރަކަށް، ފަނޑިޔާރަކަށް، ފުލުހަކަށް ސިފައިންނަށް، އަމިއްލަ އައިލާއަށް ބެލުމެއްނެތި ރައީސް ޔާމީން ގެންދަވަނީ އަނިޔާވެރިކަން އިސްކުރަމުން ކަމަށާއި، މިގައުމު ސަލާމަތް ކުރުމަށް ސެޕްޓެންބަރު 23ގައި ބޭއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ނޫނެކޭ ބުނެ އެމަނިކުފާނު ވެރިކަމުން ދުރުކުރަން ޖެހޭ ނިޒާރު ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް